މާރާމާރީއެއްގެ ތެރޭގައި މީހެއްގެ ކަންފަތްމަތީގައި ޖެހި ދިވެއްސަކު 7200ރ (ހަތްހާސް ދުއިސައްތަ ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުލަތުން އުފުލި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވެ، 7200ރ (ހަތްހާސް ދުއިސައްތަ ރުފިޔާ) އިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޅ.ނައިފަރު އާބާދީ އަޙްމަދު ޖަބީން ޢަބްދުﷲގެ މައްޗަށެވެ.

އަޙްމަދު ޖަބީންގެ މައްޗަށް ދައުލަތުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2016 އެޕްރީލް 08 ވަނަ ދުވަހުގެ ރޭ ލ.މުންޑޫ ހީނާވިލާ ޢަލީ މުއުމިނުގެ ކަންފަތްމަތީގައި ޖަހާފައިވާ މައްސަލައިގައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގާ ޒުވާބުތައް ހޫނުވެ، އެކަކު އަނެކަކު ގަޔަށް އަތްލާ ހިސާބަށް މައްސަލަތައް ހޫނުވެފައި އެބަހުއްޓެވެ. މިއީ ކުދި ކަންކަން ކަމަށް ހީކޮށް މިފަދަ ކަންކަމަށް އަޅާ ނުލާ ހުރެވިގެން ނުވާނެއެވެ. އެކަކު އަނެކަމާ ހިނގާ ދެބަސްވުމެއްގެ ތެރެއިން އެއްވެސް މީހަކު އަނެކަކުގެ ގަޔަށް އަތްލައި އަބުރަށް އަރައިގަތުމަކީ އިސްލާމީ ދިވެހި މުޖުތަމައު ބަލައިގަންނާނެ އާދަތަކެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާރިސް

    ނިހާން ރޮޒޭނާގެ މޫނަށް ކުޅުޖެހި މައްސަލައިގެ ހުކުމެއް ނެތްތަ؟