މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގައި ދައްކުވައި ދެއްވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި އެމަނިކުފާނު ތަފާތު ކަންކަމަށް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އިން ޔާމީންގެ ސާބިތުކަމަށް ތައުރީފް ކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ތަންތަނަށް ގެންދިއުމުން ތިއްބެވީ ހަނު ކަމަށެވެ. އަދުރޭ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަނު ހުންނެވި ކަމަށް ވިދާޅުވެ އެވެ.

ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން މައުމޫން ހައްޔަރުކޮށް ސުވާލު ކުރުމުން އެމަނިކުފާނު އިހްތިޔާރު ކުރެއްވީ ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ޔާމީންގެ ވަކީލުން ކޯޓުގައި ތިއްބަވަނިކޮށް، ތެދުވެވަޑައިގެން އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވުމުން ގެންދެވި މަންޒަރުން އޔާމީނަކީ ދިވެހިން ބޭނުންވާ ކަހަލަ ލީޑަރެއް ކަން ހާމަވި ކަމަށެވެ.

"މިއަދުގެ ޝަރީއަތުން ވެސް މި އެނގުނުކަމަކީ ރައީސް ޔާމީންގެ ސާބިތުކަން. މީގެ ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކޯޓަށް ހާޒިރު ކުރުމުން ތިއްބެވީ ހަނު. ނަމަވެސް މިއަދު ރައީސް ޔާމީން ކޯޓަށް ވަޑައިގެން އެމަނިކުފާނުގެ ވަކީލުން ވެސް ތިއްބަވަނިކޮށް ސީދާ އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވާން ވާހަކަ ދެއްކެވީ. އެއީ އަޅުގަނޑުމެން ބޭނުންވާ ލީޑަރުންނަކީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިއަދު ވަނީ އިދިކޮޅު ފަރާތްތަކުން އެއްވުމަށް ތައްޔާރުވަމުންދާ ކަން ވެސް ހާމަކުރައްވާފައެވެ. ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގެން، ހަގީގަތް ހާމަކޮށްދިނުމުން ރައްޔިތުންނަށް އާ ރޫހެއް ލިބިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޔާމީން ދެއްކެވި ސާބިތު ހެކި، ރައްޔިތުން ބަލައިގަންނަ އެއްޗަކަށްވެއްޖެ. އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ އެކިއެކި ޕްރެޝަރުތަކާ އަޅުގަނޑުމެންނަށް ކުރިމަތިވޭ. ޕީޕީއެމް އާއި ޕީއެންސީ އޮތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް،" އަދުރޭ ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އިންތިދާޢީ އަޑުއެހުންތައް ނިންމާލުމަށް ފަހު މިއަދު ވަނީ އެމައްސަލައިގެ ޝަރީޢަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރަދުން

    800 މިލިޔަން ޑޮލަރުގެ މައްސަލަ އަށް ވުރެ ޖޯކު މައްސަލައެއް. ނިމިގެން ދާނީ ދައުލަތުގެ ވަކީލުން ލަދު ގަންނަވާފައި. މި މައްސަލަ ނިމިގެން ދާނީ ރައީސް ޔާމީން ގެ މަގްބޫލްކަން ބޮޑުތަނުން އިތުރު ވެގެން.

    93
    9
    • ކިނބޫ

      ހަނު ތިބީ އެކަނިތަ؟ ކޯޓު ކުރިމައްޗަށް ވެއްޓިގަނެ އިދިފުށަށް ދަމާ އަނގައިން ފޮނު އަރުވާވެސް ހެދިއެއްނު ވައްކަން ސާބިތުވެފަ ހުރި ބޮޑު ވަގަކު

      11
  2. ކުޑަހުސެން

    ތީ ޖަމީލާ އުމަރާ އަޑީގަ ތިބެގެން އަދުރޭ ލައްވާ އަނބުރާ ގޭސްގަނޑެއް! ބޭނުމަކީ ރައީސް ޔާމީން ޖަލައްލުމަށްފަހު ޕީޕީއެމް ދަމައިގަތުން!

    16
    55
  3. ކެޔޮޅު

    ދޮގުހެކި އުފަންކޮއްގެން ހެކި ހަދައިގެން ކާމިޔާބުވުމަކީ ދުނުކަމެއް ނަސްރުލިބޭނީ ހައްޤައް ރައީސް ނަސީދުމެނައް ތެދެއް ހެދުމަކީ ވަރައްވެސް އުނދަގޫ ކަމެއް!

    78
    5
  4. އަދުރޭ

    އެހެން ރައީސުންނާ ޚިލާފަށް ޔާމީނު މަހެން ވައްކަން ކުރި. މިކޮމެންޓް ޖަހަން ކެރޭނެބާ؟

    8
    57
    • އަމީރު މަގު ވަގު

      ތިއޮތީ ޖަހާފަ. ވައްކަން ސާބިތުވެ، ޓެރަރިޒަމް ސާބިތުވެފަ ހުރި ވަގު ޓެރަރިސްޓަކުވެސް އެބައުޅޭ ރައީސްކަން ކުރި މީހުން ތެރޭ. ކެރޭނެތަ މި ކިޔާލަން. ޕްލީޒް ހަޖަމް.

  5. ދުލާބާއި

    އެކައުންޱައްވަގު ފައިސާ ޖަމާކުރިފަރާތް ކުއްވެރިނުވެފާ އެކައުންޱުގެ ވެރިފަރާތް ކުއްވެރިވުމީ އަރތެއްދޯ؟

    63
    7
    • އޭނާރކީ

      އެކައުންޓުގެ ވެރިފަރާތައް ނޭނގި އެކުންޓަށް ފައިސާ ޖަމާވުން އެއީ މާ ބޮޑު ޖޯކެއް.

      4
      21
      • ކެކެކެ

        މާތްކަލާނގެއާ ވަކީލު. ކަލޭ ފެންވަރު މީހުން ކޮމެންޓް ކޮށް އުޅޭތީ މަށެއްނު މި ޖެހުނީ ލަދުގަންނަން. ބޭންކް އެކައުންޓޭ ކިޔާއުޅެނީ ގަހެއްގަ އަޅާ މޭވާއަކަށް. އޭގެ މޭވައެއް ނުދެކެން ދޯ ދުވަހަކުވެސް.

  6. ޙާލުގެ ދުލުން

    يارب العالمين ކެހިވެރިންގެ މަކަރުވެރި ލޯތަކުން ސަލާމަތްކޮށް އެމަނިކުފާނަށް ސާބިތުކަން ދެއްވާށި.آمين

    84
    6
  7. އައްލާ ބެެއްޔާ

    މިއަދު މިފެނުނީ އަސްލު ގަޓުހުރި ރައިސް މިކަހަލަ ރައީސުން މިގައުމައް ބޭނުން ވަނީ މިއަދު ރައިސް ޔާމީން ގައުމައް ދައްކަވާ ދެއްވައިފި އެމަނިކުފަނުގެ ގާބިލް ކަމާ ތެދުވެރިކަން. ސާބަސް ރައިސް ޔާމީން

    87
    9
  8. ޅަކީ

    ހެހެ ތައުރީފްނުކޮށް އަދުރޭމެން ކުރާނެ ކަމެއް ނޯންނާނެ
    ސަބަބަކީ ކިހިނެއްތޯ އަށްމިލިޔަން ރުފިޔާދީފަ ރެހެހެންދި
    ދެފުލެޓް ގަންނާނީ ވިދާޅުވެ ދެއްވާ ..އަސްލު އެއީވެސް
    ޔާމީނަށް ހެޔޮއެދިގެން ކުރާކަމެއްނޫން

    9
    29
  9. ލކފޖފހ

    މިއީ ހަމަ އިންޑިޔާއިން ވެރިކަމަށް ގެނެސްތިބި ބަޔަކު އިންޑިޔާގެ ބަދަލު ހިފުމަށް އެހީތެރިވެދިނުމަށް ހިންގާ ޖަރީމާއެއް. އިދިކޮޅު ފަރާތްތަކުން މިކަމުގައި އަޑުގަދަ ކުރަންފަށަންވީ. ސޯޝަލް މީޑިޔާއާއި، ޓީވީއާޢި، ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން، ރަށު ފެންވަރުގައި މަގުތަކަށް ނުކުމެ ކޮންމެ ދުވަހަކު، މިހިންގާ ޖަރީމާއާ ދެކޮޅު ހަދަންފަށަންވީ. މިގައުމުގެ ޝަރަފު ގެއްލުވާލުމަށް އިންޑިޔާއާއި، އިސްލާމީ ގައުމުތަކުގެ އަދުއްވުން ހިންގާ ޖަރީމާއަކީ، ވެރިކަން ކުރާ ކޮންމެ މީހަކު މެރުމުގެ ނުވަތަ ޖަލުގައި ތެޅުވުމުގެ ނުބައިނުލަފާ ބަދަލުހިފުމުގެ ގޮތްގަނޑު.

    16
  10. ސާ

    ތަފާތަކީ އަދުރޭ ހުރިހާ އެއްޗެއް ޔާމީނައްދީ ދޮން ބަފާކަން ވެސް ދީ ދެ ބޮފާއިން ވެގެން ގައުމުގެ ހަޒާނާ ބަޑުއެޅުން

    2
    17
    • ދދދދދދ

      މިތާ ކޮމެންޓް ކުރާ މީހުން ނުދަންނަ ބަހުރުވައަކުން ބޮފާބޮފާ ކިޔާފަ ލިޔާނެ ކަމެއް ނެތް. ތިކިޔާ އެއްޗެއް އެނގޭ މީހަކު މިތާ ނެތް.

      • ގުުއި ރޮދި

        ސާބަހޭ ދދދދދ.
        ތިބުނީ ވަރަށް ބޮޑު ތެދެއް.

  11. މަހުފޫޒު

    މިގައުމަށް ފަޚުވެރިކަމާއެކު ދެމިއޮތުމުގެ ޙައްޤާއި ރައްޔިތުން މަތިހަށިނަގައިގެން އަމިއްލަފައިމަތީ ބަކަކު ދޭއެއްޗަކަށް ބޮރޯސާނުވެ ދިރިއުޅުމުގެ ހެއުވިސްނުން ވިސްނައިދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނު

    19
  12. ޒުހާ

    އަޅުގަނޑަށް ފެންނަނީ ރައީސް ލޯޔަރަކަށް ވުމަށް ވަރަށް ފުރިހަމައަށް ވާހަކަ ދައްކަވާ ސީދާ ސާދާކޮށް ވަރަށް ޝުއުވެރިވޭ ވާހަކަ ދައްކަވާއިރު އަޑުއަހަން އަދި ބަލާލަންވެސް

    13
  13. ޜަވީ

    ހަނުހުރީ ކޯޓަކުނޫން. ކޯޓުގައި މައުމޫނުވެސް ނަޝީދުވެސް ވާހަކަ ދެއްކި. ހަނު ތިބީ ފުލުސްއޮފީހުގެ ތަހުގީގުގައި. އަދުރޭގެ ހޭބަލިކަން ހާދަބޮޑޭ ދޯ.

    1
    2