1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލުމުގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ މާލެ ގެނެސް އައިޖީއެމްއެޗްގައި ބޭސްފަރުވާ ދީފިއެވެ.
ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވީ، އިއްޔެ ހެނދުނު ލުތުފީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ، ޑޮކްޓަރުގެ ލަފާ ދީފައިވާނަމަ އޭނާގެ ޓެސްޓެއް ވެސް ހަދާނެ ކަމަށެވެ.
އަދި އޭނާ މިހާރު މާފުށި ޖަލަށް ގެންގޮސްފައިވާކަމަށްވެސް ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.
ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހުގައެވެ. އޭނާ އެނބުރި ރާއްޖެ ނައުމުން އޭނާ ހޯދުމަށް އޭރުގެ ޕެނިޓެންޝަރީ އިން ފުލުހުންގެ އެހީއަށް އެދުނީ ރައީސް ވަހީދުގެ ވެރިކަމުގައި 26 މާޗް 2012 ގައެވެ. ލުތުފީ ރާއްޖެ ގެނެސްފައިވަނީ އޭނާ ހޯދުމަށް ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑްނޯޓިސް ނެރެފައިވަނިކޮށެވެ.
ލުތުފީ މާލެ ގެނެސްފައިވަނީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ލުތުފީ މިހާރު ބަހައްޓާފައި ހުންނަނީ "ހައި ސެކިއުރިޓީ"އާއެކު މާފުށީ ޖަލުގައެވެ. ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
ބޭސް ފަރުވާއަށް ބޭރަ ގެންދޭ... އިންސާފް....
މިހާ އަވަހަށް މުސްކުޅިވީ؟
މިހާރު ހީވަނީ ޑަކާތެއްހެން ކޮބާ ރާއްޖެގެނައި ހުރި ގަޑުކަން މިހާރު ހީވަނީ 90 އަހަރުގެ މުސްކުޅިގަޑެއްހެން ކޮބާ ޒުވާވެގެން އުޅުމީހުން ދެންބުނީ ކީކޭ
ހައްހައްހައްހާ. ހަމަ ރާއްޖެ ގެނައުމާއެކީ ބަލިވީ. ދެން އަނެއްކާ އަވަހަށް ބޭސްފަރުވާއަށް ފުރުވާލާ. އޭރުން ތިކަން ތި ނިމުނީނު.
އަވަހަށް ލަންކާއަށް ދާންވީ މަޖިލިހުންގަރާރެއްފާސްކޮށް ލުޠުފީ ލަންކާއަށް ފޮނުވަދީ
މިހާރުއެބުނާބިޑިނޭޅުވޭހާލަތުދިޔައތޯ؟
ލުޠުފީއަށް ހެދުނު އެންމެބޮޑު ގޯހަކީ ފިލަންވެގެން އެމްބަސީއަށް ވަނުން، އެތަނަށް ނުވަދެ ގެއެއްގައި ފިލާއޮތްނަމަ ތި ބޮޑިގަނޑު ނޭޅުނީހެއްނު.
އޭނަ ކޮންމެ ތަނެއްގަ ފިލާ އޮތަސް އޭނަ ހެއްދެވި ފަރާތަކަށް ނުފިލޭނެ ދޯ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ އަތުން ކުރި ކަމެއްގެ ޖަޒާ ދެ ދުނިޔެއިން ލިބޭނެ.
ކެޔޮ ކޭ ވަރު އެންގޭނީ ބިތު ފަންގި ނެގީމައޭ ބުނާ ބީދައިން... ތޮފި ނެގީމަ ދޯ މި އެނގުނީ ހުރި ގޮތް... ????... ކޮބާތަ މީނަ ރީތި ވެގެން އުޅުނު ދިވެހި އަންހެނުން ތައް؟؟
މިހާރުން މިހާރައް ލުތުފީ ދޫކޮއްލާ ޔާމީން ހަޔަރު ކުރޭ.
އަވަހައްސިންގަރޕޫރައްފޮނުވާދައުލަތުގެބަޖެޓުން
ކަލޯގެޔާ!!!? މިހާރު މުސްކުޅިވެއްޖެ??? ކިހިނެއްބާ މިވަނީ... ތި އަނެއްކާ ރާއްޖެގެނާ މީހަތަ!!!???
*މިހާރު ދެން ވަރަށް ކޮސް ވެ އަންތަރީސް ވެއްޖެ ޖަލަށް ވަދެވުމާ އެކީ މީހާގެ ރޫފައަށް ބަދަލު އައިސް މުސްކުޅި ވެފަ ގައިބާރު ދެރަވެފަ ތޮފި ގެއްލިފަ އައިނު ގެއްލިފަ މަގޭ މުނިކާފަ އުމުރުގެ މީހެއްކަން އަދި ކިރިޔާ މި އެނގުނީ... އައިއިރު ހުރި ހޮޓު ކަމެއް މިހާރަކު ނުފެނޭ... )؛ މީނައަށް ހިތް ކީ ކަމާއޭ ދޯ.... /:
ހޯރަ އިއްބެ ދޫކުރި ގޮތަށް ގަރާރަކުން ދޫކޮށްލަންވީ. ނޫނީ މައްސަލަ ރިވިއު ކުރަން އިންޑިޔާ އަށް ފޮނުވާލާ.