ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ “ލޮޓަސް” ބްރޭންޑްގެ ނޫކުލަ އާއި ފެހިކުލައިގެ ބައިސްކަލަކާއި “ސިޓީ ނައިޓް” ބްރޭންޑްގެ ކަޅުކުލައިގެ ބައިސްކަލެއްގެ ވެރިން ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްވާ ހަބަރެއްގައި ބުނެފައި ވަނީ، މި ދެ ބައިސްކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރުގައި އޮތް ބޯޓަކަށް އަރުވާފައި ހުއްޓައި ޖޫން 25 ވަނަ ދުވަހު ކަމަށެވެ.

ވީމާ، މި ދެ ބައިސްކަލުގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، ބައިސްކަލާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު