ބ.ކަމަދޫގައި ބަލިމަޑު ކަމެއް ފެތުރޭތީ ކުދިން ސްކޫލަށް ދިއުން ހުއްޓާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ކަމަދޫ ސްކޫލުގެ ބެލެނެވެރިއަކު ބުނީ ހުމާއި ރޯގާ އާންމުވެ އެރަށު ސްކޫލަށް ކިޔަވަން ދަނީ ވަރަށް މަދު ކުއްޖެއް ކަމަށެވެ.

"މިހާރު ހަފްތާއެއް މި ވަނީ މި ކަންކަން މިހެން ހިނގާތާ, މިއަދު ވެސް ސްކޫލަށް ކިޔަވަން ދިޔައީ 30 ވަރަކަށް ކުދިން ދުވަހެއް ދުވަހަކަށް މިދަނީ ސްކޫލަށް ދާ ކުދިން މަދުވަމުން " ކަންބޮޑުވުން ހިއްސާކުރި ބެލެނެވެރިޔާ ބުންޏެވެ.

ބަލި މަޑުކަން ފެތުރި ކަމަދޫ ސްކޫލުގެ ބެލެނެވެރިން އަންނަނީ އެ ސްކޫލު ބަންދު ނުކޮށްގެން ޝަކުވާ ކުރަމުންނެވެ.

ބެލެނެވެރިންގެ މި ޝަކުވާތަކާއި ގުޅިގެން މައުލޫމާތު ހޯދަން ކަމަދޫ ހެލްތް ސެންޓަރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިދުވަސްވަރަކީ ރޯގާ އާއި އިންފުލުއެންޒާ ރާއްޖޭގައި ގިނަ ދުވަސް ވަރަކަށްވާތީ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އިންފުލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ގިނައިން ރިޕޯޓް ކުރަނީ އިންފުލުއެންޒާ ބީ ކަމަށް އެޗްޕީއޭ ގެ ތަފާސްހިސާބް ތަކުން ދައްކާ ކަމަށް އެ އެޖެންސީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލިން

    ތިރަށުގެ އެންމެ ބޮޑު ބަލިމަޑުކަން ތިޔަ ހުރީ ކައުންސިލްގެ ރައީސްގެ މަގާމުގަ މިހާރު.. ސައިކޯ ގޮލަޔަކު ކައުންސިލަށް ހޮވައިގެން ކުރިޔަށް ކަނޑާނި ކިހިނެއްތޯ؟

    21
    1
  2. އޭނާރކީ

    މަކަރު. ހުސް މަކަރު. ސަރުކާރާ ދެކޮޅު ހެދުމަށް ކުރާ ކަިންތައްތައްތީ. މި ރަށަކު ނެތް ބަލި މަޑުކަމެއް.

    3
    31
  3. ޞަޙީފާ

    ވޯޓުން ވައްކަންކޮށްގެން ފޭރިގެންފައިވާ ވެރިކަމެއްގައި އަމާންކަމެއް ނޯންނާނެއެވެ. އަށްމަސް ވީއިރު ހިތާމަވެރި ބިރުވެރި ޙާދިޘާއެއް ކުރިމަތިނުވާ ދުވަހެއް ނާދެއެވެ. އިޤްތިޞާދީރޮގުންނާ ޢުމުރާނީ ރޮގުން ދިވެހި ޤަވްމު މިދަނީ އިނދަޖެހެމުންނެވެ.

    47
    6
    • ތަކުރު

      ޔާމީނު ޖަލައްލީމަ ހުރިހާކަމެއްވެސް ރަގަޅުވާނެ، މައިތިރިވެ ބަލަން ހުރޭ މާގިނަ ދުވަހެއް ނުވާނެ، ވަގު ހިފާކައް..

      7
      35
  4. މުޖައްރިބު

    ކިޔެވެލި ކިޔަވާފައި ރަށްވަށާ ކަތުރާނިން ދުން އަޅަނި ކޮށްތިޔަކަމުން މިންޖުވެދާނެ!

    5
    5
  5. ކޮބާ

    މިހާރު ހެލްތު މިނިސްޓްރީގެ ހުރީ ނިދާފަ ހުރި ބީތާއެއްތަ؟

  6. އަލީ

    ކޮބާހޭ ބާ އަތޮޅު ހޮސްޕިޓަލް ގެ ވެރިން ނިދަނީތަ މިހާ ވަރު ވެގެން ދާއިރު. އިސްތިއުފާ ދީފަ ގޭގަ ތިބޭ