ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގެ އަޑުއެހުމުގެ މައުލޫމާތު ގެނެސްދޭ ލައިވް ބްލޮގް. ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި.

15:23

ދީފާޢީ ހެކިން ހުށަހަޅަން ޔާމީންގެ ވަކީލުން ފުރުސަތަކަށް އެދުމުން ފަސް ދުވަހެއްގެ މުއްދަތެއް ދީފި. ހެކިން ހުށަހެޅުން އޮންނާނީ 04 އޮގަސްޓް ގައި ކަން އިއުލާން ކުރުމަށް ފަހު ގާޒީ ހައިލަމް މިއަދުގެ އަޑުއެހުން ނިންމާލައިފި.

15:22

މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ޝަރީޢަތައް ހުށަހަޅައިފި.

15:19

15:12

އައްލާމް ލަތީފް އާއި އިޝްފާހް އަލީ ހެކިންގެ ގޮތުގައި ބަލައި ނުގަންނަން ގާޒީ ހައިލަމް ނިންމަވައިފި.

15:09

ޔާމީންގެ ވަކީލް އާދަމް އާސިފް: ވަކި ބޭފުޅަކަށް ވާތީ ޖިނާޢީ އަދުލްގެ ނިޒާމް ބަދަލު ކުރެވިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

15:05

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ކުރިން ހުށަނޭޅީ މިހެކި ލިބިދާނެ ކަމުގެ ޔަގީންކަން ނެތުމުން. މިހެކި ބަލައި ގަތުމަށް ޤާނޫނު ހުރަހެއް ނާޅާ.

15:04

ޔާމީންގެ ވަކީލް އާދަމް އާސިފް: ދައުވާ ފޯމްގައި ނެތް އިތުރު ހެކި ހުށަހަޅާނެ ކަމަކަށް. މީގެ ކުރިން ވެސް އިތުރު ހެކި ހުށަހަޅާ ކަމަށް ދައުވާ ފޯމްގައި ނެތް ނަމަ ހެކި ކޯޓުން ބަލައެއް ނުގަނޭ.

15:02

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: އިތުރު ދެހެއްކެތް ހުށަހަޅަން ނިންމައިފިން. އެއީ މުހައްމަދު އައްލާމް ލަތީފް. އައްލާމްގެ ނަން ހުށަހެޅީ ޔާމީން ވިދާޅުވެގެން ފައިސާ ޖަމާކުރި ކަން ސާބިތުކުރަން. ދެވަނަ ހެއްކަކީ އިޝްފާހް އަލީ. އިޝްފާހް ހުށަހެޅީ ޗެކް ލިބުމުން ޔާމީނަށް ބޭންކްގެ މުވައްޒަފަކު ގުޅިކަން ސާބިތުކުރަން.

14:59

ގާޒީ ހައިލަމް: ދެފާތުން އަދާވާތްތެރިކަމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރަން. އެހެންކަމުން މިހުށަހެޅުން ބަލައި ނުގަންނަން ނިންމައިފިން. ނަމަވެސް މިކަންކަމަކީ ހުކުމް ކުރުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ވާނަމަ ރިއާޔަތް ކުރާނަން.

14:58

ޔާމީން:އިންސާނީ ޠަބީއަަތައް ބަލާއިރު އެދެމީހުންގެ އަދާވާތްތެރިކަން އޮންނާނެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އަދީބު ހަމަލާދިން. ޒިޔަތު އަކީ މިކަމުގައި އެންމެ އިސްކޮށް ބައިވެރިވި މީހާ.

14:54

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: އަދީބާއި، ޒިޔަތުގެ މައްޗަށް ފިޔަވަޅު އެޅީ ޔާމީންގެ ޒާތީ ނިންމުމެއްގެ ސަބަބުން ކަމަށް ނުވާތީ އެފަރާތްތަކަކީ ޔާމީންނާއި އަދާވެރިކަމެއް އޮވެދާނެ ފަރާތްތަކެއް ކަމަށް ގަބޫލެއް ނުކުރަން.

14:52

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: އަދީބާއި، ޒިޔަތުގެ ހެކިބަހަކީ އަދާވާތްތެރި ހެކިބަހަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ.

14:51

ގާޒީ ހައިލަމް: ތަޙްޤީޤު ފެށޭނީ ހަމައެކަނި އެސްޓީއެފްއެއް އޮވެގެން ކަމަށް ޝަރީޢަތް ގަބޫލެއް ނުކުރެވޭ. އެހެންކަމުން މިހުށަހެޅުން ބަލައި ނުގަންނަން ނިންމަައިފިން.

14:50

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: އެސްޓީއެފް އެއް ނެތި މަނީލޯންޑްރިން މައްސަލައެއްގެ ތަޙްޤީގެއް ނުކުރެވޭނެ. އެސްޓީއެފްގައި ނެތް އެސްއޯއެފް މުއާމަލާތުގެ ވާހަކައެއް.

14:45

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ދައުވާ ލިބޭ ފަރާތުން ފާހަގަ ކުރި ގޮތައް އެސްޓީއާރްއޮތީ. އޭސީސީ އާއި އެކު ސޮއި ކުރި އެއްބަސްވުމާއި ހިލާފަށް އަމަލު ކުރުމުން މައްސަލަ ތަޙްޤީޤު ކުރަން ފެށީ.

14:43

ޔާމީން: ދައުލަތުން ބުނެފި އެސްޓީއާރްގެ ސަބަބުން ކަމަށް ތަޙްޤީޤު ފެށީ. އެސްޓީއާރްގައި އޮތީ އޭސީސީ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައެއް.

14:40

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް:މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓެއް އޮންނަން ޖެހޭނެ ކަމަށާއި އެ ރިޕޯޓް ނެތް.

14:31

ގާޒީ ހައިލަމް: މިއީ ހަމަހަމަކަން ގެއްލޭ ގޮތައް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް ޝަރީޢަތައް ގަބޫލެއް ނުކުރެވޭ. އެހެންކަމުން ދައުވާ ރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަން ނިންމައިފިން.

14:30

ޔާމީން: ދައުލަތުން ބޭނުންވީ އެއް މިލިއަން ޑޮލަރު. އެއްމިލިއަން ޑޮލަރު ހުންނާނީ ޖަމާކޮށްފައި.

14:29

ޔާމީން: އެސްއޯއެފުން ދިން ފައިސާއަކީ އަދީބު އަޅުގަނޑަށް ދޭންޖެހޭ ފައިސާ. އެއީ އޭރު އަޅުގަނޑަށް ލިބޭ ކެމްޕެއިނަށް ލިބޭ ފައިސާ މެނޭޖުކުރީ އަދީބު. އެ ފައިސާ ޑިޕޮސިޓް ކުރީ ކޮން ފަރާތަކުން ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެސްއޯއެފް އަކާ އަޅުގަނޑާއި ގުޅުމެއް ނެތް. އެމްއެމްއޭއަކުން އެއްވެސް އިރެއްގައި އެސްއޯއެފްގެ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންގް ގެ މުއާމަލާތްތަތަކެއްކަމަށް ދައުލަތުގެ އިދާރާއަކުން ނިންމާފައެއްނުވޭ. އެކައުންޓަށް ޖަމާވި ފައިސާ އަނގަބަހުން ވެސް އޭސީސީއަށް ޖަމާކުރަން އެއްވެސް ތަހުގީގީ އިދާރާއަކުން އަންގާފައިނުވޭ. އެހެން ފައިސާއެއް އެކްސްކްރޯ އެކައުންޓް ޖަމާ ކުރީ އެގްރީމަންޓުގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިގެން ނުވާނެކަމަށް ބުނާތީ، އެ ފައިސާގައި އަތްލަން ބޭނުންނުވެގެން. އެހެން ދިމާލަކުން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ ހިޔާނާތުގެ ފައިސާގެ ގޮތުގައި ހުރި ފައިސާއެއްގައި އަތްލަން ބޭނުންނުވީ. އޭރުވެސް އެކައުންޓްގައި ތިނެއް ނޫނީ ހަތަރު މިލިއަން ޑޮލަރު ހުންނާނެ.

14:21

ޔާމީން ފުރަތަމަ ފަހަރަށް ޝަރީޢަތުގައި ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.

14:17

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: ޝަރީޢަތައް ހުށަހަޅާފައިވާ އެކްސްކްރޯ އެގްރީމެންޓްގައި އެބައޮތް "އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ކޮމިޝަނުން ނިންމައިފި ނަމަ" ކަމަށް. ޔާމީންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ފައިސާ އަކީ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާކަން އޭސީސީ އިން ނިންމާފައެއް ނެތް. 150 މީހުންގެ ލިސްޓް އާއްމު ކުރިއިރު ވެސް ޔާމީންގެ އެކައުންޓަށް ވަން ފައިސާގެ މައުލޫމާތެއް ނެތް.

14:13

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: އެމްއެމްޕީއާރްސީ މައްސަލައިގައި ފުލުހުންނާއި އޭސީސީ އިން ހުށަހެޅި އެތައް މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައި ވާނެ.

14:12

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: ޤާނޫނުގައި އެންމެން ހަމަހަމަ ވާން ޖެހޭނެކަމަށް ބުނާ އިރު 150 މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައި ވާއިރު މިއީ ހަމަހަމަކަމެއް ނެތި ތަފާތު ކުރުމުގެ ގޮތުން ކުރެވިފައިވާ ދައުވާއެއް.

14:02

ގާޒީ ހައިލަމް: ކޮރަޕްޝަންގެ ކުށެއް ޤާނޫނުގައި ނެތް ކަމަށް ބުނެ ހުށަހެޅި ދިފާޢު ބަލައި ނުގަންނަން ނިންމައިފިން.

13:59

ޔާމީންގެ ވަކީލް އާދަމް އާސިފް: މީގެ ކުރިން ދައުލަތުން ވިދާޅުވެފައި އޮތް ހިޔާނާތުގެ ފައިސާ ކަމަށް ވެސް. މިއަދު މިވިދާޅުވަނީ ކޮރަޕްޝަންގެ ފައިސާ ކަމަށް. މިހާރުވެސް ސާފެއް ނުވޭ ކޮން ކުށެއް ކަމެއް.

13:57

ޔާމީންގެ ވަކީލް އާދަމް އާސިފް: ދައުލަތުން އެދެއްވި ރައްދުގައި އަޅުގަނޑުމެން ދެއްކި ވާހަކަ ނަފީ ކުރެވޭ ވަރުގެ ވާހަކައެއް ނެތް. ކޮރަޕްޝަން މަނާ ކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ކުށް ބަޔާން ކޮށްފައެއް ނެތް. އަދި ޔާމީން ކުރީ ކޮރަޕްޝަންގެ ކޮން ކުށެއް ކަން ވެސް ނޭނގޭ.

13:54

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: އެއް މިލިއަން ޑޮލަރަކީ ގއ.ބޮޑުމުލާ ކުއްޔަށް ދީގެން ލިބުނު އެއްމިލިއަން ޑޮލަރު ކަމަށް ފާހަގަ ކުރެވިގެން އޭސީސީ އިން ތަޙްޤީޤު ކޮށްފައިވޭ.

13:53

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: އެންޓި ކޮރަޕްޝަންގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ކޮރަޕްޝަންގެ ކުށް ބަޔާންކޮށްފައި އެބައޮތް. އެމާއްދާގައި ބުނާ ކުށް ކޮށްފައިވާ ބައެއް މައްސަލަތައް އެމްއެމްޕީއާރްސީ މައްސަލައިގައި ވެސް ދައުވާ ކުރެވިފައިވޭ. މަނީލޯންޑްރިން އާއި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ވެސް ކުށް ބަޔާން ކޮށްފައިވޭ.

13:51

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބަޔާންކޮށްފައި ނެތް. ޤާނޫނުގައި ނެތް ކުށެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ.

13:50

ގާޒީ ހައިލަމް: ދައުވާގައި ގަޑި ބަޔާން ކޮށްފައި ނެތް ނަމަވެސް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީޢަތުން ނިންމައިފިން. ދެވަނަ ހުށަހެޅުމަށް ފުރުސަތު ދެން.

13:47

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ޖިނާޢީ އިޖުރާޢާތުގެ ޤާނޫނުގެ 88 ވަނަ މާއްދާގައި ބުނާ ގޮތައް ގަޑި ބަޔާންކޮށްފައި ނެތީ ބޭންކް ޓްރާންސެކްޝަންގެ ގަޑި އެނގެން ނެތީމާ. ދައުވާގެ ޟީގާގައި ގަޑި ބަޔާންކޮށްފައި ވާނެ.

13:44

ޔާމީންގެ ވަކީލް އާދަމް އާސިފް: ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 88 ވަނަ މާއްދާގައި ބުނެފައިވާ ކަންކަން ދައުލަތުން ސާފުކޮށެއް ނުދޭ. އެއްގަނޑު ވެސް ނުފުރޭ ދައުވާއެއް މިއޮތީ. ދައުވާގައި ނެތް ކުށް ކުރި ތާރީޚެއް. ޔާމީން ކުށެއް ކުރި ތާރީޚެއް ދައުވާގައި ބަޔާންކޮށްފައެއް ނެތް.

13:41

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: އޭސީސީގެ ތަޙްޤީޤުގައި ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާ ކުރުމަކީ ޝައްކެއް ކަމަށް ފުރަތަމަ ބަޔާން ކޮށްފައެއް ނެތް. 21 ފެބްރުއަރީ 2018 ގައި އެބައޮތް ޝައްކެތް އުފެދުނު ވާހަކައެއް.

13:36

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް: ޔާމީންގެ މައްޗަށް ދައުވާ ކުރަމުން ބުނެފައި ވަނީ އެކަށީގެންވާ ޝައްކެއް ކުރެވޭ އަމަލެއް ކަމަށް. ނަމަވެސް ޝައްކު ކުރެވުނު ގޮތާއި ޝައްކު ކުރި ސަބަބެއް ބަޔާންކޮށްފައި ނެތް.

13:32

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ޔާމީން މަންފާ ހޯދަން މަސައްކަތް ކޮށްފައި ވަނީ އެއީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާ ކަން އެނގިހުރެ.

13:29

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ދައުވާ ބިނާ ކޮށްފައި ވަނީ މުދަލެއްގެ އަސްލު އޮޅުވާލުމުގެ ކުށަށް.

13:27

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ދެކަމެއް ފާހަގަ ކޮށްލަން ބޭނުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ދައުވާ އޮންނަން ޖެހޭ ގޮތް. ދައުލަތުގެ ދައުވާ އޮތީ ޤާނޫނުގައި ބުނާ ގޮތައް. ދެވަނަ ކަމަކަށް ދަންނަވަން ބޭނުން ވަނީ ދައުވާގެ ޞީޤާގައި ބަޔާންކޮށްފައި ވާނެ ދައުވާގެ އަސާސް. އަދި ކުށުގެ އަމަލު ވެސް ޤާނޫނީ ތަރަހައިގެ ތެރެއަށް ފެތޭ.

13:22

ޔާމީންގެ ވަކީލް އާދަމް އާސިފް: ދައުލަތުގެ ވާހަކަތަކާއި ގުޅިގެން ދަންނަވަން ބޭނުން ވަނީ މަނީ ލޯންޑްރިންގެ ޤާނޫނުގައި ހުރި ވާހަކަތައް އެބަހުރި. ނަމަވެސް ދައުވާގެ ޞީޤާގައި ބަޔާން ކޮށްފައި ނެތް ޔާމީންގެ އެއްވެސް އަމަލެއް މަނީ ލޯންޑްރިންގެ ހާލަތައް ފެތޭ ގޮތެއް ބަޔާންކޮށްފައެއް ނެތް. ދައުވާ އޮތީ ޔާމީން އެމާއްދާގެ ހާލަތައް ފެތެން ޖެހޭ ގޮތައް. އެގޮތަކަށް ނޫން ދައުވާ އޮންނަން ވާނީކީ. ޖިނާޢީ އިޖުރާޢަތުގެ ހަމައަކީ އެއީ އެއް ނޫން.

13:20

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު: ދައުވާ ކޮށްފައި ވަނީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ މުދަލެއް ފޮރުވައިގެން ކުށުން މިންޖުވާން މަސައްކަތްކޮށްފައިވާކަން. މަނީލޯންޑްރިން މަނާކުރާ ޤާނޫނުގައި ބުނާ އުންސުރުތައް ފުރިހަމަވާ ދައުވާއެއް ކަމަށް.

13:17

ޝަރީއަތުގެ ކުރިން ޔާމީންގެ ފަރާތުން ހުށަހަޅާ ކަން ކަން ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް: ދައުވާ ފޯމު ސާފެއް ނޫން. ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވުން. އެމްއެމްއޭގެ ނިންމުމެއް ހިމަނާފައިވާ ނުވުން. އަދީބާއި ޒިޔަތަކީ ޔާމީންގެ ވެރިކަމުގައި އަދަބު ދީފައިވާ ބަޔަކަށްވާތީ އެމީހުންގެ ހެކި ބަސް ބަލައިނުގަނެވޭނެ.

13:10

ގާޒީ ހައިލަމް: ޝަރީޢަތުގެ ހުށަހެޅުމުގެ ކުރިން އެއްވެސް ހުށަހެޅުމެއް ދައުލަތުން ހުށަހަޅާފައެއް ނެތް. ދައުވާ ރައްދުވާ ފަރާތައް ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިނުން.

13:09

ގާޒީ ހައިލަމް: މިއަދު މިއީ ޝަރީޢަތުގެ ކުރިން ހުށަހަޅަން ޖެހޭ ކަންކަން ހުށަހަޅަން އޮންނަ އަޑުއެހުމެއް. މިއަދުގެ އަޑުއެހުމުގައި ޝަރީޢަތް ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމާނަން.

13:08

ގާޒީ ހައިލަމް ޝަރީޢަތުގެ މަޖިލީހަށް ވަޑައިގެން ޝަރީޢަތް ފައްޓަވައިފި.

13:06

ޔާމީންގެ ތިން ވަކީލަކު ޔާމީންގެ އަރިހުގައި އެބަތިއްބެވި. ޕީޖީގެ ފަރާތުން ވެސް ދެވަކީލަކު ޝަރީޢަތުގެ މަޖިލީހުގައި އެބަތިއްބެވި.

13:05

ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

12:57

މަނީ ލޯންޑަރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ.

12:45

މިހާރު މައުލޫމާތު ލިބޭ ގޮތުގައި ޔާމީންގެ ޝަރީޢަތް ފަށާނީ 13:00 ގައި. ޔާމީންގެ ޝަރީޢަތް ރޭ ފުރަތަމަ ޝެޑިއުލް ކުރީ މިއަދު 11:30 އަށް. އެއަށް ފަހު 12:30 އަށް އަދި 12:45 އަށް ޝަރީޢަތް ލަސްކުރި.

12:39

ޔާމީން މިހާރު ވަނީ ޤާނޫނީ ވަކީލުންނާއި އެކު ކްރިމިނަލް ކޯޓަށް ހާޒިރުވެ ވަޑައިގެންފައި.

12:21

ޔާމީންގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނީ 12:45 ގައި.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. Anonymous

    މީގަ ކުއްވެރިވަނީ، އެސްއޯ އެފެއްނޫންތަ؟ އެމީހުން ފައިސާ ޖަމާކުރީ. އެފައިސާ އަކީ ރައީސްޔާމީން އެދިގެން ޖަމާކުރި ފައިސާއެއްނޫން!!! މީހަކު ހަލާކުވެދާނެ މިގައުމުގެ ހާލަތުން. މިއީ ހަމަ ސަދޫމުގެ ޝަރީޢަތް ހިނގާތަނެއް. ފައިސާ ކޭމީހާ އެހެރީ ހުދުފޮތިކޮޅަކަށްވެ ސާފުވެފައި. އޭނަގެ ކުށެއްނެތް. ރައްޔިތުން ރުހުމުން ރައްޔިތުންގެ ފައިސާ އޭނާއަށް ކެއުން ހުއްދަކުރީތަ؟

    52
    4
  2. ޒވނއ

    މިއަދު ކޯޓަށްވެސް ވަނީ މީޑިއާއަށް ފިލައިގެން ވަގަށް.
    ހީހީ ހަލާކު.

    11
    41
  3. Anonymous

    ޖުހާ ކައިވެންޏަށް ވީވަރު ދޯ، ޖައްބާރު ބައެއްތާމީ

    17
  4. މޫސާ މަނިކު

    ރައީސް ޔާމިން ކުށެއްކޮށްގެނެއް ނޫން މިއުޅެނީކީ، ރައީސް ޔާމިން އަދިވެސް ވެރިކަމަށް އަތުވެދާނެކަމުގެ ބިރު ހީވެގެން މިއުޅެނީ، ޔާމީންގެ އިއްޒަތާއި އަބުރު ނަގާލާ، ޖަލަށް ލައި ހަދައި ހަދައިގެންވެސް ދިވެހި ރައްޔިތުން ޔާމިނު އާއި މެދު ދެކޭގޮތް ބަދަލްކޮށް ޔާމިން އަކީ ކުއްވެރިޔަކަށް ހަދަން، އެކަމަކު ބުނެލަން ބޭނުންވަނީ ތިހެނެއް ނުވާނޭ ދެނެއް، ދިވެހި ރައްޔިތުން ތިބީ ހޭލާ، އަނިޔާވެރި ސަރުކާރެކޭ ކިޔާފަ ވެރިކަމަށް އައިސް މިހާރު ތިކުރައްވަނީ އަނިޔާ ނޫންތޯއޭ؟ ތިޔަ ބުނާ ފައިސާ އެއް ރައީސް ޔާމިން ބޭނުން ކޮށްފިތޯ، ނުކުރޭ، އެހެންވީމާ ކަނޑައެޅިގެން އިގޭ ޔާމިން އަކީ ފައިސާ ފޮއްޗެއް ނެތިގެން އުޅޭ މީހެއް ނޫންކަމަާއި

    65
    4
  5. އ. ޖ. އ

    އެސްޓީއޯ 800 މިލިއަން ވެސް ހިމަނާލައިގެން ކޮށްލާ

    8
    45
  6. އ. ޖ. އ

    އެސޮރު ރިޝްވަތު ނުދޭތަ

    3
    17
  7. އ. ޖ. އ

    ޖަލަށްލާ

    6
    46
    • Anonymous

      ޖަލުހަނގުންނަންޖެހޭ ކަލޭގެ އެއިނީ މަޖްލިސްގެ ރައީސް ގޮނޑީގަ. ލުސިފަރ ހެދިފަ

      36
      6
      • އ. ޖ. އ

        ޖަލުގަ އޮވެ ނިންމާފަ ނިކުމެ އެހުރީ

        1
        18
        • ޠތތ

          ޖަލުގަ އޮވެ ނިންމާފަތަ ނުކުތީ؟ ގައިމު ހުކުމުގެ މުއްދަތެއް ނުނިމޭ.

  8. މޫސާ މަނިކު

    ރައީސް ޔާމިން ތިޔަ ބުނާ ފައިސާއެއް ބޭނުންކޮށްފައިވޭތޯ؟ ނުވޭ. އަދި ޔާމިނު އެބައުޅޭތޯ ފައިސާ ނެތިގެން، ނުއުޅުއްވާ، ވެގެން އުޅޭ ގޮތަކީ ރައީސް ޔާމިން އަދިވެސް ވެރިކަމަށް އަތުވެދާނެ ކަމުގެ ބިރު މިހީވަނީ، ޔާމިންގެ ޤާބިލްކަން ބަލާފައި އެބައިގޭ މިމީހުން ވެރިކަމަށް އަންނަން ދެއްކިހައި ވާހަކަ ތަކަކީ ދޮގުކަން، އަނިޔާވެރި ވުމޭ ކިޔާފައި އައިސް ގައުމު ގައި މިޙާރު މި ހިންގަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ؟ މިހާރު ރަގަޅު ކޯޓެއް، ރަގަޅު ކުންފުންޏެއް، ރަގަޅު އޮފީހެއް، ރަގަޅު އިދާރާއެއް ރަގަޅު މަރުކަޒެއް، ރަގަޅު ކޮމިޝަނެއް މިގައުމުގައި ނެތް ކަމަށް މި މީހުންގެ އަމަލްތަކުން ޤަބޫލް ކުރެވެނީ، ހަމައެކަނި ރަގަޅީ މިމީހުން ދެންތިބީ ހުސްވަގުން، ކިހާދެރަ، ދިވެހި ރައްޔިތުން މިހާރު ތިބީ ހޭލާ ، އެހެންކަމުން ހިތުހުރި ގޮތެއް ނެއެދޭނެ، އަޅުގަނޑުގެ ދުޢާއކީ އިސްލާމް ދީނާއި ޚިލާފު ފިކުރުގެ މީހުން ކިބައިން މި ގަޢުމު ސަލާމަތްކޮށްދެއްވުން އަދި ޔާމިން ގެ ޝަރީއަތް އިންސާފުވެރިކަމާއި އެކު ގޮސް ނިމުން (.)

    45
    5
  9. ޢަލީ

    މޑޕ މީހުން އެބައުޅޭ ތިތާ ކީއްކުރަން ކޮއްމެކަމެއްގަ ތަޅާފޮޅަންދޯ ހިފިނުހުންނަ ބައެކޭ...ގޮތެއް ފޮތެއްނުހުރެ..

    42
    4
  10. އަހްމަދު ޢަލީ

    ޔާ ﷲ މިގައުމުގެ މިނިވަންކަމާއި، މިގައުމުގެ ރައްޔިތުންގެ ހައްޤުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މިގައުމުގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަލާމަތާ ރައްކާތެރިކަން އިބަ އިލާހުގެ ޙަޟްރަތުން މިންވަރުކުރައްވާނދޭވެ. އަދި މިގައުމުގައި މިތިބަ ނުލަފާ ވެރިންނާއި، އެމީހުންނަށް ވާގިދޭ، ޝައިޠާނާއަށް އަޅުކަންކުރާ ގެރިއަކީ އެމީހުންގެ އިލާހުކަމުގައި ހަދައިގެން ތިބި ނުލަފާ މީހުންގެ ނުބައި ރޭވުންތަކުން، އެމަނިކުފާނު ސަލާމަތްކޮށްދެއްވާނދޭވެ. އާމީން.

    56
    3
  11. ސަމީރު

    ޖމރ އަށް އެއަރޕޯޓް ވިއްކި މީހުންނާއި، ޓްވަރިޒަމް ބޯއިކޮޓް ކުރަން ގޮވާލާ މީހުންނާއި، ބާއީން ފޮރުވައިގެން ގެންގުޅުނު މީހުންނާއި މިހިރަ މިހިރަ މީސްމީހުންގެ މައްޗަށް އަދުލުވެރި ޝަރީއަތެއް ހިންގާށެވެ. )

    61
    1
  12. އިބްރާހިމް

    މަޖިލިސް ތެރެއިން ފަނޑިޔާރުންނަށް ދައްކާ ބިރާ ދެމުން ގެންދާ އިންޒާރުގެ ސަބަބުން ފަނޑިޔާރުންގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދެއެވެ. ދައުލަތުގެ 3 ބާރު އެއްވެ ހުރިހާ ބާރަކީ އެންމެ ބާރެއް ކަމަށް ވެފައިވާ ދަނޑިވަޅެއްގައި ހުރިހާ ކަމެއް ނިމިގެންދާނީ ބާރުވެރި ފަރާތުން ބޭނުންވާ ގޮތަށް ކަމަށް قبول ކުރެވެއެވެ. والله أعلم

    43
    3
  13. Anonymous

    ދައުލަތަކަށް ބުނެނުދެވޭ، އިޖުރާއަތަށް އަދި ގާނޫނަށް ފެތޭގޮތެއް. ކޮންކަހަލަ ދެއުޅިއެއްނުވާ ވަކީލުންނެއް؟ ކުށެއްކަން ޘާބިތުވާވަރުގެ އެއްޗެއްނެތް ތިދެއްކިވާހަކަައިގައެއް. ހަސަދަވެރިކަމާއި، ނުބައިކަން ދެއްކުންނޫންކަމެއް މިސަރުކާރުގެ އަމަލުތަކުން ނުފެނޭ! އަވަސް ފުރުސަތެއްގައި މިވެރިކަން ނިންމަވާނދޭވެ. އާމީން.

    51
    1
  14. Anonymous

    މުދަލެއްގެ އަސްލު ނޯޅޭނެ. ފައިސާއެއް އެކައުންޓެއްގައި ހުރެއްޖެނަމަ، އެފައިސާއަށްވުރެ މަދުނުވާވަރަށް އެ އަކައުންޓުގައި އަބަދުވެސް ފައިސާ ހުރިނަމަ، އަސްލު އޮޅުވާލުމަކަށްނުވާނެކަން، ބުއްދިސަލާމަތުން ހުރި މީހަކަށް އެނގޭނެ.

    38
    1
  15. އާމިނަތު

    މިވަކީލާ މިދެއްކި ވާހަކައިން ދޭހަވަނީ، ބޭންކުގައި، ޖަމާކުރާ ކޮންމެ ފައިސާއެއް ވަކި ޕާޓިޝަނެއްޖަހާ، އެނގެންޖެހޭނެކަން. 1 އަދި ފައިސާ ނަގާއިރުވެސް ޗެކްގައި، ރެފެރަންސް ދޭންޖެހޭނެ، އެއީ ކޮންދުވަހަކު ކޮންޗެކަކުން ޖަމާކުރިއެއްޗެއްކަން އެނގޭގޮތަށް. މިގައުމުގައި މިތިބީ ހޭބަލިވެފަތިބި ބައެއް

    37
  16. ކޖފހފ

    ރައީސް ޔާމީންގެ އެކައުންޓުގައި، ކިތަންމެ ފައިސާއެއް ހުއްޓަސް، ނެގުނީ އެސްއޯ އެފްގެ ފައިސާއޭތަ މިވަކީލާ މިކިޔަނީ؟ ބޭންކުގައި ރައީސް ޔާމީން އެދިފަ އެބައޮތްތަ، އެސްއޯ އެފްގެ 1 މިލިއަނުން، ވަކި ވަރެއް ނެގުމަށް. މިހެން ކޮންމެ ޗެކަކުން ނުވަތަ ކޭޝްއިން ޖަމާކުރާ ފައިސާ ނަގަނީ، އެފައިސާ ޖަމާކުރި ސްލިޕަށް ރެފަރެންސްދީގެންތަ؟ ކޮންތާކު ބުރާންތިންތަކެއްތަ މި ޕީޖީގަ މިތިބީ.

    41
  17. ކފކފހފ

    މަންފާ ހޯދަންއުޅުނީ، ޔާމީނގެ އެކައުންޓުގައި ހުރި އެހެން ފައިސާތައް އެއްފަރާތެއްގައި ބަހައްޓާފަ އެސްއޯއެފް އިން ޖަމާކުރި 1 މިލިއަނުންނޭތަ މިކިޔަނީ؟ އައިޝަތަށް ވާނުވާ އެނގޭތަ؟ ކޮޔާ، އެކައުންޓުގައި ހުންނާނީ ފައިސާ، އޭގައި ހުރި ފައިސާ 1 މިލިއަނަށް މަދުނުވާނަމަ، އޭގެ މާނައަކީ، އެފައިސާގައި ޔާމީން ނުޖެހެއޭ.... މަހަށްދަގަ، .

    43
    1
  18. ޙެ ހެ

    ހަމަ ދައުލަތުގެ ސޯޓް ބޭލޭނެ ރަނގަޅަށް މިފަހަރު

    50
    1
  19. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    އަހަރެން އެންމެބޮޑަށް ބެލީ ފަނޑިޔާރުގެ ހަރަކާތްތަކާއި އަޑު. ފާހަގަކުރެވުނުކަމަކީ. ފަނޑިޔާރު އިންނެވީ ވަރަށްހާސްވެފައިކަން. ވާހަކަ ދައްކަވާއިރު ނޭވާކުރުވެގެންދާކަން. ދައުލަތުގެ ވަކީލުންނާމުޚާތަބް ކުރައްވާއިރު މޫނަށް އަންނަ ހަރަކާތާއި ޔާމީނުގެ ވަކީލުންނާ މުޚާތަބް ކުރައްވާއިރު ވަރަށްބޮޑު ތަފާތެއް ހުރިކަން. ޔާމީނުގެ ވަކީލުންނާ މިޚާތަބް ކުރައްވާއިރު މޫނުން ރުޅިވެރިކަންފެންނަކަމާއި، ބަސްތަކުގައި ރުންކުރުކަންވެސް ފާހަގަކުރެވުނު. ނަމަވެސް ދައުލަތުގެ ވަކީލުންނާ މުޚާތަބް ކުރާއިރު މިކަންތައްތައް ނުފެންނަކަން.

    42
    2
  20. ޢިކުރާމު

    ޔާމިނު ގުއިރޭތަ ގުއިރޭ ގަޑިޔާ ދުވަސް އެނގޭތަ ނޭނގެންޏާ ގުއިނުރޭކަމައް ބެލެވިދާނެތޯ

    4
    41
    • ކަލޯ

      ކަލޭ ދޭބަލަ އަނގަ ދޮންނަން

      36
      1
  21. މިއަދު

    ދައުލަތުން ހުށައަޅާ ދައުވާގައި ރ ޔާމީހުގެމައްޗަށް ކުށެއްގެ ދައުވާ ކުރާކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ދައުލަތުން ހުށައަޅަނީ ކޮރަޕްޝަން ޤާނޫނާއި ޤާނޫނުގައި ބަޔާންކޮށްފައިވާ ކުއްތަށް އަދި އެސީސީ އިން މައްސަލަބަލާކަމާއި އެސީސީއިން ރ ޔަމީނުގެ ކޮރަޕްޝަންގެ މައްސަލައެއް ބެލުމަކީ ތިދައުވާއާއި ކޮންގުޅުމެއް ހުރިކަމެއް

    40
  22. މިއަދު

    ޝަރީޢަތްދާ މިސްރާބަށްބަލާއިރު ތިމައްސަލާގައި ނަމަވެސް ކިޔާފައި ތިދަޢުވާ ކުރިއަށްގެންދާނެކަމަށް ޤަބުލުކުރެވޭ

    36
    2
  23. މުހައްމަދު

    ބަލާވެރިކަމެއް ދޯމިގައުމަށް ފާވެފާ މިއޮތީ.

    34
    • Anonymous

      ރަނގަޅަށްބތިބުނީ. ރައްޔިތުން ގެނެސް މިއޮތީ ބަލާވެރި ސަރުކާރެއް

      21
  24. ނުވާނެއޭ

    މަނީ ލޯންޑަރ ކުރީ ކޮން އިރަކުތޯ އެއީ މަނީ ލޯންޑްރިންގް އާއި ބެހޭ ގާނޫނު ވުޖޫދަށް ނާންނަނީސް ދެން އޮތީ ކޮަރަޕްޝަނާއި ބެހޭ ދައުވާ މިގާނޫނަށް ބަލާއިރު ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ އެއީ ރައީސް ޔާމީން ވިދާޅުވެގެން ނޫން ކަން ނުވަތަ ވިދާޅުވެގެން ކަން އިނގެން ނެތް ދެން މީހަކަށް ރައީސް ޔާމީންގެ އެކައުންޓްގެ ތަފްސީލް އިނގޭއިރަށް އެއެކައުންޓަށް ފައިސާ ޖަމާ ކުރުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނޭ އެއީ ކޮރަޕްޝަން ފައިސާ ކަމަށް ތިޔާއީ ތަމެންގެ ވެރިކަން ގުރުޑު ވަމުންދާތީއޭ މަމެން ބުނަން ނެތީމޭ..

    31
    2
  25. ކިންގފިޝަރ

    އިންޑިއާއިން އެބަ ބޭނުންވޭ އިންޑިއާ ބޭނުންވިގޮތަށް ޔާމީނު އެއްބަސްނުވީމަ އެކަމުގެ ބަދަލުހިފަން. އެހެންވެ ޖިނާއީ ކުށުގެ މީހުން އިންޑިއާޔާ ހަވާލުކުރާ އެއްބަސްވުމެއް އެއޮތީ. މިކަމުގައި އިންޑިއާގެ އަގެއް ނެތްގޮތެއް ނުފެނޭ.

    30
    1
  26. ާރަސީދު

    މޑޕ ގެ ވެރިކަމުގާ ހިގާފަހުރި އޯޑިޓަރ ޖެނެރަލް ފައިލް ކޮއްފަހުރި ކަރަޕްޝަން ކޮބާ، ކެރަފާ

    28
  27. Anonymous

    ޝަރީޢަތެއްތަ މިހިނގަނީ؟ ޝަރީއަތަށް ހުށަހެޅި މައްސަލައަކީ އެސްއޯއެފް އިންޖަމާކުރި 1 މިލިއަން ޑޮލަރު އިން ރައީސް ޔާމީން ވިޔަފާރިކުރިކަމަށްބަލާ މަނީލޯންޑްރިންގއަށް. އެކަމަކު އެއެކައުންޓުގައި 3 މިލިއަން ހުއްޓަވެސް އެއިން އެނެގުނީ ހަމަ އެބުނާ 1 މިލިއަނުގެ ތެރެއިންކަމށް ކަނޑައަޅާބުނަން އެނގުނު ބައެއްގެ މޮޅުކަމާއެ. ވަކިން ކޮތަޅަކަށްއަޅާފަތަހުރީ އެ 1 މިލިއަން؟ ރައީސް ޔާމީން ވިތްޑްރޯކުރީ އެކޮތަޅުގަ ހުރި ފައިސާއިންތަ؟ އެއިން ނަގަން ލިޔަން އިނީ ވަކި ބާވަތެއްގެ ޗެކެއްތަ؟

    21
    1
  28. ގުރުޑުވީއޭ

    ރައީސް އިބޫ ސަރުކާރުން ރަސްމީ ފުރަތަމަ ދުވަސް ހަފްތާ ގައި ދިޔާ އެމެން ސަރުކާރުން ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ކަމެއް ނުކުރޭ އެހެންވެ ރައީސް ޔާމީންގެ މަސްކައިގެން އެމެންގެ ވެރިކަން ގުރުޑުނުވެ ވޭތޯ ބަލަން އެމެން މަރުފަލި ޖަހަނީއޭ ތަމެންގެ ވެރިކަން މިހާރު ތިޔާ ދަނީ ގުރުޑު ވަމުންނޭ ތަމެން ދަނީ ގުރުޑުވަމުން ކޫޑި އަޅަމުންނޭ ތަމެންގެ ވެރިކަމުގައި މިހާރު ތިޔާ ހުރީ ކޫޑި އަޅާ ގަސްކަނޑާ އެއްލާލަން ޖެހޭ މިންގަޑަށް ގޮސްފައޭ މަމެން ބުނަންނެތީމޭ...

  29. ހިސާނު

    ޔާ ﷲ މިގައުމުގެ މިނިވަންކަމާއި، މިގައުމުގެ ރައްޔިތުންގެ ހައްޤުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މިގައުމުގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަލާމަތާ ރައްކާތެރިކަން އިބަ އިލާހުގެ ޙަޟްރަތުން މިންވަރުކުރައްވާނދޭވެ. އަދި މިގައުމުގައި މިތިބަ ނުލަފާ ވެރިންނާއި، އެމީހުންނަށް ވާގިދޭ، ޝައިޠާނާއަށް އަޅުކަންކުރާ ގެރިއަކީ އެމީހުންގެ އިލާހުކަމުގައި ހަދައިގެން ތިބި ނުލަފާ މީހުންގެ ނުބައި ރޭވުންތަކުން، އެމަނިކުފާނު ސަލާމަތްކޮށްދެއްވާނދޭވެ. އާމީން.

  30. މަހަށްދޭބަލަ

    ތަމެން ބަލަން ތިބެއްޗޭ އެޗްޑީސީ ތިޔާ ކެފޭ ތައް ނަގަން ނުޖެހޭނެއޭ މަމެން ލޮނު ލައިގެން ބަތެއް ނުކާނަން އެހެންވެއްޖެއްޔާ ތިޔާ ކެފޭ ތައް ނެގޭނީ އެހެންވެއްޖެނަމަ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖޭން ބޭރަށް ފުރުވާލުމަށް ފަހު އެނޫނިއްޔާ ތިޔާ ކަމެއް ނުވާނެއޭ ތަމެން ތިޔާ ކަން ހަނދާން ނައްތާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ ތަމެން ނުދަންނަން ދޯ މީ މާލެ ސަރަހައްދުގެ ވިޔަފާރިވެރިން ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  31. ސޫދުބެ

    ޖަލުހަނގުންނަންޖެހޭ ކަލޭގެ އެއިނީ މަޖްލިސްގެ ރައީސް ގޮނޑީގަ. ލުސިފަރ ހެދިފަ

    19
    1
  32. ވަގުތު ހޭޓަރ

    ވަކީލުކަން ކުރަން ނޭނގޭ ވަކީލުން... ޔާމީން ގެ ވަކީލުން ދަމަދަމައިގެން ހަމަ އެކައްޗެއް ކީ..

    6
    16
  33. ޙަބީބު

    އަދުރޭމެން ނިހާނުމެންކަހަލަ މީހުން ލައިގެން ޔާމީނުހަލާކު

    3
    15
  34. ކަރުނޭރު

    ކޮބާތަ ތިނެއްބައި އަހަރުވެރިކަންކުރިމީހާ އެހެންބަޔަކައް ފައިދާ ހޯދަދޭން ކައްވާލި4.2ބިލިއަން އެއީ އޯޑިޓްރިޕޯޓުންވެސް ފެންނަންހުރިއެއްޗެއް އެކަލޭގެއަރާ އެއިންނަނީ ޢާއިލީ މަޖްލިސްގޮޑިއައް ޅިސްޖެހިފަ ހަމަހުދުފޮތިދޯ

  35. ރައްޔިތުމީހާ

    ޖިނާއީ އިޖްރާއާތުގެ ޤާނޫނާއި ޚިލާފު ޝަރީޢަތއކުރިއަށް ގެންދާގޮތް. ދެ ފަރާތުންވެސް ހެކި ހާމަކުރަންޖެހޭނީ އެއްމަޖިލީހެއްގައި. ހެކި ހުށަހަޅާ ނިމުމުން އެއީ އިބްތިދާއީ މަޖިލިސް ނިމުނީ އެއަށްފަހު 30 ދުވަހުގެ ކުރިން ޝަރީޢަތް ފެށޭނީ ދަޢުވާލިބޭ ފަރާތުން ރުހުންޏާ. ޝަރީޢަތްކުރިއަށް ގެންދަން ނޭނގޭކަން ފާހަަގަކުރެވޭ.