ޑެންގީ ހުން ޖެހިގެން ކުއްޖަކު ނިޔާ ވެއްޖެ އެވެ.

ޑެންގީ ޖެހިގެން މިއަދު ނިޔާވެފައިވަނީ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ ކުއްޖެކެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލް ކުރަމުން ދަނިކޮށް މިއަދު ނިޔާވެފައިވަނީ އެރަށު ކަސަބުގެ ހަސަން ހައިސަމް ހުސައިން އެވެ.

ފުރާނައަށް ނުރައްކާތެރި މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޑެންގީ ހުމުގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ މަހު 333 މީހަކަށް ޑެންގީ ހުން ޖެހުނެވެ.

ޑެންގޫ އެންމެ ބޮޑަށް ފެތުރުނީ ދ. އަތޮޅުގަ އެވެ. އެ އަތޮޅުން 60 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 2474 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ޗިކުންގުންޔާގެ ޖެހިގެން މިއަހަރުގެ މިހާތަނަށް 1208 މީހަކު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ.

މިއަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު މޭ މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެ އޭޖެންސީ އިން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ?

    ޢެއީ ތެލެސީމިއާ ކުއްޖެއް?..

    12
    2
  2. ޢައިސަތު

    ކޮން ރަށެއްގައި ވީކަމެއްތޯ

    3
    8
  3. ޢިކުރާމު

    މިކުރި ވިއްސާރައިގަ ވަލުތެރެޔައް ކުނިއެޅުމުގެ ސަބަބުން ދަޅުދަޅާ ފުޅިފުޅީގަ ވަރައްގިނައަދަދަކައް ފެންހަރުލާ މަދިރިފަނި އަޅާފަ އެބަހުރި މިއީ ރައްޔިތުންވެސް ވިސްނަން ވެއްޖެކަމެއް ސަރުކާރުންވެސް އެބަޖެހޭ ކުނިނައްތާލެވޭނެ ފަސޭހަގޮތެއް ހަދައިދެއްވަން މަދިރިޔައް މަހަކު ދެފަހަރު ސްޕްރޭކުރެވޭނެ ވަސީލަތެއް ކައުންސިލާ ހަވާލުކުރަން އެކަމައް ތަމްރީނު ދެވި ވެހިކަލާ މުވައްޒަފުން އައްޔަންކުރަން

    19
  4. ނުވި

    ޢެއީ ނުކުޅެދޭ ކުއްޖަކަށްވިޔަސް ޑެންގީހުމުގާ ނިޔާވީމާ އެވާނީ އެބަލީގައި މަރުވިކަމަށް، ވަރަށްދެރަ.

    25
    3
  5. ރައްޔިތުން

    ސަރުކާރަކުން އަދިވެސް ހުމުގެ ކަންތަކާ ފިޔަވަޅު އަޅާކަށް ނުވޭތަ؟

    32
    2
  6. ލައިލާ

    ކޮބާހެލުތު މިނިސްތަރު މިހާރު ރަގަޅުވާނެކޮައްމެކަމެއްވިއަސް ކުރީގަނަމަ ހުރިހާ ގޯސްކަމެއްއަޅުވާނީ .ޔާމީނު ބޮލުގަ ބޯންވާނެ ބޮވޭނެއެއީ އެއީ ރަގަޅު މީހުން

    41
    4
  7. ހުދުހުދު

    ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާތަނެއް
    ‎ނުފެނޭ. ހުމާއި ރޯގާ ކޮންޓްރޯލް ނުކުރެވި ފެތުރެނީ. ވީހާވެސް އަވަހަކަށް ސްކޫލް ތައް ބަންދު ކުރަން ސަރުކާރަށް ގޮވާލަން.

    32
  8. ޖ

    ސަރުކާރުން އެއްވެސްފިޔަވަޅެއްއަޅާތަން ނުފެނޭ އިބޫގެކަމަކީހުސްދަތުރުކުރުން ހެލްތުމިނިސްޓަރު
    މިހާރުލޮލައްވެސްނުފެނޭ ކޮންބައެއްޒންމާވާނީ ދެންކަޑާލަޔާމީނުބޮލައް އެއިރުންދެންތިބޭނެ އެމްޑީޕީ މީހުންއައްޖަހަން

    24
    1
  9. ހެޔޮއެދޭ

    މަރުޙޫމަށް ހެޔޮރަޙްމަތްލެއްވުން އެދި ދުޢާކުރަން. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އާމީން..

    17