މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ގައި ވާދަކޮށް ރަންމެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމަށް އެމްއެންޑީއެފް އާއިމާރާތުގައިވާ ލެޑް ބޯޑު ހާއްސަ ކޮށްފިއެެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން ހޯދި މި ފަހުރުވެރި ކާމިޔާބީގައި އެމްއެންޑީއެފް އިން ބައިވެރިވުމަށް ލެޑް ބޯޑަށް އަރުވާފައިވާ މި ބިޔަ ޕޯސްޓަރު މާލެގެ ބޭރުން މަލަމަތިން ރީތިކޮށް ފެންނާނެއެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސްއާ ބައްދަލުކޮށް 3-2 އިން މޮޅުވެގެންނެވެ.

މިއީ ޓީޓީގެ ޓީމު އިވެންޓަކުން ރާއްޖެ ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

ރަން މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ސްކޮޑުގައި ހިމެނެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މުއީނާ މުހައްމަދާއި އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ ރަފާ ނާޒިމް އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ނިމާލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭކުލި

    ބައެއްފަހަރު ސިޔާސީ ވުމަކީ އަންނަ ސަރުކާރަކަށް މާބޮޑު ކަމަކަށް ނުވިޔަސް އެއީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ،

    ބޮޑީ ބިލްޑަރުން ގޯލްޑް ހޯދީ ޓީޓީ ޓީމަށް ވުރެ ކުރިން ނެވެ
    މީޑިއާ ތަކުންވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ
    ލެޑުބޯޑަށް ނުވެސް އަރުވާ ،

    އެގޮތުން ރިއްސާ ، ލޮއެ ހޯދަމުން ދާ މީހުންގެ ހަދާންވެސް އާކުރަންވާނެ ، އެހެން ވެގެން ކިޔަނީ ބަޔާސް ވުމޭ

  2. މަ

    ބަލަ މާރިޔާ.. މިއީ ކޮން ވެރިކަމެއްގަ ހެދި ތަނެއތަ

    3
    1