އއ.ރަސްދޫގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަ ފިރިހެން ކުއްޖާ އެރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ނިދާފައި އޮއްވާ ރޭ ފަތިހު ފެނިއްޖެއެވެ.
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ގެއްލިގެން ރަށު ރައްޔިތުންނާއި ފުލުހުން އަދި ކައުންސިލަރުން ނިކުމެ އޭނާ ހޯދަން ފެށީ އިޝާ ނަމާދަށް ދިއުމަށް ގެއިން ނިކުތް ގޮތައް އެނބުރި ގެއަށް ނައުމުންނެވެ. އޭނާ ފެނުނީ އެ ރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ނިދާފައި އޮއްވާ ރޭ ފަތިހު 04:45 ކަންހާއިރުއެވެ.
ރަށު ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވިދާޅުވީ އެ ކުއްޖާ ފެނުނު އިރު ކުއްޖާގެ ހާލު ރަނގަޅެވެ.
މައުލޫމާތު ލިބިފައި އިޝާ ނަމާދަށް ދާން ގެއިން ނިކުތް ގޮތައް އެނބުރި ގެއަށް ނައިސް އެނާ ދޯންޏަކަށް އަރައި ނިދީ ފިލާވަޅު ދަސް ކުރުމާއި ނަމާދަށް ދިއުމަށް ބާރުއެޅުންފަދަ ކަންކަން އާއިލާއިން ކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.
ކުއްޖާ ގެއްލުނު ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.
ހެހެހެ.. އޭ ފެހޭ ކޫދަށް!
އެންމެ ތުއްތު އިރު އަގީދާ ވަރުގަދަ ނުކުރުމުގެ ސަބަބުން މި ފަދަ ހާދިސާ ދިމާވުން އެކަށީގެންވޭ.
ތީ ގެސްޓްހައުސްތަށް އިތުރުވުމުން މުޖުތަމައުއައް އަންނަމުންދާ ނޭދެވޭ އަސަރު ކަމަށް ފެނޭ.
ފިލާވަޅު ދަސް ކުރުމާއި ނަމާދަށް ދިއުމަށް ބާރުއެޅުންފަދަ ކަންކަން އާއިލާއިން ކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ. ޖެންޑަ މިނިސްޓްރީން އަވަހަށް ދާންވީނު އެރަށް މައިން ބަފައިން ކައިރިން ކުއްޖާ ނަގަން މިއޮތީ ކަމެއް ނޫ ލިބިފައި
ތި ކުއްޖާގެ ގޭމީހުންގެ ރަގަނޅު ކަމުން ކުއްޖާ ގެއަށް ދާން ބޭނުން ނުވީ. ތި ރަށުގަ އާންމު ކަމެއް ކުދިންނަށް އަނިޔާ ކުރުން އެއީ. އަދި އޮފީސް ތަކުގަ ތިބޭ މީހުންނަކީ ހަމަ އެންމެ ގާބިލް މީހުން ހަމަ.... ވަރަށް މޮޅުވާނެ އެވަރުގެ ބަޔަކު ރާއްޖޭގަވެސް ނުތިބޭނެ. ވަރަށް ތެދުވެރިވެސް ވާނެ ، މީހުންގެ ދިރިއުޅުން ހަލާކު ކުރާނެ ތިރަށު ހުރިހާއެންމެން ވެގެން.
ރަސްދޫގަ އުޅޭނީ ހުސް ރަގަނޅު ސޯލިހް މީހުން ހިތުން...އެއަށްވުރެއް ނުބައި ބަޔަކު ނޫޅޭނެ.
ރަސްދޫއިން އިންނާނެ މީހަކު ނުލިބުން އެއީ ރަސްދޫ ރައްޔިތުންގެ ކުށެއްނޫން (ތެދު)
"ތެދު" އަށް ވަރަށް ސަލާމް، މާއިނގެނީ ދޯ، ރަސްދޫ މީ މުޅި ދިވެހިރާއްޖޭންވެސް ފާހަގަކޮށްލެވޭ ރަށެއް، އެހެން ވީމާދޯ، ބަންދެއްވާއިރަށް ރަށަށް މީހުންއަރާ ފުރިފާ މިއޮންނަނީ، ހިޔޮކޮށްވިއްޔާ "ތެދު" ވެސް އޮންނާނީ މިރަށަށްއައިސް މިރަށުގެ މީހުންގެ ރަގަޅުކަން އެނގިފާ، އަދި "ތެދު" އަށް ބުނެލަންއޮތީ ދޮގުވާހަކަ ލިޔުމަކީ ކުރެވޭ ވަރަށްބޮޑު ފާފައެކޭ... ވަރަށް ސަލާމް
"ތެދު" ތި ރަށުގައި ގެސްޓްހައުސްއެއްވެސް ނެތީމާދޯ ޖޭވެގެން ތި އުޅެނީ، މިކަމަކާ ގެސްޓްހައުސް އާ އޮތީ ކޮންގުޅުމެށް،
ވަގުތު އިން މި ސްޓޭޓަސް ގައި ލިޔެފައި އެވަނީ އަސްލަ އެކަން ހިންގަން މެދުވެރި ވި ސަބަބު، ވަގުތު އަށް ސާބަސް، ތެދު އަށް ވަރަށް ސަލާމް
ޕަބުޖީ ކުޅެން ދިންނަމަ އެސޮރު ހެވިފަ ފަތިސް ވިޔަސް ހިތައް ކަހަރުވަކެއްގެ މަތިގަނޑޭ ވެސް ނާރރާނެ
އަހަރެން ރަސްދޫ އަށް ފެމިލީ އާއި އެކީގަގޮސް އުޅުނު އިރު ފެނިފަ ހުރި ކަމެއް ވީމަ މިބުނީ.
ގެސްޓް ހައުސްގެ ވާހަކަ ވެސް ބުނެފަ އޮތީމަ ބުނެލާނަން އިނގޭ، ސްކޫލްގެ ކުދިންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ފެނި ކަންތައް ވުންތަ ރަނގަޅީ.؟ އަހަރެންނަށް ނުފެނި ހުރިކަމެއްނަމަ އެއްވެސް އެއްޗެއް ނުބުނެ ހުރެވިދާނެ.
އަހަރެން މީހަކާ ޒުވާބުކޮށް ހަދަން ބުނި އެއްޗެއް ނޫން މީ.......