ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައި އޮތް ކަން މިހާރު ސާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ އިއްޔެ ޝަރީފުގެ ފަރާތުން ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމާއި ގުޅިގެން ޝަރީފްއަށް ފިޔަވަޅު އެޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ނިންމި ނަމަވެސް މިހާރުދެން ޝަރީފުގެ މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅުއްވަން ފޮނުއްވާނެކަމަށެވެ.

"މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ބެއްލެވިއިރު،
ޝަރީފް މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައި އޮތް ކަން މިހާރު ސާފު އޭނާގެ މައްސަލަ އަނބުރާ ފުލުސް އޮފީހުން ގެންނަން ޖެހޭ ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ ދޮގު މައުލޫމާތު ދިން މައްސަލަ އިތުރަށް ތަހްގީގް ކުރަން ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަން ނިންމާފައިވާއިރު ސަރުކާރުގެ ވެރިޔަކު ވިޔަސް މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށާއި އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ހަފްތާފައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޓާާ

    ތީދޮގުހަދަން ނޭންގޭ މީހެއް

    44
    1
  2. ދުމީ

    ކޯޓް އަމްރަކާ ނުލައި ގާޒީ ހިފާހއްޔަރުކުރުމަކީ ޖިނާޢީ ކުށަކަށް ވީއިރު މަނިކްފާނު އެޙުކުމް ތަންފީޒް ވަންދެން ޖަލުގައި ހުރިންތަ؟ފިއްލަވައިގެން އިނގިރޭސިވިލާތަށް ގޮސްފަ މައުސޫމް މީހަކަށް ވެގެންނު ތިހުންނެވީ.އެކަން ބެލީ ކޮންބައެއް. ޤާނޫނު ތައް ހުންނަނީ އެންމެން ކުރިމަތީގަ ހަމަހަމަ ކަމާއެެކު.މިހާރު އައްނިވީމާ ތިހިރީ ޗާޓުން ބޭރުގައި ޝަރީޢަތްކޮށްފަ.

    44
  3. ޢަލީ

    އެންމެބޮޑު ދޮގުވެރިޔާ އެންމެ ބޮޑު ޓެރަރިސްޓް އަދި ބޮޑު ވަގު މިހާރު މަޖިލީހުގެ ރިޔާސަތަށް އަރައިއިދެ ކޮންވާހަކައެއް ދައްކާކަށް

    37
    1
  4. މުޖޫ.

    ބަލަ މަޖްލީހަކީ ތީ ﷲ ގެ ދަރުބާރުގެއްއެއްނޫން. ﷲ ގެ ދަރުބާރަށް ހާޒިރުވާދުވަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އަހަރެމެން މަސައްކަތްމިކުރަނީ. ތީ ފެށުނީއްސުރެން ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ގުނބޯ ހައްދައި ދޮގުވާހަކަ ފަތުރައި ދޮގު މަޢުލުމާތު ދެމުން ދާމީހެއް. މީނަ ގެ ކަންބަލަނީ ކޮންކޯޓަކުން. ކޮންފުލުސް އޮފީހަކުން. ކޮންފަނޑިޔާރުގެއަކުން. ކޮންސުޕްރިމްކޯޓަކުން.މީނަ ޝަރީޢަތަށް ޙާޟިރުކުރަން އެމްޑީޕީ ސަރުކާރަކަށް ނުކެރޭނެ.

    35
    1
  5. ބުއްޅައެލެކް

    މިސާލަކަށް މީހަކު ގަންޖާބުއްޔޯ .ދެންއޭނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރިއްޔޯ އޭނާމުޅީންވެސް ހެދީ ތެދޯ ދެންކިހިނެއްހަދާނީ؟ ކެކެކް.. ގަންޖާބޯ..

    42
    1
  6. މައިސާރ

    ތިބޭފުޅާ ކިތައްފަހަރު ދޮގުމައުލޫމާތު ރައްޔިތުންނައް ދިނިންތޯ..ވަރައްސަލާމް

    16
    1
  7. މޯދީީ

    ދެ ސަރުކާރެއް މިހާރު ހިގާހެން ހާދަ އެބަހީވެޔޭ

    15
    1
  8. އަލްޖިބްރާ

    ކޮށްފަ ހުރި ކަންތަށް ފަޅާއަރުވާލާތީ ބަޔަކު ވަރަށް ބާރަށް އެބަ ތެޅިފޮޅޭ ! ބޭންކުން ދިނީ ދޮގު މައުލޫމާތު ކަން ސާބިތު ވީމަވެސް ބަޔަކު ވަރަށް ހީކަރުވާ !

    3
    11
    • ޢަލީ އަޙުމަދު

      ބަލަގަ ދޮގުހެދީ އަދި ހަދާފަ އޮތީ ވެސް ނަޝީދުކަން މީއެމް އިން މިދު އާއްމުކުރި ސިޓީއަކުން ވެސް ރޭކައެް ނުލާތަ. ޢަްޑޫގަ ބުދުބެހެއްޓި ތާނގަ އަތްޖަހަނ ހުރެފަ ތިމަންނަ އެކަން ދެނަހުރީ ވެސް ެޔތި ތަޅާލި ފަހުންނެކޭ ނުބުނޭތަ؟

  9. އަސީ

    ތިހާވަރައް އެހެން މީހުން ދޮގުހަދާ ވާހަކަ ދައްކާއިރު މަނިކުފާނު ދިގެއްނުހަދަންތަ ރަލެއްނުބޮންތަ މަސްތުވާ އެއްޗެހި ބޭނުމެއް ނުކުރަންތަ ހިއްވަރެއް ހުރިއްޔާ ރައްޔިތުންގެ ކުރިމަތީ ހަތިމުގަ އަތްލާ ހުވާކިއްބަކަ ތިމަންނަ މިކަންކަން ނުކުރާކަމައް

    17
  10. ހުސޭނުބޭ

    މަޖުލިސްރައީސް ދޮގުހެދީމަ ދެންޖެހޭނީ މަޖުލީހުން ވަކިކުރަންތާ. މިހާވަރަށް ދޮގުގައަޅަިގަނެގެން އުޅެނިކޮން ދޮގުގެމައްޗަށް ދޮގުހެދި އަނެއްކާވެސް ކޮންމެވެސް އެންބަސީއެއްގެ މޭޒުދަށަށް ވަންނަ ހިސާބަށްދަނީހެން ހީވަނީ. އޭގެކުރިން އެންބަސީތަކުގެ ގޭޓްތައް ބަންދުކުރުން މުހިންމު

  11. މެގަވޯޓު

    ދޮގުހަދާލަން ކެރޭ ގޮލައެއް މިއުޅެނީ ހީވާކައް.

  12. ޖަހާންގިރި

    މިއީ މިގަރުނުގެ ދޮގުވެރިޔާ ދޮގުވެސްހަދަން މިހިރަ ކެނާއަކަށްނޭނގޭވިިއްޔަ .