ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)ގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ޕާޕާ ފަޔާޒް މައްޗަށް ދެ އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވަނީ ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލުމާއި ގުޅޮހެން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ހުކުމާއި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅިކަމަށް ބުނެ 2016 ވަނަ އަހަރު ވަނީ ދެ އަހަރާއި ތިން މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ.

މިއަދު ހައިކޯޓުން ވަނީ އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފައެވެ.

އޭނާގެ މައްޗަށް އިއްވާފައިވާ އެ ހުކުމް ތަންފީޒުކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ މިނިވަންވެފައެވެ.

ޕާޕާ ފަޔާޒްއަކީ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި ފަރާޔެވެ. ފަޔާޒް ވަނީ އެ ހުކުމާއި ހަމައަށް 27 އަހަރު ވަންދެން ސިފައިންގެއަށް ހިދުމަތްކޮށްފައެވެ.

ޕާޕާ ފަޔާޒް ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ 7 އޮކްޓޯބަރު 2015 ގައެވެ. އޭނާ ވަޒީފާއިން ވަކި ކުރުމަށްފަހުވެސް ކަޅުތުއްކަލާ ކޮށީގައި ސިފައިންގެ ބަންދުގައިވެސް ބަހައްޓާފައި ހުއްޓެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނޫނޭ

  ވަރަށް ތެދުވެރި ސަރުކާރެއް ދޯ މުޅި ޤާނޫނަށް ހިތުހުރި ގޮތެއްހަދަން ފައްކާ ... ސަރުކާރެއް

  23
  1
 2. ޅަބޭ

  އޯއް ޕާޕާޕޯ. ތިއޮތީ ބުރިގޭޑިޔަރުކަން ގެރެއްޓީ ޔަގީންވެފަ. މޭޖާ ޖެނެރެލް ސިޔާމު ދެން ގެޔައް ކަނޑާލާ.

  1
  6
 3. އަމީން

  ބަލަ އަދިވެސް މި ހުރިހަަ ކަމެއް ނިއުޅެމުން ދިނުމުގެ އަސްލަކަށްވާ 1 ފެބްގެ ހުކުމްގައި ބައިވެރިވި 2 ފަނޑިޔާރުން އަދިވެސް ތިބީ ގޭގައި. ސިޔާސީ ދައުވާ ކުރި އެންމެން ސަލާމަތް ވިއިރު އެމީހުން އެތިބީ ބަންދު ގަ. ހެއްވާ ކަންކަން

 4. މިއަދު

  7 އޮކުޓޫބަރ 2015 އިންފެށިގެން މިއަދާހަމަޔަށް ޕާޕާ އަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކުގެ އިތުރުން ވަޒީފާގެ ކުރިއެރުންވެސް ދޭންފެނޭ މީގެއިތުރުން ޕާޕާ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލެއްގެގޮތުން ދުވަލަކަށް 500 ރ ގެރޭޓުން ބަދަލުވެސް ދެންފެނޭ މިއީ ހެޔޮވެރިކަމެއްކުރުމަކީ ޤާނޫނު އެއްފުށްމިފުށަށްޖަހާ ޙުކުމްތައް ނެރެދެއްވުން މިދާވަރުންދާނަމަ ކޯޓުތަކުން ޙުކުމްކުރާނެ 3 ނޮވެމްބަރުގެ ހާދިސާއަކީ ހިނގަފައިވާ ހާދިސާއެއް ނޫންކަމަށް

  2
  1