އިދިކޮޅު ކޯލިޝަނުން އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާގެ ނަމަކީ ކޮބާނުވިއެއްނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން ޓްވިޓާގައި މިހާރު ދަނީ އެ ބޮޑު ޖަލްސާގެ ނަން ބޭނުންކޮށްގެން ޕްރޮމޯޓް ކުރަމުންނެވެ. އެ ޖަލްސާ އޮންނާނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ރޭ 20:30ގައި އަލިމަސް ކާނިވަލުގައެވެ.

ޕީއެންސީގެ ރައީސް އަބްދުރަހީމް ވިދާޅުވީ އެންމެ ފަހުން ކާނިވަލުގައި ބޭއްވި ރައީސް ޔާމީން ބައިވެރިވި އެއްވުމުން ސަރުކާރަށް ވަރަށް ބޮޑަށް އަސަރު ކޮށްފިކަމަށާއި އަނެއްކާވެސް ބޮޑު އެއްވުމެއް އަންނަ މަހު އެއް ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

"ރައީސް ޔާމީން ޝަރީއަތަށް ގެނެސް މި ހިންގާ ކަންކަން ރައްޔިތުންނަށް ސާފު ވާނެ އެއީ ދާދި އިހަކަށް ދުވަހު އެމަނިކުފާނު ބައިވެރިވި ރެލީއެއް ކާނިވަލުގައި ބޭއްވުމުން އެކަން ސަރުކާރަށް ހަޖަމް ނުވެގެން ހިންގާ ކަންތައްތަކެއް " އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ބޭއްވި އެއްވުމުގައި ޕާޓީއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއެވެ،

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރިލްވާން

    މަވެސްރައީސްޔާމީނާއި އެކު

    117
    19
  2. މައުސޫމް

    "ވަގު ޔާމީނު ޖަލައްލާ!" މި ސުލޯގަން މާގުޅެއެއްނު. ޕަކާސް....

    37
    128
    • ޢަލީ

      ނޫނޭ! ވަގު ވޯޓު މާކަމުދާނެ ޕަކާސްސްސް

      94
      19
      • އޭނާރކީ

        ނޫނޭ! ބޮޑު ވަގު ގުންޑާ މާކަމުދާނެ ޕަކާސްސްސް

        3
        12
  3. ހުވާ

    ރައީސް ޔާމީން ދެކެ މޯޑީވެސް ބިރުގަނޭ ދެން އަދި މިސަރުކާރުގެ ވެރިން ކިހާ ބިރެއް ގަންނާނެ. ވެރިކަމުގަ އަރާފަ މިތިބީ ވަގުން ދޮގުހަދާ މަކަރުވެރިން

    119
    16
  4. އ. ޖ. އ

    އިދިކޮޅު އެބޮތްތަ އަދިވެސް

    50
    36
    • ޑޮން

      ހައްގަށް ނަސްރުލިބޭވާހަކަ އަޑުއަހަންތަ؟ އެހެންވީ އިރު ހައްގު އޮންނާނެތާ.

      44
      1
      • ބަކުރުބެ

        ހައްގަކީ ރައްޔިތުންގެ މާލިއްޔަތު ދަވާލުން ކަމުގައިވާނަަމަ އިދިކޮޅުއެތިބީ ހައްގުގޮތުގައެވެ

        2
        14
  5. ޓިނުވަގު

    ކަންމަތީ ޖަލްސާތައް ބީޓް ކޮއްލެވޭނެބާ

    25
    25
  6. ވަގުތު ހޭޓަރ

    ވެރިކަން ހޯދުން: ކޮބާ ނުވިއެއްނު

    13
    62
    • ރނ

      މަޖިލިސް މެޖޯރިޓާ:ކޮބާ ނުވިއެއްނު.

      24
      36
      • އޭނާރކީ

        18 ޔަގިީނެއްނުން: ކޮބާ ނުވިއެއްނު.

        4
        13
  7. ޙނ

    ވައްކަން އަނިޔާ އެއް ނުވި. ވީމާ ރަނގަޅު

    10
    47
  8. ޏ

    ނުވާނެ ތިކަމެއް އެހެން ނުކިޔަނީ ކީއްވެހޭ؟ކަމަކާ ހަވާލު ވެ އެކަމެއް ނުވީ މަ .ކޮބާ ނުވިއެއްނުން .ހާދަ އޮޑޭ .ކަމެއް ރައިސަކު ކޮއްފަ ދައްކާފަ އެމީހަކަށް ވުރެ ރަގަޅަށް ކަމެއް ކޮއްދޭނަމޭ ކިޔާ އަރާ ހުރެ އެކަމެއް ނުވީ މަ .ނުވާނެ ތިކަމެއް މިހާރުވެސް މިކިޔަނީ އެއްނުން .ހައްހައްހައް

    2
    6
  9. ރަޝުމީހާ

    މިހިޝީ ރައިސް ޔާމީނާ އެކީ

    17
    2
  10. Anonymous

    މިތަނުގައި ޔަމީން ވައްކަން ކުރިއޭކިޔާ ކޮމެންޓް ކުރަމުންދާ ފަރާތްތަކަށް.
    ޔާމީން ވެރިކަމުގައި ވައްކަން އިންތިހާއަށް ކުރިއިރު މުވައްޒަފުންގެ ފައިސާއިން އެންމެ ލޯލާރިއެއްވެސް މަދުނުވޭ، އޭގެ ބަދަލުގައި މުސާރައަށް ކުރިއެރުން އައިސްފައިވޭ. އަންނި ސަރުކާރުގައި މުސާރަކުޑަކުރިގޮތަށް ބޮޑު ނުކުރޭ ކޯޓުން އަމުރު ކުރީމަވެސް.
    ޔާމީންގެ ފަސް އަހަރުގެ ދަޢުރަކީ މިހާތަނަށް ރާއްޖޭގައި ހިންގައި އަދި ނިންމާފައިވާ އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވަ ދައުރު.

  11. ހާދީ

    ނުވާނެ މިސަރުކާރަށްވާނީ ޤާނޫނާ ޚިލާފުކަންކަން އެއީ އޮޅުވާލި ވޯޓުން އައި...... ޔަމީނު ކޮށްދިން ކަންތައް މަދީތަ؟