އެން ހިފަން މޫދަށް ފޭބި މަސްވެރިއެއްގެ ފަޔަށް ތޮޅިއެއް ހެރިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ރޭ ފަތިހު 04:30 ހާއިރު ކ.ވައްބިންފަހު ކައިރި ފަރަކަށް އެން ހިފަން މޫދަށް ފޭބި 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ފަޔަށް ތޮޅިއެއް ހެރި ޒަހަމްވުމާއި ގުޅިގެން މެރިން ޕޮލިސްގެ އެހީތެރިކަމާއި އެކު އޭނާ މާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

ބަލި މީހާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ތޮޅިއެއް ހެރުމުން ޒަހަމްވެފައި ވަނީ ކޮން ރަށެއްގެ މީހެއް ކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިވެސްޚަބަރެއް

    މީހެއްގެބޮލަށް އުޑު ވެއްޓިއްޖެ. ކާކުގެ ބޮލަށް ކޮންއުޑެއް ވެއްޓުނީކަން ހާމަކޮށްދެވޭކަށްނެތް.

  2. އަދާލަތު

    އަނިޔާލިބުނު އަޚަށް އަވަސް ޝިފާއެއް ދެއްވާށި.