14 މީހުންނާއެކު ވ. ވައްޓަރު ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް ދިޔަވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:50 ހާއިރު ރިޕޯޓް ކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ބޯޓު ދަތުރުކުރަމުން ދިޔައީ މާލޭ އިން ފުރައިގެން ލ އަތޮޅަށް ކަމަށެވެ.

އަދި ބޯޓުގެ ދިޔަ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސިފައިން ޕަމްޕް ބޭނުން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ބޯޓު މިހާރު އޮތީ މ. ދިއްގަރު ފަސް މޭލު ބޭރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު