މި އަހަރުގެ މިހާތަނަށް 34 މަޝްރޫއެއް ހަވާލު ކުރެވިފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ރާވަފައި ހުރި ކަންތައްތައް ރާވާފައި ހުރި ތަރުތީބުން ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ގިނަ މަޝްރޫއުތަކުގެ ޕްލޭން ނިމި، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރަން ފަރާތްތަކާ ހަވާލު ކުރަމުންދާ ކަމަށާއި ގާތްގަނޑަކަށް މަސް ދުވަސް ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް ބިޔަ އުމްރާނީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއާއި، މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށި ގުޅުވާލުމުގެ މަޝްރޫއުތަކުގެ ކޮންސެޕްޓް ޑިޒައިނެއް އެބައޮތް" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ހަވާލުކުރެވުނު 34 މަޝްރޫއެއްގެ ތެރޭގައި ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާގެ މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި، މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 11 މަޝްރޫއެއް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ތިޔަބުނާ އެއްބިލިޔަން ރުފިޔާގެ ތެރެއިން ކަލޭގެ ފޯނުބިލަށް ކިތަށް މިލިޔަންތޯ އަދި އަންބޮނޑިަށާއި ވަަންހައިގެ މީހުންގެ އަންބޮޑި ފުރާލަނީ ކިތަށް މިލިޔަން ރުފިޔާއިންތޯ ބުނެދޭން ކެރޭނެތަ؟؟ރޯނުއެދުރު ވަޒީރު

    23
  2. ނިޢުމާ

    34 ކީއްކުރަން 54 މަޝްރޫޢު ހިނގިޔަސް ހިނަގަމުން އެދަނީ ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތައް. ފަންޑު ހޯދާ މަޝްރޫޢުތައް ހަވާލުކޮށް ކުރިޔަށް ދަނިކޮށް މަސައްކަތްތައް ހުއްޓުވާފަ ދެން އަލުން ފެށިއެއްކަމަކު އެވާނެތަ ކަލޭ ފެށި ކަމަކަށް؟ ބޮލުރޮދި ކެނޑިފައިތިބި ގަމާރުން ކަލޭމެންގެ ވާހަކަ ގަބޫލުކޮށްފާނެ!

  3. ހުސޭނުބޭ

    ތިޔަކިޔަނީ މިދިޔަ ދައުރުގެ ރައީސް ކަންޑައަޅައި ފަންޑުކޮށް އަދި ގިނަ ކަންތައްތައް ފެށިފައިވާ މަޝްރޫޢު ތަކެއްގެ ވާހަކަ!

    8
    1
  4. އަލީ

    މި ސަރުކަރުން މަގާމުތަކާ ހަވާލުކުރާނީ ފަސްބައި ކިލަނބުނޫން މީހުންކަމަށް ބުނެފައިވާއިރު، ސަރުކާރުން ކުރިން ވައްކަން ކުރި ގިނަަބަޔަކަށް އަނެއްކާވެސް ހަމަ އެ ފުރުސަތު މިވަނީދެއްވާފަ.

  5. ޙުސެއިން

    ޢެއީ ލޮލައް ނުފެއްނަ މަޝްރޫއު 1ވާއި ސާފުކުރުން 2 ކުނި އްންދާލުމުން އަރާދުން ނާރާގޮތް ހެދުން 3ފެނުގެ ތެއްކަން ބަލާ މެޝިން ބެހެއްޓުން މިކަހލަ ކަންތަށް ދެންމާވަރަކައް މިދހައްކަނީ ބަނދަރު ހަދާވާވަކަ އެއީ 80ގެ އަހަރުތަކުގަވެސް ކުރިކަމެއް އެއިރު ދައުލަތުގެ ބަޖެޓަކީ 7000000 ރުފިޔާ.

    6
    1
  6. އަދާލަތު

    މިނިސްޓަރ އަސލަމަކީ، މިހާތަނަށް ދިވެހި ޤައުމުދުއް ރައްޔިތުންގެ އަޑު އައްސަވާ ފުރިހަމަ މަޢުލޫމާތު ދެއްވާ މިނިސްޓަރ.

    1
    1
  7. އ. ޖ. އ

    ? ? ?

  8. ދދދދދދ

    ފޯނުބިލުވަގު. ބޮޑުވަގު.

  9. މާލެ

    ތިބުނާމިނިސްޓަރު އަސްލަމަކީ މިހާތަނައް އެއްމެބޮޑުފޯނުބިލު ވަގު އެމަސައްކަތްހަވާލުކުރި ތަންތަންކީއިރުވެސް މާލެފިޔަވާ އެހެންތަނެއްގެ ނަމެއްބުނާކައްނުކެރުންދޯ އަޅެކިޔާލަބަލަ އޭރުންތާ އިނގޭނީ ކުރީސަރުކާރުގަ ނުފަށކަމެއްވިޔަސް ތިބުނާ ދެރަށުގެ މަގުގެ ބޮޑުބައި ޔާމިނުސަރުކާރުން އޮތީ ކޮއްފަ ރަނގަޅައްވިއްޔާ ތިވާނީ ބަނދަރުހަދާފަހުރިރައްރަށައް ތިވެސް އަނެއްގޮތައްވާސޮރެއްވިއްޔަ