ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޮނުވި ސިޓީ އެ ބޭންކުން އާއްމުކޮށްފިއެވެ.

ބޭންކް އިން ނެރުނު ބަޔާނެއްގައި މި ސިޓީ އާއްމު ކުރުމާއި އެކު ބޭންކާއި އާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އިތުރުފުޅު ހެއްދެވިކަން ވަނީ ހާމަވެފައެވެ.

ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މަޖިލިސްއަށް ފޮނުވި ސިޓީގައި އޮތީ ބައުންސް ޗެކަކަށް ވާނެ ގޮތުގެ ވާހަކަ ކަމަށެވެ. އަދި ޝަރީފް އޮޅުވާލާފައިވާ ކަމަށާއި އޭނާގެ މައްސަލަ ތަޙްޤީޤް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ ނަމަވެސް ބީއެމްއެލްގެ ސިޓީގައި ބައުންސް ޗެކެއްގެ ވާހަކަ ނެތެވެ.

"ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އަދި މަޖްލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެއެވެ." ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މަޢުލޫމާތު ތަަކަށް ބަލާއިރު، ބޭންކުން މަޖިލިސްގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅުނު ސިޓީގައިވާ މަޢުލޫމާތުތައް "މާނަ ކުރުމުގައި ތަފާތުތަކެއް" ހުރި ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ހުޅުރާއްޖެ

  މި ގައުމުގައި އެމީހަކު ހެދި ދޮގުތައް ގިނަކަމުން އެ ދޮގުތައް އެއްކޮށްފައި އުމަރު ކިޔާ މީހަކު އެއޮތީ ދެ ފޮތް ނެރެފައި. މިވަރުންވެސް ގައުމުގައި ދޮގު ހަދަނީ ކާކުކަން އޮޅިފައި އެބައޮތްތަ. މި ގައުމުގެ ތާރީޚުގައިވެސް މީހަކު ދޮގު ހަދައިގެން ދޮގުގެ މައްޗަށް ފޮތެއް ލިޔެފައި މިނޫނިއްޔާ ނޯންނާނެ.

  130
  3
 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތިމީހަކު ތީ ތެދެއް ހެދެން އޮތަސް ދޮގެއްނޫނި ހަދާ މީހެއްނޫން.. ތީ ހަމަ ފައްކާ މުނާފިގެއް..

  134
  7
 3. ސަލްވާ

  ތިފުރޭތަ ދުވަހަކުވެސް ތެދެއް ނަހަދާނެކަން އެއީ އެންމެންވެސް ދަންނަކަމެއް

  124
  9
 4. އަބްދޫ

  ނިލަންދޫ މީހުނަށް ބައުންސް ޗެކް ދޫކުރީ ކާކު

  73
  2
 5. ޢަލީ އަޙުމަދު ވަހީދު

  މަޖިލީސް ރައީސް ވިސާޅުވި ގޮތަށް ނަޝީދުގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އަޅަން ކެރޭވަރުގެ އުރަތްޕެއް މިއަދު ދިވެހި ދައުލަތަކު ނެތް. ޓި ފޮގުހެދި މައްސަލައިގަ ވެސް ރައީސް ޔާމީނަށް ދައުވާކުރާން ފެނޭ.

  84
  3
 6. Anonymous

  ނަޝީދު ކަލެއަކީ ނުބައި ނުލަފާ ޖައްބާރެއް. ދޮގުހަދައިގެން ކަލޭގެ ހުރި މުނާފިޤުކަން ހާމަކުރޭ.

  71
  2
 7. ަސދ

  ބޭންކް ދަރިޔާ އެވެ.
  ތިބުނާ ރައީސް އިތުރަށް މިގައުމުގެ ރައްޔިތުންނަށް ކިޔައި ނުދިނަސް އެއްމެ ރަނގަޅު.
  އެއީ ހިނދުކޮޅު އަންނަ ކުއްޖެއް

  67
  2
  • އެމް އެމް އޭ

   ނޫން! ބޭންކުން އެ ކަން އެކުރީ އެކަން ކުރަން އޮތް އެއްމެ ރަނގަަޅަށް.

   25
 8. މައިދަންޑާ

  ނަށީދު ށަރީފު ކަނޑާލާފަ ވޯޓުހޯދަން އައްޑޫއަށް ނާންނާތި ފަސްފަހެތިން ވޯޓު ކަންތަށް ނިންމާލާނީ

  21
 9. ޙަސަނު

  ބޮޑު ދޮގު ކައްޒާބު އިންނާނެ މަޖިލީހުގެ ރައީސް އަކަށް މިހާރު

  40
  1
 10. ނަވާރަ

  މުނާފިޤަކު ދޮގެއްހެދެންއޮއްވާ ތެދެއްނުހަދާނެ

  37
  1
 11. ބޯބުރާންތި

  ނިކަން ކޮއްބަލަ ކާކުތަ ނަށީދު ދެކެބިރުންއުޅެނީ އަހަރުމެން ހިތަކަށްނާރާ ކަހަރުވަކެކޭވެސް ށަރީފު ނޮއޮންނާނެ ވައްކަމެށްކޮއްފަކާ އޭނަބަފާޔަކީވެސް ވަގެށްނޫން އާއިލާގަވެސް ވަގެށްނެތް ތިމަން މަނިކުފާނު ވެލާނާގެއިން ވައްކަންކޮއްގެން ޖަލައްލީ ވަގައް ހީވަނީ ށަރީފަކީ ވަގެއްކަމަށްދޯ....؟

  27
 12. ޢިޔާބު

  މީ މިގައުމުން ބޭރުކުރަންޖެހޭ ހާއިނެއް.

  45
  2
 13. އޮނު

  މިހާރުން މިހާރަށް މި ނަޝީދުއޭ ކިޔުނު ވަގުކަލޭގެ ހައްޔަރުކޮށް ދޮގުހެދި މައްސަލަ ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަން.

  25
 14. ސިޓީ

  ކޮބާތަ ތަޔަ އާންމުކުރި ސިޓީ

  15
  1
 15. ކަމަނަ

  ނިތުކުރިން ކާފިރު ފެންނަން ނެތަސް ތީހަމަ ފަހު ޒަމަާނުގެ ދައްޖާލެއް.އިންސާނުންނަށް ދޮގު ތެދުގެ ގޮތުގައި ދައްކާ ދުގު ޢާްއްމުކޮށް، ތެދާއި ދޮގު ވަކިނުވަާވަރު ކޮށްފި.

  25
 16. ސަޓޯ

  މުޅިން ދޮގު. ޙުސް ދޮގު.. ހާދަދޮގު ހަދާ އެއްޗެކޭ މިއަންނި އަކީ... ރައްޔިތުންނަށް މިހާ ދޮގުހަދާކައް ނުވާނު...

  17
  1
 17. ބޮލީވުޑް

  ނަޝީދު އާއި އެމްޑީޕީ ކިޔާ ބައިގަނޑަށް ނޫނީ އިންސާފުވެރިކަމާއިއެކު ތެދުބަހުން ވާހަކަދައްކަންނޭނެގޭނެ. ދެންތިބެނީ ހުސްވަގުން. ދޮގުހަދާމީހުން. މީނަ ކަނަޑާލަން ވެއްޖެއްޔާ ކޮންމެފަދަ ވާހަކައެއްވެސް ބޮލުގައި އަޅުވާލާނެ. މީނަ އަށް އެނގޭނެ މީނައާ އިދިކޮޅު މީހުންވެސް.އެހެންވެގެން ވެގެން އުޅޭގޮތަކީ އެއީ. ދެން ކަނޑާލާނީ ޝަރީފް. އޯގާތެރިސަރުކާރު.އެކަމަކު ނަންވާނީ ޔާމީން. ޔާމީން ވެރިކަން ކުރީ އިދިކޮޅުމީހުންނާ އެއްކޮޅުމީހުންވެސް ތިބިކަން ދަނެގެން. އެމީހުންނަށްވެސް އިޙުތިރާމް ކޮށްގެން.

  13
 18. ޚަދުރު

  ކޮބައިތެ ސިޓ؟

 19. ޑީޑީ

  ތި ގަންޖާބޯ ދުވަހަކު ތެދެއްނަހަދާނެ ތީ މިރާއްޖެއަށް ފާކުރައްވާފަ ހުރި ބިރުވެރިކަމެއް