ބޮލީވުޑްގެ ފިލްމް އެވޯޑް ދިނުމުގެ ހަފްލާއެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އިންޑާއާގެ އެވޯޑް ހަފުލާތައް ވެސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި އެފަދަ އެވޯޑް ޝޯވއެއް ބޭއްވިގެން ދިޔުމުން ރާއްޖެއަށް ގިނަ އަދަދެއްގެ އިންޑިއާގެ ފިލްމީ ތަރިން ޒިޔާރަތްކުރާނެ ކަމަށާއި، އެއާއެކު ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދޭތެރެއިން ޝާޙް ރާއްޖެއަށް އައުމުން ވަރަށް ގިނަ މީހުން އަޅުގަނޑަށް މެސެޖް ކުރި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެކްސްޕެކްޓޭޝަން ހުރި ގޮތް އެގިގެންދިޔަ، އެވޯޑް ޝޯވްއެއް ރާެއްޖޭގައި ބޭއްވިގެން ދިޔައީމަ ބައިވަރު ފިލްމީ ތަރިން ގެނެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރއަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތުދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަބުދުﷲ

    ތީރަގަލު ތަނެއް ސޯލިހު ދާން

    11
    1
  2. ރާއްޖެ މީހާ

    ތީނަ ގެ ކޮރަޕްޝަން ގެ މައްސަލަ އޮތީ ކޮންގޮތަކަށް.