ކޮންމެ މީހަކަށްވެސް ކުށުން ބަރީއަވުމަށް ތިން ފުރުސަތު ލިބުމަކީ ގާނޫނު އަސާސީންނާއި ދިވެހި އާދަކާދައިންވެސް ލިބިދޭ ހައްގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖޭއެސްސީ އިން ނިންމި ނިންމުމާ އެކު އިއްޔެ ޖޭއެއްސީއިން އިއާދަކޮށްދިނީ ގާނޫނު އަސާސީގެ ގެއްލިފައިވާ މުހިންމު ސިފައެއް ކަމަށެވެ.

"ކޮންމެ މީހަކަށްވެސް ކުށުން ބަރީއަވުމަށް ތިން ފުރުސަތު ލިބުމަކީ ގާނޫނު އަސާސީންނާއި ދިވެހި އާދަކާދައިންވެސް ލިބިދޭ ހައްގެއް އިއްޔެގައި ޖޭއެސްސީއިން އެ އިޔާދަކޮށްދިނީ ގާނޫނު އަސާސީގައި އޮތް މުހިންމު އުސޫލެއް، ގެއްލިފައިވާ ސިފައެއް،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ސިވިލް ކޯޓުގައި އޮތް މައްސަލައިގެ ލިޔުންތައް ނެންގެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއް ފަނޑިޔާރަކު ކަމެއް ނިންމަވަމުން ވަޑައިގަންނަވަނިކޮށް އެކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވަދެވަޑައެއް ނުގަނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީން އިއްޔެ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބަލައި ތަހުގީގުކޮށް ކޮމެޓީން އެކުލަވައިލި ރިޕޯޓް މިއަދު ކޮމިޝަނަށް ބަލައިގެންފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ކޮމެޓީއިން ލަފާ ދީފައިވަނީ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށެވެ.

އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބުނާ ފަދައިން، މާދަމާއިން ފެށިގެން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ވެސް ވަނީ ނިންމައިފައެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީގެ މައްސަލަ ބަލަން ފަށާފައެވެ. އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީން ވަނީ ނިންމާފައެވެ.

ތިން ފަންޑިޔާރުންނާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ކޮން މައްސަލަތަކެއްކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދެބޯ ގެރި

    އެހެންވިއްޔާ ބާޤީ ލުތުފީ އަށާ ހުމާމް އަށް ތިޔަ ފުރުސަތު ނުދެއްވީ ކީއްވެތޯ....

    14
    2
  2. Anonymous

    ތިން ފުރުޞަތުގައި ކުށުން ބަރީޢަ ވާވަރަށް ހެއްކާއި ޤަރީނާ ދެއްކި ނަމަވެސް އަންނި ބޭނުން ނުވާ މީހެއްނަމަ އެމީހާއަށް ކުށުން ބަރީޢަ ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ޕާޓީ ކުދިން ލައްވައި ދޮގުހަދުވައިގެންވެސް އެމީހަކު ދުވަސް ދުއްވައިލާނެ. އަންނި އަކީ ރައްޔިތުންގެ ބޮލަށް ގޮރުހަނޑަމުން ދުވާ ރައްޔިތުންގެ ލާބައަށް ހެވެއް ދުވަހަކުވެސް ނޭދޭ އަދި މިހާތަނަށް އެދިފައި ނުވާ ވަރަށް އަޑި ނުބައި ނުލަފާ މީހެއް. މިވާހަކަ މިބުނީ ވަރަށް ބޮޑަށް އަންނިގެ ޙަޤީޤަތް އެނގޭތީ.

    48
    1
    • ފަހުލަވާނު

      ވަރައް ބޮޑު ތެދުފުޅެއް..މިހާރުވެސް މިވެރިން ބޭނުންވާ ހުރިހާކަމެއް ފަޓާސް ބަރިއެއްހެން އެދަނީ ކޮށް ނިންމަމުން..ބަލަން ތިބޭ.ރަސްމީ ގަޑިވެސް 16:00 އަށް ބަދަލު ކުރާނެ...މީ ވަރަށް ވާހަކަ

      18
      1
  3. މުހައްމަދު

    ރައީސް ޔާމީނަކަށް ނޯންނާނެ އެއްވެސް ފުރުޞަތެއް ތުހުމަތަކުން ދިފާއުވާންވެސް މިމިީހުން ދެކޭގޮތުގައި ރައީސް ޔާމީނަކީ ލުޠުފީ އަށް ވުރެވެސް ބޮޑު ކުއްވެރިއެއް..

  4. ވަރަ

    ދެން ކޮބާ ތަދައްޙުލް ގެ މާނައަކީ؟

  5. ނަސޭހަތް

    ތިމާނުކުރާކުށަކުން ބަރީއަވުމަށް ފުރުސަތުލިބުންރަގަޅު ނަމަވެސް އެމީހަކުފާޅުގައިކޮށްފައިވާކުށަކުން
    ބަރީއަވުމަށް ފުރުސަތު ލިބެންޖެނޭތޯ މިސާލު ޢަބްދުﷲ ގާޒީ އެކަހެރިކުރުން ނޮވެމްބަރ3 ގައި
    ރާއްޖެއަށް އުދުވާނީހަަމަލަދިނުމުގައި އިސްކޮށްހުރިފަރާތްތައް އެހެންކަމަށްވާނަމަ..........

  6. ނުރަބޯ

    މިކަލޭގެ އޭނާގެ މައްޗަށް ކުރެވުނު އިންސާފުވެރި ޖަލު ހުކުމުން ބަރީއަވެ ބޯ ދަމައިގަތީ މީގެ ތެރެއިން ކިތައްވަނަ ފުރުސަތުގައިބާ.....؟ އަދި އެ ނުލަފާ ޖަރީމާ ހިންގާފަ އެ ޙުކުމް ކުރި ފަނޑިޔާރުން ނަށް ލަގާ ދޭންވެގެން ފައި ވިއްދާފަ އެހެރީ ކީއްވެބާ.....؟؟؟