އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެއްދި ކޯޅުން ބޮޑުވަމުންދާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ، ޕީޕީއެމް އިން ބުނެފިއެވެ.

ދިގު މެދުކެނޑުމަކަށްފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވެރިކަމުގައި ހުރެގެން މިގައުމުގެ ކަންކަން އިސްލާހް ނުކުރެވޭނޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވުމާއި ގުޅިގެން " ވަގުތު " އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި މިހާރު ވަނީ ކޯޅުންތަށް އުފެދެން ފަށާފައި ކަމަށާއި އެކަކު ދައްކާ ވާހަކަ އަކާއި އަނެކަކު ދައްކާ ވާހަކަ ދިމާ ނުވާކަމަށެވެ.

" އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިއްޖެ. އެއީ ޑީއާރުޕީ ފެކްޝަނާއި ނަޝީދު ފެކްޝަން. ރިޔާސީ ޓިކެޓް ހޯދުމަށް މި ދެ ފެކްޝަނުން ވެސް ދަނީ މައްސަކަތް ކުރަމުން" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިދިކޮޅުން އެބުނާ އިސްލާހު ކުރުމަކީ އެބޭފުޅުން ވެރިކަމަށް އައުން ކަމަށާއި ރައީސް ޔާމީން ވަނީ މިގައުމަށް އިސްލާހީ ބޮޑެތި ތަރައްގީ ގެނައުމަށް ބޮޑެތި ގުރުބާނީ ތަކެއް ވެވަޑައިގެންފައި ކަމަށެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން ހާމަކޮށްފައިވާއިރު މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮގުދޫތައް

    އިން ޔުއަރ ޑްރީމްސް!!!! އެ ޕީޕީއެއް ނޫނޭ... ތިޔަ ހެން ހުވަފެން ބަލާލަ ބަލާލަ ދޮގު ފިތުނަ ފަތުރަ ފަތުރާ ތިބެން ޖެހޭނި..އިންތިހާބު ނިމެންދެންވެސް

  2. ޙުސައިން މ. މުލި

    ތިވާނީ ދޮގަކަށް

  3. މަރުމޯލު

    ފަނިހެދިޔަސް ތިޔަ ކަމެއް ނުވާނެ. ތިޔަހެން ޖަހާ މަޅިތަކަށް އެމް.ޑީ.ޕީ އެއް ގުޑުވައެއް ނުލެވޭނެ.

  4. ޖައްސާތި

    ހަތްހާސް ފްލެޓްސް ތަކުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަވަހަށް މި ފްލެޓްސް ތައް އިމާރާތް ކުރާ ތަނަށް މިނިސްޓަރުންގެ ބޮޑު ފަތިވަރެއް ގޮސް މީޑިއާ އިވެންޓެއް ޖައްސަންވީއޭ އޭގެ ފަހުން ނައިބް ރައީސް ގޮސް ބޮޑު އިވެންޓެއް ޖައްސަންވީއޭ އާންމުންގެ ފޯކަސް މި 7 ހާސް ފްލެޓާއި ދިމާލަށް ޑައިވާރޓް ކުރަންވީއޭ އެއީއޭ ދެން ކުރަންވީ ކަމަކީ. މަމެން އުއްމީދު ކުރަމޭ މަމެން ޕިންކީންގެ ސަރުކާރުން މިކަން ކަން ރަނގަޅަށް ލާރޖް ކޮށް ޖައްސާނެ ކަމަށް. ދެން ވެލިދޫ ދާއިރާގެ މެމްބަރު ނުޖެހޭނެއޭ ސަރުކާރުން ކުރާ މަސައްކަތް ޕްރޮމޯޓް ކުރަން ދާން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ހުރެ. އެކަން ކުރާނީ ސަރުކާރުން ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނޭ އެއިރުންނޭ އެކަން ވައިގައި ހިފާނީ އެއީއޭ އެނިޒާމް މަސައްކަތް ކުރާ ގޮތަކީ. އެމްޕީން ގެ ކަމަކީ އެއީ ސިޔާސީ ގޮތުން ސަރުކާރު ދިފާއު ކުރުމޭ އެގޮތުން މަޖްލީސް ތެރޭން ހަދަން ޖެހޭ ވަރަށް ގިނަ ގާނޫނު ތައް އެބަހުއްޓޭ ދައުލަތަށް އާމްދަނީ ހޯދަން ޖެހޭ ނެހެދި. އެމްޕީން ކުރަންވީ ކަމަކީ އެއީއޭ.

  5. ތާންބެ

    ޓްރޫ އެމްޑީޕިއަންސް ވިލް ނެވާ ސަޕޯރޓް މައުމޫން & ގާސިމް