މިމަހުގެ ނިޔަލަށް ހުޅުމާލޭ ބީޗު ސަރަހައްދުގައި މިހާރު ހިންގަމުންދާ ކެފޭ ރެސްޓޯރެންޓްތައް ފަދަ ތަންތަން ހުސްނުކޮށްފިނަމަ، އެޗްޑީސީން އެތަންތަން ނަގާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލެ ބީޗް ހުސް ކުރަން އެތައް ފުރުސަތެއް އެޗްޑީސީން ކުރިންވެސް ދިނެވެ.

އެޗްޑީސީގެ ހުއްދަ ނެތި ހިންގަމުން އަންނަ އެ ކެފޭތައް ހުސްކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަސްވެސް ދިނެވެ. އެހެން ނަމަވެސް ބައެއް ކެފޭތަކުން ބީޗާއި، ދިމާލުން އެއްގަމުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދެމެން ދެއެވެ. އޭގެ ފަހުންވެސް އެޗްޑީސީން އެދުނީ މި ހިނގާ ޖުލައި މަހުގެ ނިޔަަލަށް އެ ތަން ހުސްކޮށްދިނުމަށެވެ.

އެޗްޑީސީން ބުނީ މި މަހުގެ ފަހުކޮޅު ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވާތީ، އެ މަސައްކަތް ކުރާ ސަރަހައްދުގެ ބީޗުގައި ހިންގަމުންދާ ކެފޭތަކުން އެ ސަރަހައްދުގައި ޖަހާފައި ހުރި މޭޒާއި ގޮޑިތައް ނަގަން އެދޭ ކަމަށެވެ.

މި މަސް ނިމެން ކައިރިވެފައި ވީނަމަވެސް އަދިވެސް ބީޗުގައި ކެފޭތަކާއި، ރެސްޓޯރެންޓްތައް ދަނީ ހިންގަމުންނެވެ.

އެޗްޑީސީގެ އޮފިޝަލަކު ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިހާތަނަށް އައިއިރުވެސް އެއްވެސް ފަރާތަކުން ހުޅުމާލޭ ބީޗު ސަރަހައްދުގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓްތައް ހުސްކޮށްފައިނުވާ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް ހުސްނުކުރާ ތަންތަން، އެޗްޑީސީން ހުސްކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ބީޗު ފަރާތުގައި ހަދާފައިވާ އެއްވެސް ކެފޭއަކީ ހުއްދައެއް ހޯދައިގެން ހަދާފައިވާ ތަނެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮއްޕާ

    ނުވާނެ ތިކަމެއް އަތައް ގޮވަން ތިއުޅެނީ ގިނަވާނީ ރީދޫ މީހުންގެ ތަންތަން

  2. މަދީން

    ތިތަން ތަން ނަގައިފިއްޔާ ކިތަށްމެހާވެސް ރަނގަޅު. ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ގެ މަސްލަހަތު އެކުލެވޭ 3 ތަން އެބައިން. އަދި ހަމަ އެމް.ޑީ.ޕީގެ މޭސްތިރިންގެ ބައިވަރު ކެފޭތައް ތިތަނުގައި ގިނައީ. މިފަހަރު ތިތަންތަން ނަގައިފިއްޔާ އެޗް.ޑީ.ސީ އަށް ސުކުރު ހައްގު. މިހާރު ތިއިން އެއްވެސް ތަނަކުން ދައުލަތަށް ކުއްޔެއްނުލިބި ރައްޔިތުންނަށް ބޭނުންއަގެއްގަ އެއްޗެހި ވިއްކަމުން ވިޔަފާރިކުރަމުން އެގެންދަނީ!

  3. ސަޓޯ

    ލާއިންސާނީ ބާގީ ސަރުކާރު އިސްތިއުފާ

    1
    1