މިޑް ޓާމް ބަންދަންފަހު މާދަމާ ކިޔެވުން ފެށޭއިރު މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން އެ ސްކޫލުގެ އައު އިމާރާތުގައިވެސް ކިޔެވުން ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދު ވިދާޅުވީ މިޑް ޓާމް ބަންދަންފަހު ކިޔެވުން ފެށޭއިރު މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން އެ ސްކޫލުގެ އައު އިމާރާތުގައިވެސް ކިޔެވުން ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން 12 ކުލާސްރޫމާއި ލައިބްރަރީއަކާއި ސްޓާފްރޫމެއް ހިމެނޭ މި އިމާރާތުގެ ކިޔެވުން ފަށާއިރު އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރިތަކެއްވެސް ވަނީ ނިމިފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

1999 ވަނަ އަހަރު ކިޔެވުން ފެށި މި ސްކޫލުގައި މިހާރު ޕްރީ ސްކޫލްކުދިން އިން ފެށިގެން ގުރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެއެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށްގެންދާ ސެން ކުލާސްތައްވެސް ނަގައިދެއެވެ.

ރާއްޖޭގެ ސްކޫލްތައް ރަނގަޅު ފެންވަރަކަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް ސްކޫލްތައް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި ޑިޖިޓަލައިޒް ކުރުމާއި ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ހުރިހާ ކުދިންނަށް ޓެބްލެޓްއާއިއެކު ކިޔެވޭނެގޮތް ފަހިކުރުމަށް ސަރުކާރުންވަނީ ނިންމަވާފައި އެވެ.

އަދި މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން ތައުލީމީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު ގިނަ އިތުރު ހަރަކާތްތަކެއްވެސް ކުދިންގެ މެދުގައި ކުރިއަށް ގެންދާކަން ފާހަގަވެއެވެ.

ކިޔުންތެރިންގެ ހިޔާލު