އުމުރުން ދުވަސްވީ މިހުންނަށް ދޭ އިނާޔަތް 10،000 ރުފިޔާއަށް އަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މި އިސްލާހު ހުޝަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

މިއިސްލާހު ބަލައިނުގަނެ ބޭރުކޮށްލީ 58 މެންބަރުންގެ ވޯޓާއެކުގައެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް މިހާރުވެސް އަންނަނީ މަހަކު 5000 ރުފިޔާގެ އިނާޔަތެއް ދެމުންނެވެ.

ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޖާބިރު މި އިސްލާހު ހުށަހެޅުއްވީ އެއްވެސް ވަރަކަށް ދިރާސާ ނުކޮށް، ދައުލަތުގެ މާލީ ހާލަތަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

ޖާބިރުގެ މި އިސްލާހު މަޖިލީހުން ބޭރުކޮށްލިއިރު މީގެ ކުރިން މަޖިލީހުން ވަނީ ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް މަހަކު 5000 ރުފިޔާއާއި 7000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ އިނާޔަތެއް ދޭ ގޮތަށް ހުށަހެޅުއްވި އިސްލާހެއް ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ޝުކުރިއްޔާ އޯގާތެރި ސަރުކާރު

    5
    1
  2. ރަސީދު

    އަދިވެސް ތިބެގެން ނިކަން ބާރައް އައްޖަހާ. ތިއޮތީ ކަލޭމެން ވަގުތީ އުފަލަކަށް ކުޑަފައިސާކޮޅެށް ހޯދާއިގެން ވިއްކި ވޯޓުން ވެރިކަމަށް އަރާތިބި މީހުންގެ ހުރިފެންވަރު?

  3. Anonymous

    މިއީ ލާދީނީ ސަރުކާރު މީހުންގެ ލޮލުގައި އަނދުން އަޅޫވައިގެން ތިމަންނާމެން ރައްޔިތުންނައް ހެޔޮ އެދެމޭ ކިޔައިގެން މުސްކުޅިންނައް ދޭންޖެހޭ އަދަދު ބޮޑު ކުރީމަ ބިލް ބޭރުކޮއްލަނީނު