ސުޕްރީމް ކޯޓުފެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަރުކާރުގެ ފަރާތުންނެވެ.

އެ އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށް ކަނޑައެޅުމަށެވެ. އަދި މި ގެނައި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، އިތުރު ދެ ފަނޑިޔާރުން އެ ކޯޓަށް އައްޔަން ކުރާނެއެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.

2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބެވިއެވެ. ނަމަވެސް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ވަނީ ވަކިކޮށްފައެވެ. އެއާއެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ ފަސް ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު