ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ބީއެެމްއެލްއިން ދެންމެ ނެރުނު ބަޔާނެއްގައި ނަޝީދުއަށް ފޮނުވި ސިޓީ އާއްމު ކުރުމުންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ޝަރީފްގެ ސިޓީއާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ބެއްލެވިއިރު، ޝަރީފް އެ ކޮމިޓީ އަށް އޮޅުވާލައްވާފައިވާ ކަން ސާފުވެފައިވާ ކަމަށެވެ. އަދި ޝަރީފްގެ ސިޓީގައި އޮތީ ބައުންސް ޗެކަކަށް ވާނެ ގޮތުގެވާހަކަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަ ދޮގުކޮށް މިއަދު ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖްލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އަދި މަޖްލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެއެވެ", ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ބީއެމްއެލްއިން މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، 16 ވަނަ ދުވަހު އެ ބޭންކްގެ ދެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި މައުލޫމާތުތައް ހާމަކޮށްފައި ވަނީ އެ ދުވަހާއި ހަމައަށް އެ ބޭންކުގައި ހުރި ރެކޯޑްތަކުގެ އަލީގައި ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމަށްފަހު އެ ބައްދަލުަމުގައި ދެކެވުނު ވާހަކައަކާއި ގުޅިގެން މީސް މީިޑިއާގައި ދައުރުވަމުން ދިޔަ "ނޮޓް-ނެގޯޝިއަބަލް"މިހެން ލިޔެފައިވާ އެޗްއެސްބީގެ ޗެކެއްގެ އެ ބޭންކްގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ ސިޓީގައި ވެެއެވެ.

އަދި އެ ޗެކާއި ގުޅޭ މައުލޫމާތުތައް އެ ސިޓީގައި ހިމަނާފައި ވެއެވެ. އެހެން ނަމަވެސް އެ ސިޓީގައި އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގައި ނަޝީދު އިތުރުފުޅު ހެއްދެވިކަން މި ވަނީ އެނގިފައެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ،މަޖްލީހަށް މި ބޭންކުގެ ފަރާތުން މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން، އެ މަޖްލީހަށް މައުލޫމާތު ދެއްވާފައިވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަަމަށެވެ. އަދި މަޖްލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ކަމަށެވެ.

"އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭ ގޮތުން މި ބޭންކުގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހްގީގް ހިންގާފައިވަނީ މި ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެންނެވެ. ނޮވެމްބަރުު 2016 ގައި ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް މި ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންނެވެ. އަދި މި ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް މި ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފައެވެ". ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

ބީއެމްއެލްގެ އެ ބަޔާނުގައި ބުނެފައި ވަނީ، ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މިބޭންކުގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާކުރަން ވަނީ ފަށާފައިވާކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، އެމްްއެމްޕީއާރުސީ ގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރުވެސް މި ބޭންކުން ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މި މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފަރ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުވެސް ހިމެނޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"މަތީގައި ދެންނެވުނު ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާާމުގެ ތެރެއިން ހިންގިފައިވާ މިފަދަ މުޢާމަލާތްތައް ތަހްގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، މި ކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ މި ބޭންކުން އެދޭގޮތް ކަމުގައި ދަންނަވަމެވެ". ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. Anonymous

    ހަމައިން ނެއްޓިފަ ހުންނާނީ. ޢެކަހަލަ ގަޑިގަޑީގަ އެފަދަ ވާހަކައެއް ދެއްކިއަސް އެކަން އެހާ ސީރިއަސްކޮށް ނުނަގާތި. ޢެހެން ދިމާވެދާނެ.

    104
  2. ޙފ

    ކެނެރީގޭ ނަޝީދު ދޮގުހަދާކަން އެއީ ހާމައަށް ފެންނަން އޮތްކަމެއް. މަށަށް ވަރަށްއުދަގޫ އެހެންނަމަކުން ނަޝީދަށް މުޚާތަބު ކުރަން. ކުރީގެރައީސް. މަޖިލިސްރައީސް. ހުރިހާނުބައިކަމެއްގެ ރައީސް. ދޮގުރައީސް. މިހުރިހާއެއްޗެއް ކިޔަންއެބަޖެހޭ. ބޮޑުއުދަގުލެއްނު.

    119
    4
  3. ސަލީމް

    ޝަރީފުއަށް އިތުރުފުރުސަތުދިނުމައް ރައީސް ނަޝީދުއަށް އިލްތިމާސްކުރަން

    63
    4
  4. ޏ

    ހީވޭތަ މަޖްލިހުގެ ރައިސް ގެ އިތުރުފުޅަށްފިޔަވަޅެއް އަލައިފާނެހެން މިކަލޭގެ ނުވާނެ ކުށްވެރިއެއް .ދުވަހަކު ކުރާކަމަކަށް އަގައިން ކެކިއުތުރިއަރާދޮގަކަށް ޒިންމާނަގާނެ މީހެއްނުންތިއީ ދޮގެކޭބުނާމީހަކު ކުށްވެރިވެފަ އަޅަންވާފިޔަވަޅެއް އަޅާނީ .އަގައިން ބަންޑުންވާވަރަށް ދޮގު ހެދުނަސް ޒިންމާއެއްނުވާނެ އެހެންމީހުނައް ފިޔަވަޅު އަލާށޭ،އަލާނަމޭތިޔަ ކިޔާގޮތަކަށް ތިމަން މަނިކުފާނައް ފިޔަވަޅު އަލާށޭވެސް ކިޔާބަލަ .މިވަރަށް ދޮގު އުތުރިއަރާތީ ..

    89
    2
  5. ާެައަލީ

    މަޖުލިސްގެރައީސް ދޮގުހެދިމއްސަލބަލާ ސަރީއަތަށް ފޮނުވަންވީ

    94
    1
  6. ކުރަނގި

    ނަހަދާނެ ނަހަދާނެ ދޮގެއް އެއީ ސިއްދީގެއް އަދި ހޯމްމިނިސްޓަ އަކީވެސް އަފްރާޝީމް މަރާލި މައްސަލައިގެ ކިތާބީ ހެކި ގައުމު އެއްކޮށްގެން ހުރެ ދައްކާ އެ ޖަމަލުފޮޑިއަށްވި ކަން ހާމަކޮށްދިން ސިއްދީގެއް. ކާށިދޫ ދޮންވެލިކާ ބޭބެ އަކީ ވެސް ސިއްދީގެއް. އަދި ފޮރިން މިނިސްޓަ އަކީވެސް ސިއްދީގެއް . ޓޫރިޒަމް މިނިސްޓަ އާއި ޔޫތް މިނިސްޓާ އާއި ހައުސިން މިނިސްޓަ އަކީވެސް ހަމަ މިވެރިކަމުގެ ސިއްދީގުންގެ ދަރަޖަ ލިބިފައިވާ ސިއްދީގުން. ލަދުން ދެފައި ގާތްނުވާ ހިސާބަށް މިގައުމުގެ ކަންކަން ގޮއްސި.

    84
    1
  7. ހުސޭނުބޭ

    އުނހު! ތިއީ ބޮލުގައި ބަޑި ޖެއްސީމާ މަޖުބޫރުން ހެދި ދޮގެއް! ކެކެކެކެކެކެކެކެކެކކކކ

    91
    1
  8. މޮހަނު

    ނަޝީދު މަޖްލީހުގައި ދޮގުހެދު މައްސަލަ ވެސް ބަލަން ޖެހޭނެ

    92
    1
  9. ނިކަން ކެރިބަލަ

    މަޖުލިހުގެ ރައީސުގެ މައްސަލަބަލާ ފިޔަވަޅު އަޅާނީ ކޮންވުޒާރާއަކުންތޯ؟އިސްތިއުފާދީ ރައްޔިތުންނަ އޮޅުވާލީ.. ސްޕުރީމު ކޯޓުން މަޖުލީހާމެދު ފިޔަވަޅު އަޅަންނުވޭތަ؟މޑޕ ދެކެ ބިރުން ފަޑިޔާރުން އާޙިރަތް ހަދާންނައްތާލާފި.. ބިރުގަންނަވީ ﷲއަށް.. ކޮން މޑޕއެއްތަ.. ހިއްވަރުހުރެގެން ﷲއަށް ވާގިއެދިގެން ނިކަން މިގައުމު ހަމަޔަކަށް އަޅުވަން ފަޑިޔާރުން ނުކުމެބަލަ.. ރައްޔިތުން ތިބިގޮތް ރީތިކޮށް ފެންނާނެ.. ރީދޫ ކުލަ ދުރަށް ފެންނާނީ އެހެން ކުލަތަކަށްވުރެ ބޮޑުކޮށް އެކަމަކު ދިވެހި ދިދައިގެ ރަތްކުލަ އެއަށްވުރެ މާގަދަކޮށް ފެންނާނެ..

    31
  10. ކެޔޮޅު

    އިމްރާނުވުން:
    " ހާމަކުރާ މަޢުލޫމާތު ތެދުނޫންކަން ފަޅާއެރުމުން އެއީ އޮފީހުން ލިބެންހުރި ނުވަތަ އޮފީހުން ފޯރުކޮށްދިން މަޢުލޫމާތައްވުން"

    26
    3
  11. އދ.

    މިވަނީ، ކީއްތޯ މަޖިލީހަކުން ނުބަލާނެ، ފަނޑިޔާރުން ނުބަލާނެ، ފުލުހުން ނުބަލާނެ، ސިފައިން ނުބަލާނެ، ބަލަންޖެހޭނީ، ރައްޔިތުން،

    48
    1
  12. ޢެދުރު

    މަޖްލިހުގެ ނާއިބުރައީސް އައްކެރޭނެބާ ދޮގުހަދަންޏާ އެފަރާތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދޭން ޚާއްސަކޮއް ޢާއިލީ މަޖްލިހުގެ ރައީސްއައް

    23
    2
  13. ހަސަންކޮއި

    ދޮގުހަދާނެ.ފިތުނަހަދާނެ.ދީނަށްފުރައްސާރަކުރާނެ.ހުޅަހާނެ

    26
    1
  14. ބުރޯ

    މަޖިލީހުގާ ދޮގު ހެއްދެވުމުން ނަސީދު ގެ މައްސަލަ ފުލުހުންތަހުގީގު ކުރަން ނުޖެހޭނެތަ ؟

    27
    1
  15. ބބ

    މާތްކަލާކޯ މިކަލޭގެ އަވަހަށް މިޤައުމުން ބޭރުކުރޭ މީމިޤައުމުގެ ހަލާކު

    32
    1
  16. މެގަވޯޓު

    ތިޔަގޮލާގެ ވާހަަކަ ނުވާނެ ވޮއްއަލިވާ ހިސާބުގަ ދައްކަންވެސް.

    31
    2
  17. ބަރުގޮނު

    ނަޒާހަތްތެރިއަކަށްވަންޏާ ދޮގު މަޢުލޫމާތު ހާމަކިރިކަމަށް ޤަބޫލުކޮށް މިކަމާމެދު މަޖްލިސުން އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އަޅާދޭން އަމިއްލަޔަށް އެދެންވީނޫންތޯ...؟؟؟؟ ރާވެރިންގެ ދަރިންނަށްވެސް ތިނެތިން އެކެތި އޮންނާނެ ވާހަކަ ދައްކާ ގޮތަށް ، ކުށަށް އިޢުތިތާފުވެ އެކަމުގެ ޢުޤޫބާތް ލިބިގަންނަން އަމިއްލަޔަށް ފަޑިޔާރުގެއަށާ ނައިބުގެޔަށް ދިޔަވާހަކަ ( " ރޯދަޔަށް ތެޅުން " ކަމަށް ކިޔާ ވާހަކަ ) ވެސް ދައްކަވާލެއްވިއްޔާ ރަގަޅު.

    17
    1
  18. މުގުރާން

    މަޖިލީހުގެ ރައީސްކަން ތިކަހަލަ ދޮޅުރޯނާއަކަށް ދިނީމަވެސް އެބައެނގޭ ތިޔަމަޖިލީހުގެ ހާލަތު ؟ އިޚްލާސްތެރިކަމާއެކު އެއްވެސްކަމެއް ނުކުރާނެކަމުގެ ތައްގަނޑެއް ތިގޮނޑީގަ ޖަހާފަ ތިހުރީ؟؟

    20
    2
  19. ނަންނުގަތި

    ނަޝީދު އޮރިޔާމާ މަގުމަތީ ދުވިޔަސް ނަޝީދުގެ ސަޕޯރޓަރުން ހަމަ ދޭނީ ތަރުހީބު،ތިހެން އަދި ދޮގެއް ހަދާލިއްޔާ ވާނީކީއް؟

    27
    1
  20. މުރާދު

    13 އަހަރުގެ ޖަލުހުކުމްއައިސް ބޮވޭނޭ 24 ގަޑީއިރު ހަމައިގައިނުތިބޭނޭ ހުރިނުލަފާކަންއަންގާލާނެ
    ކަމަށްބުނުއްވާ ކަނާތުން

    24
    1
  21. ލޯކަ!

    ތިކަލޭގެ ތީދުވަހަކުވެސް ތެދެއްބުނިމީހެއްނޫން! ދޮގުހެދުންފިޔަވައި އެހެންކަމެއް ކުރަންދަންނަމީހެއްވެސްނޫން! ޗައިނާގެ ބޮލުގައި ދޮގުތުހުމަތުތަކެއް އަޅުވައި އަނގައިން ބޭރުކުރަމުން ދިޔައަޑުތައް، ޗައިނާގެސަފީތުގެ އެންމެޓުވީޓަކުން ބަންދުވެ، އެއަޑުތައް އެނާގެ ފޫކޮޅުން ނިކުމެ ވަސްނުބައިވެ، އަނގަ ޗޭކޮށްގެން ހުރިތަން އެންމެންނަށް ވާނީފެނިފައެވެ. ބީއެމްއެލް މަސްއަލާގައިވެސް މިވީ ހަމައެހެންނެވެ. މަޖިލިސްގެ ރައީސްގެ ގޮނޑި، ފޮޑިއަށްވެ ނިމުނީއެވެ.

  22. ބޮކި

    ކަލޭމެންގެ ބޮޑު ވަގު ކިތައް ދޮގު ހެދިންތޯ........

    2
    8
  23. ބޮލި މުލައް

    އޭނަގެ މައްސަލަވެސް ޕޮލިހަށް ފޮނުވަބަލަ

  24. މުރާދު

    ހަރުބަހެއްގައިބުނޭ ހަރުބަހެއްގައިބުނެފައި ނުވިނަމަވެސް ހަގީގަތަކަށްވެދާނެ ''ކަށީގައިިހިފައިވާކަމެއްހަރުލާފައި ހުރެދާނެކަމަށް'' މިހެންމިބުނީ މީގެކުރިންވެސް އިތުރުފުޅުހެއްދެވިކަން ހާމަވެފައިވާތީއެއީ ވެރިކަމުން އިސްތިއުފާދިނީ ބަޔަކުބަޢާވާތްކޮށްގެންކަމަށްބުނުމާ ބޮލުގަފިސްތޯލަޖެއްސިކަމަށްނަމަވެސް މައްސަަލަތަހުގީގުކޮށް ބަގާވާތެއްނޫންކަމަށް ކޯނީގެ ރިޕޯރޓްގައިވެސް ނިންމާފައިވޭއަމިއްލައަށް ވެރިކަމުން އިސްތިއުފާދީ ބަޢާވާތެއްކަމަށްބުނުމުން މިކަމުގެރުޅީގައި އެތަށްތަނެއްގައިހުޅުޖަހާއަންދާ ބޮޑެތިގެއްލުންތަކެއް ގައުމަށް ބަޔަކުކުރަމުންދިޔައިރު އެފަަދަކަންތަށްނުކުރުމަށްވެސް
    ބުނުއްވާފައިނެތުމުން ރަށްޔިތުންނާ ގައުމަށް ހެޔޮެނެއެދޭކަން ހާމަވޭ މިފަދަމީހަކު އިތުރުފުޅެއް
    ހެއްދެވުމަށް ........

  25. ދޮގުބަރި

    މިކަލޭގެ ދުވަހަކުވެސް ދޮގެއްހެދެންއޮއްވާ ތެދެއްނަހަދާނެ އެއީޝައްކެއްވެސްއޮތް ކަމެއްނޫން

  26. ފަތިފުއް

    إنمايفتر الكذب الذين لايؤمنون بآيات الله ދޮގުހަދާކަން ކަށަވަރީ މާތް ﷲ ބާއްވާލެއްވި آية ތަކަށް إيمان ނުވާމީހުން ނެވެ. ނަސީދޫ

  27. އަޙްމަދު

    މިކަލޭގެ ނަހަދާނެތެދެއ