ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހޮވިފައިވަނީ ކަޅު ފައިސާއިން ވޯޓު ގަނެގެން ކަމަށް ތުހުމަތު ކުރައްވައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން މަޖިލީހުގައި ވާހަކަ ދައްކަވައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން ހުށަހެޅުއްވި ގަރާރަކަށް ވާހަކަ ދައްކަވަމުން ޝިއާން ވިދާޅުވީ "އަޅުގަނޑާއި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޖާބިރާ ހުރި ތަފާތަކީ އިއްޒަތްތެރި ރައީސް އަޅުގަނޑަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމާ އެކީ ގައި މި ގޮނޑިއަށް އިންތިޚާބުވެފައި ހުރި ބޭފުޅެއް. ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަކީ ނުޙައްގުން ވޯޓު ގަނެގެން، ކަޅު ފައިސާ ބޭނުން ކޮށްގެން ވޯޓު ރަށްރަށަށް އަރައި ގަނެގެން އެ ގޮނޑިއަށް އަރައި ވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ" ކަމަށެވެ.

ޖާބިރު މަޖިލީހަށް ވަޑައިގެންނެވީ ކަޅު ފައިސާއިން ވޯޓު ގަނެގެން ކަމަށް ޝިއާން ތުޙުމަތު ކޮށްފައި މިވަނީ ރަށު ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމާ ގުޅޭ ގޮތުން ޝިއާން މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސް މަރުހަލާގައި ޝިއާނަށް ޖާބިރު ފާޑުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރަށް އަމާޒު ކުރައްވައި ޖާބިރު ވިދާޅުވީ އެ ގަރާރަކީ ހިސާބު ޖެހުމެއް ނެތި ދިރާސާ ކުރުމެއް ނެތި ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރުގެ ޖާބިރަށް ވޯޓު ގަތުމުގެ ތުހުމަތު ކުރައްވައި ވާހަކަ ދައްކަވަމުން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެ ވާހަކަ ހުއްޓުވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ 87 މެމްބަރުންވެސް އިންތިޚާބުވެވަޑައިގެން ހުވާ ކުރައްވާފައިވަނީ ވޯޓު ލިބިވަޑައިގެން އެ ވޯޓު ސައްހަ ކުރެވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މުއާވިން

    ހަހަަހަހަހަ....

    19
  2. ޖަމީލު

    އެމް.ޑީ.ޕީ ވެރިކަމަށް އައީ ކޮން ފައިސާއަކުންބާ؟ ހުދު ފައިސާއިންތަ؟ މަޖިލިސް އިންތިޚާބު ނެގީ ރަތް ފައިސާއިންތަ؟ ކަޅުފައިސާ އިންޑިއާ އިން ދިވެހިރާއްޖެ ގެނައީ ކޮން ޕާޓީއަކުންބާ؟ އިންޑިއާ މިޤައުމުގެ ހަރުމުދާ މިޤައުމުގެ ކަނޑު ތައް ވިއްކާ މިލަނީ ކަޅުފައިސާގެ ވެރިން މީ ޙަޤީގަތަކީ ތިމާ މެން އަނެކުންނަށް އެއްޗެއް ބުނާއިރު ތިމާމެންގެ ފަސްބައި ބައްލަލާ..

    79
    2
    • އަންނި

      ފައްޅި ތަކުން ފައިސާ ދީގެން!

      63
      1
  3. Anonymous

    މަޖިލީހުގެ ގޮނޑިއަށް ޝިއާން ހޮވުނީ ކަޅުފައިސާ ނުދީތޯ ނިކަން ހުވައިކޮށްބަލަ. ނުކެރޭނެ ކުރާކަށް. މިކަން ރަނގަޅަށް އެނގިހުރެ މިބުނީ. ޖާބިރުގެ ކަޅުފައިސާތޯ ވޯޓުދިނީ. ނޫނީ މީހުންތޯ ވޯޓުދިނީ. ޝިއާންވެސް ހޮވިފައިވަނީ ހަމަ ޖާބިރުވެސް ހޮވިފައިވާފަދައިން ވޯޓު ދިން މީހުންގެ ނިސްބަތުން ކުރިހޯދައިގެން. ކަޅުފައިސާ ބެހީ ޖާބިރު އާއި ޝިއާނުވެސް.

    71
    1
  4. މާމިގިލީ މީހާ

    ކަލޭތީ ބޮޓެއް. ކަޅު ފައިސާއެއް ނުހުންނާނެ. ޖާބިރަކީ ވެސް ހަމަ ކަލޭ ކަހަލަ ބޮޓެއް.

    61
  5. އިސްމާލް

    ކަލެޔޯ؟

    35
  6. އަހުމަދު

    ރައްޔިތުންގެ މަޖިލީހަށް މިފަހަރު ހޮވިފައި މިތިބަ މީހުންގެ އަޚުލާގީ ހާދަ ދަށޭ މަޖީލީހުގައި އޮންނަ މައްސަލަ އަށް ބަހުސް ނުކޮށް މީހުންނާއި ދިމާ ކުރަނީ ކިހާ ދެރަ ކަމެއް މިއަދު ނޫނީ މަޖިލީހުގެ ރިއާސަތުންވެސް މިކަން ނުހުއްޓުވާ ކަމީ ދެރަ ކަމެއް މިހާ ތަނެއް ދޮރެއް ނުފިލާ ގިނަ ބަޔަކު ތިބި މަޖިލީހެއް މިރާއްޖެއަކު މިހާތަނަށް ގާއިމު ވެފައެއް ނެތް .... ބިލުގެ ދިރާސާގެ ވާހަކަ ބުނާއިރަށް މީހުންގެ ޒާތާ ބެހެނީ ބުނަން ވީނޫންތޯ ދިރާސާ ކުރީމޭ މިިހިރީ ތަފާސް ހިސާބޭ އެހެން ބުނެވެން ނެތީމާ ފުންމައި ގަންނަނީ ހީވަނީ ބާޒާރުގައި އުޅޭހެން ކުޑައިރު އަތިރިމަތީ ކުޅެން އުޅުނު ހެން ..... ކިހާ ހިތާމަ ހުރި ކަމެއް އެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް

    52
    3
  7. އަޅީ

    މަށަކީ ތޮއްޑޫމީހެއް މިރަށުގަައި އެމްޑީޕީން ބެހީ ރަންފައިސާތޯ އެހެންކަމުގައިވަނީނަމަ ކާށިދޫގައި ޖާބިރުއަށް އަދި ކަޅުގެ އެތިކޮޅެއް ލިބުމުން ތަމެން ށުކުރު ކުރޭ ރަންވީމަ މާ އަގުހުރޭ ވަރައްވާހަކަ

    45
    1
  8. އަލީ

    ހަމަ ރަނގަޅު ވާހަކަ ފުޅެއް ...އަހަރެމެން ގެއައްވެސް ޖާބިރު ދިޔަ .ބުނީީ ކިހާ ވަރެއްހޭބޭނުމީ ބުނިވަރެއް ދޭނަމޭ ،ގޭގެ އެންމެންގެ ވޯޓްތިމަން ނާޔައް ދޭޟޭ.

    16
    7
  9. ބަނާނާ ސަރުކާރު

    ތިޔަތާކުނެތް ކަޅުފައިސާއިން ނުހޮވޭ އެކަކުވެސް.. މިބުނީ މޑޕގަ... ޖާބިރުގެ ކަޅުފައިސާއިން ވެރިކަން ހޯދީވެސް.. ޖާބިރުގެ ކަޅުފައިސާއިން މޑޕ މަޖުލިސް ގަތީވެސް... އަދި ބުނެފިއެއްނުން އަޅުގަނޑު ހޮވުނީ ރައްޔިތުންގެ ލޯބިންނޭ ބަލަ ކަލޭ ފައިސާދިނީމަ ލޯބިވެސް ލިބޭނެދޯ.. ތިއީ ކޮންފެންވަރެއް ހުރެގެން މަޖުލިހަށް ހޮވުނުބައެއް... އަމިއްލަ ތައާރަފެ ދޭން ނޭގުނުބައެއް... ފައިސާ ހުރެއްޖެނަމަ މިގައުމުގަ ވެރިކަންވެސް ލިބޭނެކަން ކޮމަންވެލްތުވެސް ހެކިވޭ މިއަދު..

    31
    2
    • އޭނާރކީ

      ހަޖަމު ނުވެގެން ތި އުޅެނީ. ޔާގުންޑާއަކަށް ދެނެއް ވެރިކަމަކަށް ނޭރޭނެ

      8
      19
      • Anonymous

        ކޮން ޔާގުންޑާއެކޭ ގޮވާކަށް ދެއިރު ދެދަޅައަށް. ހާދަ ބިރެކޭ ތިގަންނަނީ. ކެނެރީ ސޮންޏަކަށްވެސް ލާހިކެއް ނޫން ދެން ރާއްޖޭގެ ވެރިކަމަށް އަންނާކަށް. ދެން ލަލަލާ.

        11
        2
        • ޞުރުހީ

          ކެނެރީ ސޮނިފޮދު މިހާރުވސް އެހެރީ ވެެރިކަމަށް އެއް ފިޔަވަޅު ފަހަތުގަ. އިސާހިތަކު ލިބިދާނެ. ހަޖަމް ނުވިޔަަސް ކެނެރީ ސޮނިފޮދު ލައްވާ ވެރިކަން ކޮށްފަ އމޑޕ ހުއްޓާލާނީ. މިހާރު އެހެރީ މަޖިލިސް ރައީސް ކަމުގަ. ޔާގުންޑާ އެންމެ ބިރުގަންނަ ނިރުބަވެރިޔާ. ދެން ލަލަލާ...

          2
          4
  10. ބޮލި މުލައް

    ކޮމަންވެލްތް ރިޕޯރޓްގައިވަނީ އެވާހަކަތަ؟ ނޫނޭ ލަދުކުޑަ ތިމާ ނިސްބަތްވާ ދާއިރާގެ ރައްޔަތުންނަށްވެސް އޮޅުވާލީނު. އެމީހުނަށް ދިންފައިސާ އަދި އެމީހުން އަތުން ހުސްނުވާކަމަށް އެބުނަނީ.

    27
    1
  11. ރަޝީދު

    ލޯބިން ހޮވުނު އެކަކުވެސް ނުހުންނާނެ.ހޮވިފައިވަނީ ކަޅުފައިސާއިންނެވެ.

    26
  12. ޢަލީ

    އަބުރު އަބުރު ޤާނޫނުއޮތީ އުވާލާފަ ދެން ކިޔާނެ އެއްޗެއް ކިޔަންވީ، ﷲ އަކުބަރު ﷲ އަކުބަރު ﷲ އަކުބަރު،

    13
    1
  13. ޣާދިރު

    މިހިރަ މަޖިލީސް ގުބޯލާ..ޖާބިރު އެކަނިތަ..ބާކީ 84 މީހުންވެސް ހޮވިފަ ތިބީ ތިޔަބުނާ ގޮތަށޭ. ތިމާގެ ފޫކޮޅުގަ ކިތަންމެ ގުޔެއް ހުއްޓަސް ނުފެނެ...

    14
  14. އެދު

    ތޮއްޑޫ ސޯސަން ކްލަބްގެ ފައިސާ ތައް ކޮބާ

    14
  15. ޟަމީރު

    ޢަވަހަށް ސާބިތު ކޮށްދީ.. ނުވާނެ ނަމަ މީހުންގެ ބޮލުގައި އިލްޒާމު ނާޅުވަ

    14
  16. ނޫސްކިޔާމީހާ

    މަޖުލީހުގައި ތިއްބެވީ މުޅިންވެސް ފައިސާއަށް ހޮވުނު ބޭފުޅުން ރައްޔިތުން ލޯބިން ހޮވޮނު އެކަކުވެސްނެތް ވަރަށް ސާފު އެކަން

    12
  17. ދޮންދައިތަ

    ބަލަގަ މަޖިލީހަކީ އަޖައިބެއްކަހަލަ ތަނެއް ތިންބާރު އެއްބާރަށް ހަދައިފި މަޖިލީހަކީ ޝަރުޢީ ކޯޓެއް. މަޖިލީހަކީ ވެރިކަންކުރާ މުޙައްމަދު ޞާލިޙުގެ އާއިލީތަނެއް

    11
    1
  18. މިއަދު

    ތޮއްޑޫދާއިރާގެ މެމްބަރު ސިޔަނު އެކަންޏެއްނޫން ތިވަހަކަ ދައްކަން ޙައްޤީ އެމްޑީޕީގެ ޓިކެޓުގައި ހޮވިފައިހުރި ކޮންމެ މެމްބަރަކުވެސް ބުނަން ތިއީ ހަމަޙައްޤުބަސް އެކަން އެއްމެރަގަޅަށް އެނގޭ އެއްބަޔަކީވެސް ކާށިދޫ ދާއިރާގެ މެމްބަރުން ދިވެހިކޮންމެ ރަޢިއްޔަތަކަށް އެނގޭ ކަމަކީ އިންތިޚަބާއި ދިމަކޮށް ދިވެހިރަޢިއްޔަތުން ދަރުވާ އިންޑިޔާއިން ނެގި ލާރިގަނޑަށް ވީގޮތް ނޭންގޭކަމަށް ރައިސް ސާލިހު ވިދާޅުވިކަން އެއިގެ އިތުރަށް ކާށިދޫ ދާއިރާގެ ރަޢިއްޔަތުންނަށް އެގޭ އެއްޗަކީ ކާށިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓަށް ޚަރަދުކުރަން (ރަށުން ލާރިހޯދައިގެންވެސް ޚަރަދުކުރަން ރައިސްސާލިހު ވިދާޅުވިކަމަށް އެދާއިރާގެ ރައިސް އެންގުމުން ) ކާށިދޫގައި އެމްޑީޕީ ކެންޑިޑޭޓުގެ ކެންޕެއިނުތީމުން ،ކާށިދޫ ރަޢިއްޔަތުން އަތުންނެގި 5 ލައްކަ ރުޔާ މިއަދަހަމަޔަށްވެސް ނުލިބިފައިވާކަން މިއީ ކާށިދޫގެ ހުރިހަރަޢިއްޔަތުން ދަންނަ ބޮޑު ސިއްރެއް ހިއްވަރެއްހުރިއްޔަ ތޮއްޑޫދާއިރާގެ މެމްބަރު ޙަސަން ސިޔާމް މިކަން އިތުރަށް ސާފުކޮށްލަން ބާޒަރުމައްޗަށްނުކުމެ ކާށިދޫގެ ދަނޑުވެރިއެއް ކުރެންވެސް ނިކަން އަހާލަބަލަ އެކަމު ޢަބުދުﷲ ޖާބިރު ކަލުފައިސާ ދޭންވެފައި ނުވަތަ ދަރާފައިއޮތް އެއްމެރަޢިއްޔަތެއްވެސް ނެތް މިވަރުންވެސް ކަޅުފައިސާއާއި ހުދު ފައިސާ ޚަރަދުކުރިމީހުން ވަރަށް ސާފް މިޚަބަރު ޖަހާދީގެން ނޫސްތަކުގެ ފަލަސުރިހީއަށްވެސް މިޚަބަރު ނެރެދެއްވާ އެކުދިން ދަރަނިންސަލާމަތްކޮށްދެއްވާ

  19. ވާނުވާ

    ނަންވަނީ ޖާބިރު، ގެމަނަފުށީ ދާއިރާގެ އެމް.ޑީ.ޕީ މެންބަރު ކައިރީ ކަމަކު ކިޔައިފިއްުޔާ މިބުނަނީ ކަލޭމެންގެ ވޯޓުންނޫނޯ ހޮވުނީ. ވޯޓު ގަނެގެންނޭ ހޮވުނީ، އެހެންވީމަ ކަލޭމެންނަށް ކޮށްދޭންޖެހޭ ކަމެއް ނޯންނާނެޔޯ

  20. ރަދީފް

    ތޮއްޑޫ ދާއިރާގެ މެމްބަރު ގިޓާ އެއީ ކޮހެކޭ ނުބުނަން މަމެން ނެތިން.

  21. ކޮބާ އަސްވާޑު

    ތޮއްޑޫދާއިރާގެ މެމްބަރު ސިޔަނު އެކަންޏެއްނޫން ތިވަހަކަ ދައްކަން ޙައްޤީ އެމްޑީޕީގެ ޓިކެޓުގައި ހޮވިފައިހުރި ކޮންމެ މެމްބަރަކުވެސް ބުނަން ތިއީ ހަމަޙައްޤުބަސް އެކަން އެއްމެރަގަޅަށް އެނގޭ އެއްބަޔަކީވެސް ކާށިދޫ ދާއިރާގެ މެމްބަރުން ދިވެހިކޮންމެ ރަޢިއްޔަތަކަށް އެނގޭ ކަމަކީ އިންތިޚަބާއި ދިމަކޮށް ދިވެހިރަޢިއްޔަތުން ދަރުވާ އިންޑިޔާއިން ނެގި ލާރިގަނޑަށް ވީގޮތް ނޭންގޭކަމަށް ރައިސް ސާލިހު ވިދާޅުވިކަން އެއިގެ އިތުރަށް ކާށިދޫ ދާއިރާގެ ރަޢިއްޔަތުންނަށް އެގޭ އެއްޗަކީ ކާށިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓަށް ޚަރަދުކުރަން (ރަށުން ލާރިހޯދައިގެންވެސް ޚަރަދުކުރަން ރައިސްސާލިހު ވިދާޅުވިކަމަށް އެދާއިރާގެ ރައިސް އެންގުމުން ) ކާށިދޫގައި އެމްޑީޕީ ކެންޑިޑޭޓުގެ ކެންޕެއިނުތީމުން ،ކާށިދޫ ރަޢިއްޔަތުން އަތުންނެގި 5 ލައްކަ ރުޔާ މިއަދަހަމަޔަށްވެސް ނުލިބިފައިވާކަން މިއީ ކާށިދޫގެ ހުރިހަރަޢިއްޔަތުން ދަންނަ ބޮޑު ސިއްރެއް ހިއްވަރެއްހުރިއްޔަ ތޮއްޑޫދާއިރާގެ މެމްބަރު ޙަސަން ސިޔާމް މިކަން އިތުރަށް ސާފުކޮށްލަން ބާޒަރުމައްޗަށްނުކުމެ ކާށިދޫގެ ދަނޑުވެރިއެއް ކުރެންވެސް ނިކަން އަހާލަބަލަ އެކަމު ޢަބުދުﷲ ޖާބިރު ކަލުފައިސާ ދޭންވެފައި ނުވަތަ ދަރާފައިއޮތް އެއްމެރަޢިއްޔަތެއްވެސް ނެތް މިވަރުންވެސް ކަޅުފައިސާއާއި ހުދު ފައިސާ ޚަރަދުކުރިމީހުން ވަރަށް ސާފް މިޚަބަރު ޖަހާދީގެން ނޫސްތަކުގެ ފަލަސުރިހީއަށްވެސް މިޚަބަރު ނެރެދެއްވާ އެކުދިން ދަރަނިންސަލާމަތްކޮށްދެއްވާ ކާށިދޫ ދާއިރާގެ އެމްޑީޕީ ރައިސް އަސްވާޑު މިކަމުގައި ހަނުމިހުރީ ކީއްވެ މިކޮމަންޓަށް ޖަވާބުދީ ކަލޭގެ ސަބަބުން މިބޮޑު ކާށިދޫން އެމްޑީޕީގެ ވަސްފޮހެވިގެންމިދަނީ ހަނުހުރުމަކީމިކަމުގެ ޙައްލެއްނޫން