ފުރަތަމަ ފަހަރަށް ރާއްޖޭގައި 3ޑީ ހައި ޑެފިނިޝަން ލެޕަރޮސްކޯފިކް ސާޖަރީ އޭޑީކޭގައި ހަދައިފި އެވެ.

މިއީ ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ ލެޕަރޮސްކޮޕިކް ސާޖަރީ ކަމަށް އޭޑީކޭއިން ބުނެ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ އޭޑީކޭގެ "ސަންރައިޒް" ތިއޭޓަރުގަ އެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ކުރީ ބުރާސްފަތި ދުވަހު އެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ ކުޑަ ތަންކޮޅެއް ކަފައިގެން އޮޕަރޭޝަން ކުރާ ގުނަވަނުގެ ތެރެ ލެޕަރޮސްކޮޕް ނުވަތަ ފައިބާ އޮޕްޓިކް 3ޑީ ހައި ޑެފިނިޝަން ކެމެރާއެއް ބޭނުންކޮށްގެން ކުރާ އޮޕަރެޝަނަކެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވަނީ 3 ގަޑިއިރުގެ އޮޕަރޭޝަން ކާމިޔާބްކަމާއެކު ނިންމާލެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މަރުހަބާ ވިދާޅުވެ މީސް މީޑިއާގައި ފޮޓޯތައް ވެސް ހިއްސާކުރައްވާފަ އެވެ.

ދާދިފަހުން އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ހިތުގެ އޮޕަރޭޝަނަށް ހާއްސަ ކެތްލެބާއި، ތިއޭޓަރ ކޮމްޕެލްކްސް ރޭ ހުޅުވާފައިވާއިރު ސެންޓަރަކީ ހަމައެކަނި ކެތްލެބެއް ހިމެނޭ ތަނެއް ނޫނެވެ. މިތަނުގައި އޯޕެން ހާޓް ސާރޖަރީ ހަދާ ތިއޭޓަރެއް ވެސް ހިމެނެއެވެ. އަދި ފަސް އެނދުގެ ކާޑިއެކް ކެއާރ ޔުނިޓެއް ވެސް ހިމެނެއެވެ.

މި ސެންޓަރުގައި ބަހައްޓާފައި ވަނީ ޖަރުމަނުގެ ސީމަންސް ކުންފުނިން އުފައްދާފައިވާ ކެތްލެބެކެވެ. މި ކެތްލެބަކީ ކުޑަކުދިންނަށް ހިދުމަތްދެވޭއިރު، ނިއުރޯއަށް ހާއްސަ ތަނެއްވެސް ގާއިމްކޮށްފައިވެއެވެ. އެހެންވީމާ ނިއުރޯއެންޖިއޯ ގްރަފީވެސް މި ކެތްލެބުން ހެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހަރެން

    މަރުހަބާ....އޭޑީކޭ..

  2. އަމީނާ

    ރައީސް ޔާމީންގެ ރިޔާސީ އެއް ވަޢުދަކީ ބޮޑަތި ބަލިތަކަށް ރއްޖޭގައި ތިބެގެން ފަރުވާ ހޯދޭގޮތް ހަމަޖައްސައިދިނުން! ޓްރީޓޮޕް ، އައިޖީއެމްއެޗް، އޭޑީކޭ ފަދަ ތަންތަނުން މިހާރު އެދަނީ އެޚިދުމަތްތައް ލިބެމުން! އަންިނިގެ ވެރިކަން ނިމުނުއިރު ބޭސްމަލަންކޮޅެއްވެސް ލިބެންނެތް ޞިއްޙީމަރުކަޒްތަކަށް މިއަދު ޒިޔާރަތްކޮށްލުމުން ފެންނަނީ އުފާވެރިކަން! ހުރިހާ ކަމެއް ކުރުމުއްދަތެއްގައި ފުރިހަމަނުވިޔަސް ވަރަށް ގިނަ ބޮޑަތި ޞިއްޙީ ޚިދުމަތްތައް އެދަނީ މިއަދު ލިބެމުން! ގްރައުންޑްވެފައޮތް އެމްބިޔުލާންސެއް މިއަދު ނުފެނޭ! މިއީ ދެބަސްވެވޭންނެތް ޙަޤީޤަތް!

  3. ނޫސްގަނޑު

    ކޮން ގުނަވަނެއްގެ އޮޕަރޭޝަނެއް ކަން ލިޔެލި ނަމަ ފުރިހަމަ ވީސް..

  4. އަބްދުއްލާ

    އަމީނާ ތިޔަ ވިދާޅުވީ ރަނގަޅަށް އަންގިއެއް ހުންބަލާކަށިގަނޑެއް މަލަންކޮޅެން ނުލިބޭ ހިސާބަށް ސިއްހީހިދުމަތް ދަށަށް ދިޔަ ވެރިކަމަށް ނާދެވިގެން ތެޅިފޮޅިގެންދާއިރު ގައުމު ނަސީދުއާ ހަވާލެއްނުކުރެވޭނެ.

  5. Anonymous

    މަރުހަބާ!