މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސްޓާފް އޭރިއާ އޮފީހުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ، ރޭ 10:30 ހާއިރު ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ އެމްޕީއެލްގެ މުވައްޒަފުން ތިބޭ ސަރަހައްދުން ވައްކަން ކުރަން އުޅެނިކޮށް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ދާދި ފަހުންވެސް އެޕްމީއެލްގެ މައި އޮފީހުގެ އެޗްއާރް ޑިޕާޓްމެންޓަށް ވަދެ ވައްކަން ކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުޅަކޭ

    ހ ދޫރެސް އައް ވަގެއް ވަދެފި މަ ދެކުނިން ހަމަ ހުވާ.

  2. ބޮފާ

    ޔާމީން އަބްދުލް އަދުރޭ ތަ؟

  3. ބޮފާ

    ތިޔަގީން ކުރިން ވެރިކަން ކުރި ކަލޭގެ.