ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލައުންޑަރިންގ މައްސަލާގެ ޝަރީއަތަށް ދިފާއީ ހެކީން ހުށަހަޅަން ފަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މިއަދުގެ އަޑުއެހުންތައް ނިންމަލައިފިއެވެ.

މިއަދުގެ އަޑުއެހުންތައް ނިންމާލަމުން ގާޒީ ހައިލަމް ވިދާޅުވީ، ދެން ޝަރީއަތުގެ އަޑު އެހުމެއް އޮންނާނީ އޮގަސްޓް ހަތަރު ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ދައުލަތުން ހުށަހަޅާ ހެކިންގެ ހެކި ބަސް ނަގާނެ ކަމަށެވެ.

ދައުލަތުން މިއަދު ވަނީ ޔާމީންގެ މައްޗަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިމްރާން

    ހައިލަމްއަކީ ވަރަށް އަދުލުވެރިނޫން ގާޒީއެއްކަމަށް ގިނަބަޔަކު ދެކޭ، އަދި ހުރިހާ ސިޔާސީމީހުންގެ ކަންތައް އަބަދުވެސް ބައްލަވަނީ މިޤާޒީ،،ރ.ޔާމިނަށް މީނާގެ ސިޔާސީ ހުކުމެއް ކުރުމީ ވަރަށް ކައިރިކަމެއް... އެކަމަކު ހަދާންކުރަންޖެހޭނެ، އޮޑީގެ މިސްރާބު ބަދަލުވާނެ. އެހެންދުވަހެއް އަންނާނެ، އަދުލުވެރިނުވެ ހުކުމް ކުރާމީހަކީ ނަރަކަޔަށް އެއްލާލެވޭނެ މަސްގަޑެއް...

  2. އިބުރާހިމް

    ސާބަސް ކޯޱުގަދެއްކެވި ސާބިތުކަމައް ސަރުކާރުން ރާވާމަކަރުވެރި ރޭވުން އަތައްގޮވާނެ انشالله ،