ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރީ އެކަން ކުރަން އެކަމަނާއަށް ފެނިވަޑައިގަންނަވައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ޕީޖީ ބިޝާމު ހާޒިރު ކުރެއްވުމުން މެމްބަރުންގެ ސުވާލުތަކާއި ގުޅިގެން ބިޝާމް ވިދާޅުވީ ދައުވާ ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އެކަމަނާއަށް ފޯރުވާފައި ނުވާ ކަމަށެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒެއް އަދި އެއްވެސް "ޑީލެއް" ނޯންނާނެ, ދައުވާތައް ކޮށްފައިވާނީ ވެސް ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން، ދައުވާ ކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ބެލުންތަށް ބެލުމަށް ފަހުގައި " ބިޝާމް ވިދާޅުވިއެވެ.

ބިޝާމު ވިދާޅުވެފައިވަނީ 12 މެންބަރުންނަށް ދައުވާ ކުރީ ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އޭނާއަށް ގާނޫނުން ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށާއި ދައުވާ ކުރީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އޮތް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނަކީ މެމްބަރުން ނޫން ކަމުގައި ކަނޑައަޅުއްވާފައި ވާތީ އެ އަސާސް ކަމަށް ބަލައިގެން ކަމަށެވެ.

ވިދާޅުވީ ޕީޖީގެ މަގާމަށް އޭނާ އައްޔަން ކުރެއްވި ހިސާބުން އޭނާ އަމަލު ކޮށްފައިވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ޕީޖީގެ ގާނޫނުން އޭނާއަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.