ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ހިތުގައި އެމަނިކުފާނާއި މެދު އަދާވާތްތެރިކަން އޮންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ޓީވީތަކުން ލައިވްކޮށްގެން ކުރިއަށްގެންދާ އެމަނިކުފާނު މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތުނަން ހުށަނޭޅޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެެރިކަމުގެ އެ ދެ މީހުންގެ މައްސަލަވެސް ތަހުގީގު ކުރުމަށް އެންގީ ރައީސް އޮފީހުން ކަމަށް ވާތީ ކަމަށެވެ.

"އިންސާނީ ޠަބީއަަތައް ބަލާއިރު އެދެމީހުންގެ އަދާވާތްތެރިކަން އޮންނާނެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އަދީބު ހަމަލާދިން. ޒިޔަތު އަކީ މިކަމުގައި އެންމެ އިސްކޮށް ބައިވެރިވި މީހާ". ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ މި ވާހަކަތަކަށް ބެއްލެވުމެއް ނެތި ޔާމީންގެ މައްސަލަ ބައްލަވަމުންދާ ގާޒީ ހައިލަމް ވިދާޅުވީ، ދެ ފަރާތުގެ އަދާވާތްތެރިކަމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

"އެހެންކަމުން މިހުށަހެޅުން ބަލައި ނުގަންނަން ނިންމައިފިން. ނަމަވެސް މިކަންކަމަކީ ހުކުމް ކުރުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ވާނަމަ ރިއާޔަތް ކުރާނަން".ގާޒީ ހައިލަމް ވިދާޅުވިއެވެ.

ޔާމީންއާ ދެކޮލަށް ދައުލަތުން ހުށަހެޅި އިތުރު ހެކީންގެ ތެރޭގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދުގެ އިތުރުންވެސް ބައެއް އިތުރު ބައެއް ހެކިން ހިމެނެއެވެ.

ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙައުލާ

  ނަފުރަތު އޮންނާނީ ގާޒީއަށް ފެންނަ ނަމަ. އިންސާނީ ޠަބީޢަތެއް އެއީ މިހާރު އޮންނަ އެއްޗެއްނޫން. ވަޒީފާ ގެއްލިދާނެތީ ބިރުން އެތިބެނީ. ރައީސް ޔާމީނަށް ދެރައެއް ދިނަސް ތި ނޯންނާނެ. ގައުމަށްވެސް ގައުމުގެ މުސްތަގްބަލަށްވެސް ދެވޭ ގެއްލުމަކަށް އެކަންވާނީ.

  18
  1
 2. އ. ޖ. އ

  މީ އޭ ރާއްޖޭ އެންމެންނަށް އެސްފީނާ ލާ މީހަކީ

  3
  8