ފުރަތަމަ ޓާމްގެ މެދު ޗުއްޓީއަށްފަހު މާދަމާ ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްވެސް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްޓަރީ މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ފުރަތަމަ ޓާމްގެ މެދު ޗުއްޓީއަށްފަހު މާދަމާ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްވެސް އޮތީ ތައްޔާރަށް ކަމަށާއި ކުރިއެކޭ އެއްފަދައިން ނޯމަލް ޝެޝަން ތަކުގައި ކިޔެވުން ކުރިއަށް ދާނެ ކަމަށެވެ.

"ޓާމް ބުރޭކަށްފަހު ކިޔެވުން ފަށަން ހުރިހާ ސްކޫލެއްވެސް ތައްޔާރަށް އޮތީ، އައު ކަމެއް ނެތް ކުރިއެކޭ އެއްގޮތަށް ނޯމަލް ޝެޝަންތައް ކުރިއަށް ދާނެ." ސައީދު ވިދާޅުވިއެވެ.

އަދި ހުރިހާ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންނާއި ޕްރިންސިޕަލުން ހަމަވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތައް ރަނގަޅު ފެންވަރަކަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް ސްކޫލްތައް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި ޑިޖިޓަލައިޒް ކުރުމާއި ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ހުރިހާ ކުދިންނަށް ޓެބްލެޓްއާއިއެކު ކިޔެވޭނެގޮތް ފަހިކުރުމަށް ސަރުކާރުންވަނީ ނިންމަވާފައި އެވެ.

އަދި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު މިއީ މިސަރަހައްދަށް ބަލާއިރު ރާއްޖޭގެ ތައުލީމީ ދާއިރާއިން ފެނިގެންދަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހު

    ފ. ބިލެއްދޫ ސްކޫލުގަ ޕްރީސްކޫލުގެ ޓީޗަރުން ހަމަނުޖެހޭކަން ފާހަގަކޮށްލަން. ޥަގުތީ މީހުން ނަގައިގެން ކިޔަވައިދެނީ.

  2. އަލީ

    ޓީޗަރުން ހަމަ ނުވޭ އަދި ވެސް.. ސިޔާސީ ގޮތުން ޝަރުތު ހަމަނުވާ މީހުން ރިލީފް ޓިޗަރުންނަށް ނަގައިގެން މީހުން ވަޒީފާއިން ކެނޑުނީމަ ހުރިހާ ކަމެއް ފުރިހަމަ ވެފަ ދޯ އެ އޮތީ.. ސާބަހޭ!..