ނޯޓް ކޮސްމެޓިކްސް އިން ޒުވާނުންނަށް ކޮސްމެޓިކްސް އިންޑަސްޓްރިއިން ކުރިއަށްދާނެ ފުރުސަތުތަކެއް ހުޅުވާލުމުގެ ގޮތުން ޚާއްސަ ކޯހެއް ބާއްވައިފިއެވެ.

މި ޓްރެއިނިންގ ކޯސް ކުރިއަށް ގެންދިޔައިރު، މި ސެޝަންގައި 24 ޒުވާނުން ބައިވެރިވިއެވެ. މި ޒުވާނުންކަީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ބައިވެރިވި ޒުވާނުންނެވެ. މި ޓެރެއިންގ ކޯސްއަށް 16 ރަށަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

"އެސެންޝިއަލްސް އޮފް ކޮސްމެޓިކްސް އިންޑަސްޓްރީ"ގެ ނަމުގައި އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޮސްމެޓިކްސް އިންޑަސްޓްރީގެ ކޯސް ޕްރޮގްރާމްގައި ކިޔަވާދީފައި ވަނީ ތުރުކީގެ ނޯޓްގެ ޕްރޮފެޝަނަލް ޓްރެއިނަރއެކެވެ.

މި ޕްރޮގްރާމްގައި ކޮސްމެޓިކްސް އިންޑަސްޓްރީގެ ތިއަރީ، ކޮންސެޕްޓް އަދި ކޮސްމެޓިކްސްގެ ކެމިކަލް ލެވެލްއާއި ގުޅޭގޮތުންވެސް ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް ދީފައި ވެއެވެ. އަދި ބައިވެރިވި ހުރިހާ ޒުވާނުންނަށް ޕްރެކްޓިކަލް ސެޝަންއެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ.

މިއީ ނޯޓް ކޮސްމެޓިކްސް އާއި ނިއު އެޑިޝަންއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި ޒުވާނުންނަށް ޚާއްސަ ކޮއްފައިވާ ކޯހަކީ ބައިވެރިންނަށް މުޅިން ހިލޭ ބާއްވާފައިވާ ޓްރެއިނިންގ ކޯހެކެވެ. ޔޫތު މިނިސްޓްރީއާއި ގުޅިގެން އިތުރު ފަސް ޒުވާނަކަށް މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ދީފައި ވެއެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ސައުޝާން ވިދާޅުވީ މިކަހަލަ ފުރުސަތު ހޯދާ ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއު އަދި ކުރިޔަށް އޮތް މުސްތަޤްބަލުގައިވެސް ޒުވާނުންނަށް މިފަދަ ފުރުސަތުތަކަށް މަގުފައިކޮށްްދިނުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ނޯޓުގެ ފަރާތުން ރާއްޖެވަޑައިން ހުންނެވި ޓްރެއިނާރއަށް އަދި ނިއު އެޑިޝަން އަށް މިނިސްޓްރީން ޝުކުރު އަދާކޮށްފައިވެއެވެ.

ނިއު އެޑިޝަންގެ ސީއެމްއޯ އިސްމާއިލް އަޒްމީ ވިދާޅުވީ، ނިއު އެޑިޝަން އާއި ނޯޓު ގުޅިގެން ވަރަށް އަވަސް މުސްތަގުބަލެއްގައު މޭކަޕް ފަންޑަމެންޓަލް ކޯހެއް ނޯޓް ކޮސްމެޓިކްސް އާއި ގުޅިގެން ބޭރުގެ މަޝްހޫރު މޭކަޕް އާޓިސްޓެއް ރާއްޖެ ގެނެސްގެން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ކޯހަކީ ޒުވާނުންނަށް ހިލޭ ބައިވެރިވެވޭނެ ކޯހެއްކަމަށް އަޒްމީ ވިދާޅުވިއެވެ.

މި ކޯސް އޮންނާނެ ތާރީހެއް އިއުލާނުކޮށް، ޒުވާނުންނަށް މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއު އެޑިޝަންއަކީ ނޯޓު ކޮސްމެޓިކްސްގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރއެވެ. އަދި އެކްސްކްލޫސިވް ޕާޓްނަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޔާ

    އަހަރެންވެސް ބޭނުން ބައިވެރިވާން! ވަގުތު ކަހަލަ ތަނެއްގަ ޖަހާލައްޗޭ ދެން އަންނަ ކޯހައް އިއުލާނުކޮއްފަ.. ވަރަށް އުފާވެ ތިކަހަލަ ފުރުސަތު ދޭތީ. ނޯޓު ވަރަށް ސަޅީ މަވެސް ބޭނުންކުރަން އަބަދުވެސް

    10
    2
  2. ސަނީ

    އައި ވާންޓް ނޯޓް ގާލް އަކަށް ވާން

    4
    2
    • ނޯޓް ފައުންޑަރ

      ނޯޓް ފޮތެއް ގެނެގެން ކިޔަވާބަލަ އިހަށް

  3. ރެޑް

    ހާދަ ރީއްޗޭ މަވެސް މޭކަޕު ކުރަން ދަސްކުރަންވީ

    5
    1