އައްޑޫ ސިޓީ ތަރައްޤީ ކުރަން މިސަރުކާރުން ޚަރަދު ކުރާނެ ކަމަށް ކުރިން އިއުލާން ކޮށްފައިވާ އަދަދު އަނެއްކާވެސް މަދު ކުރުމަށް ފަހު މިއަދު އަލުން އަދަދު އިއުލާން ކޮށްފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި އައްޑޫގެ ތަރައްގީއަށް ހޯދަނީ 180 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެއް ކަމަށާއި އެފައިސާ ލިބޭނެ ކަން ޔަގީން ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އިންޑިޔާގެ އެގްޒިމް ބޭންކުން ހޯދަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ކަމަށާއި އޭގެ ތެރެއިން އައްޑޫގެ ތަރައްގީއަށް ސަރުކާރުން ކަނޑައަޅާފައިވަނީ 180 މިލިއަން ޑޮލަރު ކަމަށެވެ.

އިންޑިޔާއިން ދޭނީ މަޝްރޫއުތަކެއް ހެދި ޕްލޭންތަކެއް ހެދުމަށްފަހު އެ ޕްރޮޕޯސަލްތައް ބޭންކަށް ހުށައެޅުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މަޝްރޫއުތަކާއި ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީ އަށް އިންޑިއާ އިން ހޯދަނީ 180 މިލިއަން ޑޮލަރު ކަމަށް އަސްލަމް ވިދާޅުވިއިރު އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 2.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް މިދިޔަ މާޗް މަހު އައްޑުއަށް ވަޑައިގެން ރައީސް ޞާލިހް ވިދާޅުވީ އައްޑުއަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫޢުއެއް އެބައޮތް ކަމަށެވެ.

އޭގެ ފަހުން މިދިޔަ ޖޫން މަހުގެ 08 ވަނަ ދުވަހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން އެކަށީގެންވާ އިސްކަމެއް ނުދެއްވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ވިސްނާ

    އައްޑޫ އާ މާލެ އެކަނިތޯ މިރާއްޖޭގަ އޮތީ؟ މެގަ ޕުރޮޖެކްޓެއް ވިސްނަންހޭ ޕުލޭނުކުރަންހޭ ހަމަ އަހާލާއިރަށް މާލޭ ވިޔަފާރި ބަނދަރާ މާލޭ ބުރިޖާ އައްޑޫ އައްޑޫ.. ރައީސް ޔާމީނަށްވެސް ޖެހުނު ދަންތުރަ ތިޔަ ލައްވާލަނީ މާލޭ މެގަ ޕުރޮޖެކްޓުން އަރައިނުގަނެވިގެން އުޅެނިކޮށް މުޅި ރާއްޖެ އެއްފަހަރާ ތެދުވެފަ ލަނޑާނެ.. އެ އެތިފަހަރަކަށް ކެތެއް ނުވާނެ ވެއްޓޭނެ.. އެހެންވީމަ ދެންވެސް ވިސްނާ

    27
    1
  2. އަސީ

    ދެންބުނޭ 2023 އިންތިހާބު ކާމިޔާބުކުރެވިގެނޭ އައްޑުއައް ކަމެއްކޮއްދެވެން އޮތީ

    67
    • މަގޫދަނޑި ރައީސް

      ރަނގަޅު. އަނގަ ގުއައްހެން ހަދަގެން ދެން އެތިބެއު ގޫބައްޑާމެން. ހެއުކޮށްއިމަކަށް ވެނީ

  3. ޢިއްޒަތު

    އިންޑިޔާ ރައްޔިތުންގެ ކޮންމެ 3 މީހަކުން ދެމީހަކަށް ސާފުބޯފެން ނުލިބުމާއި ފާޚާނާ ކުރެވޭނޭ ނިޒާމެއް ނެތްއިރު އެހެން ޤަވްމެއްގެ ބަޔަކު މީރުފެނުން ފެންވަރުވާ ފާޚާނާ ކުރުވުމަކީ އެމީހުން ކުރާނޭކަެއްހެއްޔެވެ؟ އައްޑޫރައްޔިތުން ގަޅާހައްދާފަ ބައިތިއްބަންވެސް ތިޔައީ ބޮޑުވަރެވެ.

    46
  4. Anonymous

    ރަނގަޅީ އެންމެރުފިޔާއެއްވެސް އައްޑޫއަށް ނުދިނިއްޔާ، މިއަތޮޅުމީހުން ލައްކަ މޮޅެއް ވާނެކަމަށް ހީކޮއް މުޅި މެޖޯރިޓީ އެމްޑީޕީ އަށް ދިނީ، މިހާރު ހުންނާނެ ހައެތިވެފަ.

    65
    2
    • ާއަލީ ހަސަން

      ދެންވެސް ހަމަ އައްޖަހާނީ

      34
      1
  5. އ. ޖ. އ

    ރަނގަޅު.. އައްޑޫ އާ މާލެ ނޫނަސް ރާއްޖޭގައި ރަށް އެބަހުރި.. ތިޔަ ތަންތަނަށް މިއޮއް ހުރިހާ އަހަރު ވެސް ސަރުކާރުން ހޭދަ ކުރީ.. އެކަމު މި ސަރުކާރުގެ އަމާޒަކީ ޖަޒީރާ ރަށްތައް ކުރި އެރުވުން.. އިބޫ ހޮވީ މުޅި ރާއްޖެއިން ވޯޓު ދީގެން. އައްޑޫ އިން އެކަންޏެއް ނޫން.. މުޅި ރާއްޖޭގައި ވެސް ތާއީދު އޮތީ އެމްޑީޕީ އަށް

    6
    29
  6. ސީޑީ

    ޢަދިވެސް އަތްޖަހާލަ ޖަހާލާ ތިބޭ. ހެވިފަ

    42
    1
  7. ބެއްޔާ

    މަ އޭރުވެސް ބުނިން މިހެން ވާނެއޭ، މި މީހުން މި ހައްދަނީއޭ. އަނެއްކޮޅުން އިންޑިޔާ އިން ވީމަ ތިޔަކަން އަވަހަކަށް ނުނިމޭނެ. މީގެ ހެއްކެއް އަދިވެސް ހުޅުމާލޭގައި ޗައިނާ މީހުން 1000 ފްލެޓް ނިންމާ މީހުން ދިރުއުޅުންފެށި އިރު، އިންޑިޔާ ޕާރޓީ އާއި ޙަވާލުކުރި 500 ފްލެޓް އަދިވެސް ނުނިމޭ. ދެން ކިހިނެއް މިކަން އައްޑޫގައި ފުރިހަމަ ކުރަން ހަދާނީ. ދަރިން ލިބި އެ ދަރިން ބޮޑެތި ވާ އިރުވެސް ތިޔަ މަސައްކަތެއް ނުނިމޭނެ.

    30
  8. ކުރަންވީ ހަމަ

    މެޖޯރިޓީ އައްޑޫ ރައްޔިތުން ގޯތިތައް ފަޅުކޮށްފަ ހިޖުރަކޮށްގެން އުޅެނީ މާލެ، ވިލިމާލޭގަ އެވެ. ދެން ކީއްކުރަން ކުރާ ބޭކާރު ޚަރަދެއް ހެއްޔެވެ؟

    26
    1
  9. މުހައްމަދު

    ޕާކުހަދާ ނިމޭއިރު ހުންނާނީ 180 މިލިޔަން ޑޮލަރު ޙަރަދުވެ ނިމިފާ 1
    ވަރަށް ސަލާމް..

    34
    • ބިލިޔަނަރު

      އެއީ ޔާމީނު ނޫނީ މުއިއްޒުތަ، 200 މިލިޔަން ޑޮލަރަށް ކަސްރަތު ކުރާ ތަނަކާ ދެކޮޅަށް ދުއްވާ (އެއްލޭނުގެ) މަގަކާއި ހަދަން؟

  10. ހޭިލޯ

    އައްޑުއަށް އިންޑިއާ ސަރުކާރުން ދަތަނި ފައިސާދެނީ އައްޑޫގަ ހުރި އިންޑިއާ ގެ މަސްލަހަތު އޮތް އިންޑިއާ މިލިޓަރީ ކޭމްޕާ އެތާ ގާއިމްކުރަމުންދާ. މިދަރަނި ދިވެހި ރައްޔިތުންގެ ބޮލުގެ ނާޅުވާ އަދި ވަކިން ރާއްޖޭގެ އެހެން އަތޮޅު ރައްޔިތުންގެ ބޮލުގަ ނާޅުވާ އިސްތިއުފާދީ. މުޅި ރާއްޖެ ދަރަނިން ފުރުނއތިދަނީ ތަނެއްދޮރެއް ނުބަލާ އަންނސން އޮތް ޖީލުތަކަށް ޒަމާންތަކަށް އެދަރިންގެ ބޮލުގަ ދަރަނި އަޅުވަނީ. އިންޑިއާ އަތްދަށަށް ގައުމު ވިއްކާލަނީ މިބައިގަނޑު އަރާމުގަ އުޅެން. ރަެއްޔިތުން ހޭވެރިވާށޭ. އިންޑިއާގެ ދަށަށް ދަރަނި އެރީމާ މިގައުމު އެއޮތީ އިންޑިއާއަށް ވިއްކާފައޭ. ރައްޔިތުން ނަށް އަނިޔާވެރި ސަރުކާރު ފަެިބާށޭ ގައުމު ނުވިއްކޭނެ ދައުވާ ކުރާނަމޭ ރައްޔިތުން

    20
  11. ވިއްޓޭ

    އަދިވެސް ސަޕޯޓްކުރޭ.ހީހީ ހަލާކު

    32
  12. މަލިކާ

    މިހާރު ހުންނާނީ އެއްޗެއް ޥިސްނިފަ

    27
  13. ހުސޭނުބޭ

    ކައުންސިލްތައް ބާރުވެރިކުރުވީމާ ޝަރުބަތު ބޮއިފައި އެހެން ކަމެއް ކުރާނެ އަވައްޖެއް ނުވަނީދޯ!

    16
  14. ޫތޔތ

    މިރާއްޖޭގަ އެންމެގިންކަނޑުކޮހުންތިބީ އައްޑުއަތޮޅުގަ ތިމީހުންނައް އެއްކަމެއްކޮއްނުދިނަސްވޯޓް ގެރެންޓީވާނެ

    20
  15. ސަމީރު

    އައްޑޫ އަށް ބޭނުންވަނީ ކުޅަދާނަ ހިންގުންތެރި ކައުންސިލެއް.
    އެއިރުން އަމިއްލަޔަށް ފަންޑު ހޯދަން އެނގި ބޭރު ކުންފުނިތަކާޢި ގުޅިގެން ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި.
    ކުލަޔަށް ނުބަލައި ވަކި ކޮޅަކަށް ނުޖެހޭ، ރައްޔިތުންނަށްޓަކައި ސަރުކާރުން ހިންގާ ހުރިހާ ޕްރޮޖެކްޓެއް ބަލައިގަންނަ ބަޔަކު ތިތާ ތިބެންޖެހޭ.

    13
  16. މާމުއި

    އިބުރަތެއް ލިބިއްޖެ.ލަލަލަލަލާ

    20
  17. ނުވާނެއޭ

    ރައީސް އިބޫގެ ސަރުކާރުން އުޅެނީ އިންޑިއާގެ އެގްޒިމް ބޭންކާއި ގުޅިގެން ކަންކަން ކުރަން ނަމަ ދެން ތަމެން ޖެހޭނީ ތިޔާ ކަން ހަނދާން ނައްތާލަން 5 އަހަރު ނަގާނެ ތިޔާ ބޭންކް އިން އެޕްރެއިސަލް ރިޕޯރޓްސް ތައް އެޕްރޫވް ކުރަން ދެން އިންޑިއާ އެގްޒިމް ބޭންކް އިން ދޭނީ އިންޑިއާ ކޮންޓްރެކްޓަރުންނަށް އެމެން ނަކީ އެންމެ ސްޕީޑް ދަށް އަދި މަސައްކަތުގައި މަކަރާއި ހީލަތް ހެދުމުގައި އަރާހުރި ބަޔެއް އެކަން ފެނެއެއް ނޫންތޭ މާލޭގެ ޓާޓާ ފްލެޓްސް ތަކުން އެހެރީ ފެންނާން ހެކިތަކާއި އެކު...

  18. އަޙްމަދު

    އައްޑޫ އަކީ ކަނޑު ކޮހުންގެ އަތޮޅެއް! އެމްޑީޕީ އައީ ހެދީ ހެބަލިވެގެން އުޅޭބައެއް. އިންޑިޔާ މީހުން މޮޔަވަނީ ގެރިއަށް އައްޑޫމީހުން ރީނދުލަށް. އެއްކަމެއްވެސް ކޮށްދޭނެކަމަށް!

  19. އައްޔާ

    އައްޑޫ މީހުން މޮޔަވީތަ.ތިނޫނަސް ރާއްޖޭގެ އަތޮޅުތައް އެބައޮތޭ. ކޮންމެ ވެރިކަމެއްގައިވެސް ކަމެއްނުވެޔޭ ކިޔާފަ ހުރިހައި އެއްޗެއް ފޭރިގެން ތިބެނީ. ކާރީގައި އޮތް ފޯމުލަކަށްވެސް ކަމެއް ވަންޏާ އައްޑޫމީހުން ހީވަނީ ހޫނު ފެނުގައި ޖެހިގެން އުޅޭހެން

    6
    3
  20. ނެތީމޭ

    ކޮބާ ހުންނާނެ އައްޑޫ އެއްޗިއްސަށް މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ...

    11
  21. ާައައްޑޫ ދަރި

    ދެން ވެސް ވޯޓު ވިއްކާލާ. އަންނި އައްޑު އަށް
    ދާއިރަށް ރަައްޔަތުން އޯކޭ ވާނެ. ރާކަނި މަސް ކެވިއްޖެނު
    ކައުންސިލް އަށް ވެސް ވޯޓު ވިއްކާލާ. ކައުންސިލަރުންނަކީ ފޮޓޯ އަރި އަރި އަށް ނަގަން ތިބޭ ބައެއްވިއްޔާ