ރައްޔިތުންގެ މަޖިލީހަށް ލައި ޑިޓެކްޓަރއެއް ހަދިޔާކޮށްދިނުމަށް ޕްރޮފެސާ ހަަސަން އުގެއިލްގެ ކިބައިން ކާށިދޫ ދާއިރަގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްވަމުން ޖާބިރު ވިދާޅުވީ، މަޖިލީހަށް ލައި ޑިކެޓްރެއް ބޭނުންވާ ކަމަށެވެ. ޖާބިރު ވިދާޅުވީ، މަޖިލީހުގައި ދޮގު ހަދާ މީހުން ބަލަން ލައި ޑިޓެކްޓަރެއް ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނީ ޕްރޮފެސަރ އުގައިލްއަށް ކަމަށެވެ.

"ވަރަށް ރަނގަޅު ޕްރޮފެސަރެއް ހުންނާނެ ދިވެހި ރާއްޖޭގައި، އުގައިލް. ލައި ޑިޓެކްޓައެއް އަޅުގަނޑުމެން އެބަ ބޭނުންވޭ، ތަހުގީގެއް ހިންގާ ބަދުނާމެއް ބޮލުގައި އަޅުވައިގެން ނުވާނެ އެއްވެސް މީހެއްގެ، ރާއްޖެ ހުއްޓިދާނެ އެހެންވިއްޔާ، ވަރަށް ކަންބޮޑުވޭ އަޅުގަނޑު". ޖާބިރު ވިދާޅުވިއެވެ.

އިލްޒާމްތަކާއި ގުޅިގެން ވަޒީފާއިން މީހުން ވަކިވެދާނެ ކަމުގެ ބިރުއޮތްކަން ފާހަގަކުރަމުން ޖާބިރު ވިދާޅުވީ، ހިއުމަން ރިސޯސް މިހާ ދަށް ގައުމެއްގައި ވަޒީފާތަކުން ވަކިވެއްޖެއްޔާ ހިނގުން ހުސްކަމެއްގެ ތެެރެއަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އޮންނާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ވައްކަން ކޮށްފިއްޔާ ބަލަން ޖެހޭ ނިޒާމުން ބަލާފައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"އެހެން ނޫނިއްޔާ އަޅުަގަނޑުމެން ލައި ޑިޓެކްޓަރެއް ގެންނަން ޖެހޭނީ، މި ގައުމުގެ ރައްޔިތެއްކަމަށްވާ ޕްރޮފެސަރ އުގައިލް އެވެސް ތައްޔާރުކުރި، އަޅުގަނޑުމެންނަށް އޭގެ އެއްޗެއް ގެނެސްފައި ބަހައްޓަބަލަ، އަޅުގަނޑުމެންނަށް ހިލޭވެސް އެކަންކޮށްދީފާނެ، އަޅުގަނޑު ގޮވާލަން މިތަނަށް ހަދިޔާކޮށްދިނުމަށް ލައި ޑިޓެކްޓަރއެއް". ޖާބިރު ވިދާޅުވިއެވެ،

އަދި މަޖިލީހުގައި ކަންކަން ކުރަންވާނީ ވިސްނައިގެންކަމަށާއި، މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ދޮގު ހަދައިފިނަމަ އޭގެ ކަންކަން ނިންމަން ޖެހޭ ތަހުގީގީ އިދާރާތައް ހުންނާނެ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، މަޖިލީހުގައި އެއްވެސް ފަރާތަކުން ދޮގު ހަދައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އޭނާ ދޮގުހެދިއޭ ކިޔައިގެން އޭނާގެ ޖިސްމު ކަތިލައިގެން ނުވާނެ". ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑެއިލް

    ލައި ޑިޓެކްޓަރެއް އިންނާނެ މަޖްލިހުގެ ރައީސްކަމުގަ. އޭނައަށް އިނގޭނެ. ނަން ކިޔާލާ ގޮތުންވެސް

    59
    8
    • ޢަލީ

      ހަހަހަހަހަހަހަހަހަ ހަމަތެދެއްތީ ހަމަ އަސްލުވެސް މިވަރު މީހަކުނެތިގެން

      10
      1
  2. ަސދ

    އައްނި ފުރަތަމަ ބެދޭނީ. ޗައިނާ ސަފީރުވެސް އައްނިޔަށް ތީގެ އެއްޗެއް ހަދިޔާ ކޮށްދީފާނެ

    57
    3
  3. ބައްލަވާ ބަޖެޓް ނެތީތޯ މަޖިލިސްގައި

    ބޮޑެތި މުސާރަ އަމިއްލަފުޅަށް ކަނޑައަޅުއްވައިގެން ތިއްބަވާ ޢިއްޒަތްތެރި... ވަރަށް ޢިއްޒަތްތެރި ... މަހުޖަނުން ކޮން ހަދިޔާއެއް ކުރައްވާށޭތޯ ތިޔަ ވިދާޅުވަނީ .... ލައި ޑިޓެކްޓަރެއް ބައްލަވައި ގަންނަން ބަޖެޓް ނެތީތޯ މަޖިލިސްގައި؟ ކުރިންވެސް މިހާރުވެސް އޮންނަ ޘަޤާފަތަކީ ކޮންމެ ކަމެއް ވާއިރަށް 2ރުފިޔާ ބައި ލިބޭ ސިވިލް ސާރވިސް މުވައްޒަފުން މުސާރަ ކެނޑުން... އަދިވެސް ހޭފުޅުލައްވާކަށް ނުވޭތޯ މަޖިލިސް މެންބަރުން....

    27
    2
  4. މައިކާލޯ

    ލައި ޑިޑެންޓަރ އިން އެންމެ ފުރަތަމަ ޑިޑެކްޓު ކުރަންވީ ކަލޭ.

    16
    21
  5. އަލްޖިބްރާ

    ތިޔަފަދަ ޑިޓެކްޓަރެއް ވައްދައިފީވިއްޔާ އެންމެ ފުރަތަމަ ބޮޑިބޯނީ ޖާ !

    11
    19
  6. ހަސަދު

    މީނާގެ ސިކުޑީ ޓެސްޓު ކުރަން އެބަޖެހޭ. މަޖްލިސް މެންބަރުން ޝަރުތެއް ބުއްދި ސަލާމަތުން ހުރު އެއީ. ފަހަރުގައި ހިއްޕަވާ ބައެއްދިޔާ އެއްޗެތިންވެސް ސިކުޑި އުނިވެގެން ހިގައިދާނެ.

    11
    15
  7. ކަޅޭ

    ލައިޑިޓެކްޓަކު ނަމަނަމަ އަންގައިގަ ހަރުނުކުރާތި އެއިރުން އެއައްވެސް ކެއްނުވެގެން އެއްފަހަރުން ވާނީ ހަލާކު

    17
    1
  8. ހައި

    ތިޔަމަޖިލީހަށް ވަރަށް ބޭނުންބޮޑު އެއްޗެއްތީ އަބަދު އެހުންނާނީ އެބުރެ އެބުރެ ތާދޯ، މި ޤައުމަކުނެތް ތިޔަޢްވުރެ ދޮގުހަދާތަނެއް، ރައީސްގެ ގޮޑިއަށްބެލިއަސް އެވަރު.

    27
  9. ޑަރޭ

    ތިކަހަލަ އެއްޗެއް ބޭނުންކޮއްފިއްޔާ ސަލާމަތްވާނެ އެކަކުވެސް ތިތާކުނެތް.

    23
    1
  10. ކުއްބެ

    މުނާފިގުންގެ ސިފަ ނެތް މީހަކު ދައުލަތުގެ ވުޒާރާތަކުގެ އިސްވެރިންގެ ތެރެއިން ދައްކަބަލަ. ފުރަތަމަ މަޖިލިސް އިހަށް ބާއްވާ. ތިޔަ ތަނަކި ދޮގު ހެދުމަށް ގާނޫނު އަސާސީއިން ލައިސަން ލިބިފައިވާ ތަނެއް. އެއީ ކޮންމެ ފަދަ ވާހަކައެއް މަޖިލިސް ތެރޭ ދެއްކިޔަސް ކުށްވެރި ނުވާ އެއަށްް ދައުވާނުކުރެވޭ ގޮތަށް އޮންނަ އޮތުން.

    26
  11. ހުސޭނުބޭ

    އަޅުގަނޑު .......... އަބްދﷲ ޖާބިރު ............ ހެންވޭރު ތިމާވެށި ........... ލައި ޑިޓެކްޓަރ ކައިރީގައި ހަނު ..........

    22
    4
  12. Anonymous

    ޕްރޮފިސަރ ޕިޔާރޭލާލް އަކީ އޯލްއިންވަން ..އޭނަވެސް ހުންނަނީ އެގޮތަށް ހެދިގެން.

  13. ބޮނބި

    ??????

  14. ޖާބެރު

    މި ޖާބިރި ކަންތައްވެސް ހާދަބޮޑޭދޯ!