ދާދި ފަހުން އިންޑިއާ އިން ހަނދަށް ފޮނުވައިލި ޖައްވީ އުޅަނދު ޗަންދްރަޔާން 2 ކާމިޔާބު ކަމާއި އެކު އުދުއްސައި ލުމުން ދިވެހި ސަރުކާރުން އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް މަރުޙަބާ ކިޔައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިކަމަށް މަރުހަބާ ކިޔައި ޓްވީޓެއް ކުރައްވާފައި އިރު، އެ މިނިސްޓްރީން އިތުރަށް ވިދާޅުވެފައި ވަނީ މިއީ މިކަން ކުރުމުގެ ފަހަތުގައި ތިބި އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންނަށް ލިބުނު ކުރިއެރުމެއް ކަމަށާއި، އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީ ތަކަކީ އެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ. މި ލޯންޗާއި އެކު ޒުވާނުން ޖައްވީ ހޯދުންތަކަށް ޝައުގުވެރި ވާނޭ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އިން ޖައްވައް ފޮނުވައިލި އުޅަނދު ދިގު ރާސްތާއަކަށް ދަތުރު ކުރުމަށް ފަހުގައި، ހަނދުގައި ޖައްސާނެ ކަމަށް ބެލެވިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި އުޅަނދު ޖައްސަން ހަމަޖެހިފައި މީގެ ކުރިން އެއްވެސް ގައުމެއްގެ އުޅަނދެއް ޖައްސާފައި ނުވާ ހަނދުގެ ސަރަހައްދެއްގައެވެ. ހަނދުގެ މަތީ ފަށަލާގައި ހުރި ފެނާ މިނަރަލާއި ގަލުގެ ސާމްޕަލްތަކުން މައުލޫމާތު ހޯދައި އެއްކުރުމުގެ އިތުރުންވެސް އެތައް މައުލޫމާތު ތަކެއް އިންޑިއާގެ އުޅަނދުން ހޯދާނެއެވެ.

އިންޑިއާ އިން ފޮނުވައިލި ޖައްވީ އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގައި ޖައްސައިފި ނަމަ، އެ ގައުމު ވެގެން ދާނީ ހަނދަށް ދިޔަ 4 ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ އުޅަނދުތަށް ވަނީ ހަނދަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސީދު

    ޢިންޑިޔާމީހުނަ ހަނދައް ގޮސްގެން ކުރާނެ ތަހުލީލެއް ނޯންނާނެ ސަބަބަކީ އިންޑިޔާގެ ރޭޕް އާއި މީހުންމެރުމާއު ވައްކަންކުރުން އިންތިހާއައް އޮތްތަނެއް މިފަދަތަހުލީލުނުކޮއް ދެންކޮންހަނދަކުން އެއްޗެއްފެންނާނީ

    18
    • މޮޔައެނޮނިމަސް

      ސައުދީން ކީއްވެބާ ނުދަނީ

      3
      7
      • ހަބީބު.

        ސައުދީން ނުޖެހޭ ދާކައް ޔައުނީ ފުރިހަމަ މުސްލިމުންނައް އެނގޭ އަދިގުރުއާނުން އަންގަވާފަވެސް އެބަވޭ ﷲ ލެއްވި އިރުހަނދާ ތަރިތަކަކީ އެކަލާނގެ އިންސާނުންނައްޓަކާ ހިދުމަތް ކުރައްވާފަވާ ތަކެތިކަން ވީއިރު އިންޑިޔާ އައްމާބޮޑައް އައުލާކަންބޮޑު ގުރުއާންދިރާސާކޮއް ގެރިމަސްކާ މުސްލިމުން ހިމާއަތްކުރުން

    • ކެކެކެ

      ހެހެހެ. އެގޮލާ ވެއްޓިއްޖެ. ދިވެހި ރައްޔިތުން ދަނީ މަރުހަބާ ކިޔަމުން. ކަކަކަ

  2. ފަރިކަމަނަ

    ތިބޭކާރު ޚަރަދު ނޮކޮށް ފަގީރުންނަށް ކާންދިނިއްޔާ މާރަގަޅުވާނެ.

    15
  3. ބަނާނާ ސަރުކާރު

    ރާއްޖޭން މަރުހަބާ ކިޔަންޖެހޭނެނުން މިސަރުކާރުގެ ވައުދެ ފުއްދުމަށް އިންޑިޔާ ހަނދަށް އެދިޔައީ.. އިބޫގެ ވައުދެ ދުނިޔޭންބޭރުން ދިވެހިންނަ ކިޔަވަދިނުމަކީ އެކަންކުރުމަށް ކުރަންޖެހޭ ފުރަތަމަ ދިރާސާ އިންޑިޔާގެ އެކުރަނީ.. ދިވެހިން ދުނިޔެއިން ބޭރުންކިޔަވާނީދެން.. މިފަހަރުވެސް ހިލޭ ޑިގްރީއާ ލޯނާ ދިނެނުން..

  4. ޢިނގޭތަ

    މިސަރުކާރުން ތިޔަށް މަރުހަބާ ކިޔާނެ ، އިންޑިޔާ މީހުންނަށް ހަނދަށް ދެވިއްޖެއްޔާ ގެރިގުއި ގެންނާނެ އިބްރާހިމް މ. ސޯލިހު އަށް... ?