މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު ރަން މެޑަލް ހޯދުމުން އޭގެ ސިޔާސީ ފައިދާ ހޯއްދަވަން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނިކުމެވަޑައިގެންފި އެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޭބަލް ޓެނިސް ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހުނީ "މަދިރި ހާއްޔެއް" ގައި ކަމަށެވެ.

"ރައީސް ޔާމީން ސަރުކާރުގައި ޓީޓީ ޕްރެކްޓިސް ކުރަން ޖެހުނީ އަނދިރި މަދިރި ހާއްޔެއްގައި, ހަމައެކަނި ފުޓްސަލް ދަނޑު ނާޅާ އެހެން ހުރިހާ ކުޅިވަރެއް ކުޅޭނެ ތަނެއް ދީފިނަމަ ރާއްޖެއަށް އެތައް ރަން މެޑަލްއެއް ގެންނާނެ" މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސްއާ ބައްދަލުކޮށް 3-2 އިން މޮޅުވެގެންނެވެ. މިއީ ޓީޓީގެ ޓީމު އިވެންޓަކުން ރާއްޖެ ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

ރަން މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ސްކޮޑުގައި ހިމެނެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މުއީނާ މުހައްމަދާއި އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ ރަފާ ނާޒިމް އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ނިމާލެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާލް

    ހާދަ ހިއްކިޔައޭ ޔާމީންއަށް

    92
    4
    • ސުމާ

      މާާރިޔާ ހިތުން ޔާމީންގެ ޓާގެޓަކީ މާރިޔާ!

      61
      2
  2. ސިދާތާ ބެޑްސީޓް

    މިހާރުވެސް ޓީޓީ ކުޅެނީ ތިބުނާ ތަނުގަގަޔޭ

    79
    3
  3. ސަލޫ

    އަނގަ މާއިރާ ތީ

    69
    2
    • ކީކޭ ބުނާނީ

      ޥަޒީފާއާ ގުޅޭ ވާހަކަ ދައްކަ ބަލަ.. މިސާލަކަށް އިންޑިއާ ސިފާއިން ރާއްޖޭގެ ރަށްރަށުގައ އުޅުމަކީ...

      26
      2
  4. އ. ޖ. އ

    ކޮބާ ތީގަ ސިޔާސީ ފައިދާ އެއް ހޯދާފަ.. ތިޔައީ ހަގީގަތް ހާމަ ކުރުން.. ރަނގަޅަށް ފަރިތަ ކުރެވުން ނަމަ ކުރިން ވެސް ތަފާތު ފެނުނީސް

    12
    95
    • ޢަލީ

      މި 7 މަހުން ދޯ އެކުދިން ކުޅެންވެސް ދަސްކުރީ.. މާރިޔާ އަނގަ

      59
      5
  5. ގ. މޭރީ

    ހުސްދޮގު. ޓިނަދޫގަވެސް ތަފާތު ކުޅިވަރު ކުޅެވޭ އިންޑޯ ހޯލެއް ޔާމިން އަޅުއްވާދެއްވި.

    87
    2
    • ޓިނުވަގު

      ފަޅު ރަށެއްގަ އެޅި ނަމަ

      25
      10
  6. ޝޝޗ

    ޗައިނާ ސަރުކާރުން އެތަން މަރާމާތު ކޮށް ދިނީ. 2018 ގެ ފަހުކޮލު ދޭބަލަ ބަލައިލަން.

    50
    1
  7. އަހުރެން

    މިކިއްވެބާކުރިސަރުކާރައްނިސްބަތްނުވި

    19
    2
  8. މިއަދު

    އަޅުގަނޑު މާރިޔާކުރެން އަހާލާހިތްވޭ މުއީނާއާއި ފާތިމަތުދީދީ އަދިރަފާއާއި ޖުމާނާ ޓީޓީ ކުޅެންފެށި 2018 ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުތޯ ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައިތޯ؟ އެހެންކަމަށްވާނަމަ ތިއީ ހަމަ މާރިޔާބުނަންއޮތް އެއްމެޙައްގުބަސް އެހެންނޫންނަމަ ތިކުރެވުނުކަމަކީ ކާޅުހާލިހެދުމުން ކޮވެލި ބިސްއަޅާ އުޞޫލުން ކުރެވުނުކަމެއް

    43
    2
  9. މިއަދު

    މިއީ ދެންފަހެ ރާއްޖޭގެ ޑިފެންސްމިނިސްޓަރަކަށްލަންފަހެކާކު މިރާއްޖޭގެ ޤާނޫނު އަސާސީގެ ހުރުމަތްކަޑާލާ ފައިސަށުލައިގެންހުރި މިއަންހެނާ މިނިސްޓަރުކަމަށް އައްޔަންކުރީތީ މިސަރުކާރަށް ނަފްރަތުކުރަން

    42
    1
  10. ޒަބާދުކުޑޭ

    ގާނޫނުއަސާސީއަށް ފައިންއެރީކާކު. އެވެސް ޔާމީނު.

    32
    9
  11. ރާއްކޮ

    ދެން ކުޅުނު އެހެން ގޭމުތަކުން ފުލަށް އެދިޔައީ އެ ގޭމްތައް ކުޅެން ރާއްޖޭގައި ހުރި ތަންތަނުގެ ނަލަކަމުންތަ ދައިތާ؟ ތިޔަ ލިބުނީވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި އެކަމަށް މަގުފަހިވެފަ އޮތީމާ~

    44
    3
  12. މެގަވޯޓު

    ތިޔަހެން ކިޔައިގެން ގުންބޯހެއްދޭނީ ކަލޭމެން ޖަހާހަ ބެރަކައް ނަޝާކުދިންނާ ކަލޭމެނައް ތަބާވާ މީހުން އެކަނި.

    9
    1
  13. ނަސީދު

    މާރިޔާގެ ޢަނގަ ކާޅައްދީގެންތަ ތިއޮތީ ބޯހަމަޖެހޭ ގޮލައެއްތަމީ

  14. އަހުމަދު

    ތިޔަ ބޭފުޅުންގެ ދައުރު މިއޮތީ ވެރިކަން ވެސް މަޖިލީސް ވެސް ހުރިހާ ބާރެއް .. ހުރިހާ ކުޅިވަރަކުން ރަން މެޑެލް ހޯދަން ވީ ނޫންތޯ....ޗައިނާގެ އެހީގައި އެތަން އެއަރ ކޯން ކޮށްފައި ހުރިކަން އެންމެ މޮޑަށް އެނގޭނީ ކަމަނާގެ ޅިޔަނު ލަތީފަށް އޭނާ ގާތު އަހާލަ ބަލަ..... ދެން އިންޑިޔާ މީހުން ލައްވާ ހުރިހާ ކުޅިވަރު ކުޅޭ އިސްޓޭޑިއަމް އަޅަން ވީ ނޫންތޯ