މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޮރިޝަސްގެ ސަރ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

މޮރިޝަސްއަށް ރައީސްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވަނީ އެޤައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަދި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ދެކަނބަލުން ވަނީ އައި.އޯ.އައި.ޖީ.ގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާސިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖެ ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި، ވޮލީބޯޅަ، ފުޓްބޯޅަ އަދި، އެތްލެޓިކްސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަބީރު

    ނާށިގަނޑު ދިއްކޮށްލާފަ އައިނަމަނު؟

    22
    2
    • ޟ

      ގަޅި

  2. މިއަދު

    ބޭކާރުގޮތުގައި ދައުލަތުގެ ބަޖެޓުން ލާރިގަނޑެއް ވޭސްޓްކޮށްލާފައި އައިދޯ؟

    24
    3
    • ޙެ

      ވާނުވާ

  3. ބޮޑުދުފާ

    އަދި މީގެ އިތުރުން ފުޓްބޯޅަ ޓީމުވަނީ ލަދެއްގައިބެދި މުބާރާތުން ކަޓައިފައެވެ.