މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 862،589 ފަތުރުވެރިން އައި ކަމަށެވެ.

މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހުގެ ތެރޭގައި އެކަނިވެސް 113،456 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ލިސްޓުގައި 140،265 ފަތުރުވެރިންނާއެކު އެއް ވަނައިގައި ޗައިނާ އޮތް އިރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ތެރެއިން ދެވަނަ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ.
ތިން ވަނައިގައި އޮތީ އިޓަލީ އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީީ ޖަރުމަން އަދި އިނގިރޭސިވިލާތެވެ.

"ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފަ. ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް ވާއިރު، މިދިޔަ އަހަރު ނިމުނު އިރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއަދު

    ތިއީ މިސަރުކާރުން ޑިގުޖަހަން ވވ މޮޅުކަމެއް ނަމަނަމަ ނޭންގިގެންވެސް ނުބުނާތި މިއީ ރައިސްޔާމިނު މިގައުމަށް ގެނަސްދިން ތައްގީން އެއާރޕޯޓު ބޮޑުކޮށްދިނުމުންލިބުނުކުރިއެރުމެކޭ ދުނިޔޭގެ އެތަންމިތާންގައި އުދުހޭ އެއްމެބޮޑެތި ބޯއްޓުތައް ޖެއްސޭގޮތަށް ރަންވޭ އެތައްތަނަކުން ބޮޑުކޮށްދިނުމުން ލިބުނު ކުރިއެރުމެކޭ ނަމަނަމަ ނުބުނާތި ތިމަގެ ޑިގުޖެހޭތޯބަލާ

  2. މިއަދު

    ރައިސްޔާމީނުގެ ހިއްމަތާއި މިންނަތުންއެއާޕޯޓަށްގެނަސްދިން ތަރައްގީން ރާއްޖެއަންނަ ފަތުރުވެރިން އެތައް ތަނަކުން އިތުރުވީ ރާއްޖެއަށްވަންނަ ޑޮލަރުގިނަވީ ރާއްޖޭގެ އިގުތިސާދު ދަށްވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހުއްޓުނީ ރާއްޖޭގެ ރިޒާޢު ދަށްވީ ރައްޖޭގައި ކޮރަޕްޝަންގެ ރޭޓު ދަށްވީ މިވަނީކިހިނެއް ؟؟؟؟؟؟؟؟؟؟؟؟

  3. ފ

    މީދެންކާކުތަ

  4. ބެއްޔާ

    ދެން ގޮވާބަލަ ރާއްޖެއަށް ފަތުރުވެރިން ނާންނަށް