އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނިންމުމުން އިބްރާހިމް އިސްމާއީލް އިބުރާ ރުޅިގަދަ ވެއްޖެއެވެ.

ޖޭއެސްސީ އިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމުމުން އިބުރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ފަނޑިޔާރުންނަށް ނަސޭހަތް ދީނީ ދެން އަތްޖަހާ ސުޕަމެޖޯރިޓީ މައި ފޫޓް" ކަމަށެވެ.

އިބްރާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބުނުދީ ދޫކޮށްލުމަކީ އަދި އޯގާތެރިވުމެއް ނޫން ކަމަށެވެ.

ޖޭއެސްސީން ހަމައެކަނި ނަސޭހަތް ދީ ނިންމާލަން ނިންމީ ފެބުރުއަރީ އެކެއްގެ އަމުރު ބާތިލުކުރީ ތިން ފަނޑިޔާރުންނަށެވެ.

އިބްރާ މިހެން ވިދާޅުވިއިރު މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖޭއެސްސީ އިން ނިންމި ނިންމުމާ އެކު އިއްޔެ ޖޭއެއްސީއިން އިއާދަކޮށްދިނީ ގާނޫނު އަސާސީގެ ގެއްލިފައިވާ މުހިންމު ސިފައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ވަރަށް އަވަހަށް އިބުރާއަށް ކުރީގެ އެމްއީއެސް ސްކޫލް އިމާރާތް އަލުން މަންދޫ ކޮލެޖް ހިންގަން ހިލޭ ލިބޭނެ. އޭރުން އަނބަގަންދުވީ. ދެންތ އަތްޖަހާފަ ދެފައިވެސް ބާރަށް ޖަހާ. ވަރަށް ވެދުން

    54
    2
  2. ގުއިދައިތަ

    ކަލޭ ބާރަށް އަތްޖަހާބަލަ. އަތް ޖަހަން ވެސް ފައި ޖަހަން ވެސް ތިބީ ކަލޭމެން.!! އެވަރެއް ނެތިގެން ކަލޭމެން ގެނާ ސަރުކާރެއްނު މީ.

    37
    2
  3. ގަޅިކަލޭގެ

    މީހަކު ކުށެއް ކޮށްފިނަމަ އެ ކުށްކުޅަ މީހާއަށް ނަސޭޙަތް ދިނުމަކީ ތާޅަފިލިން ގޮވާ ޑަނޑުރާ ޖަހާފައި ކުރާކަމެއް ނޫނެވެ. އޭރުން ވާނީ ފަޟީޙަތް ކުރުމަކަށެވެ.

    24
    1
  4. ކެޔޮޅު

    އިބުރާހިމް އިސްމާއީލް މުސްލިމެއްގެ ޖުއްބާލައިގެންހުރެ އިސްލާމްދީނައް ތިކޮއްދެއްވާ އަގުހުރި ހިފުމަތައް މާބާރައް އަތްޖަހަނަފެނޭ!!