އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އެއާކޯން ކޮށްފައި ހުރުމުން ސަރުކާރުން ކަންބޮޑުވެއްޖެއެވެ.

ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހުންނެވި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ޔާމީންގެ ސަރުކާރުން ހޮސްޕިޓަލް ހަދާފައި ވަނީ ހިންގޭ ވަރަށް ވުރެ މާ ޚަރަދުބޮޑުކޮށް" ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި ހޮސްޕިޓަލް އެއާކޯންކޮށް، އެއްވެސް ތަނެއްގައި ފަންކާ ހަރުނުކުރާ ގޮތައް ހަދާފައި ހުރުމަކީ "ރާއްޖޭގެ މުޖުތަމަޢާ ނުގުޅޭ ކަމެއް" ކަމަށެވެ.

"ކިހިނެއްތޯ މިހެން ހޮސްޕިޓަލް ހިންގާނީ. މި ހޮސްޕިޓަލަށް ކަރަންޓް ދެވޭނެ ވަސީލަތެއް ވެސް ނެތް ގާއިމް ކޮށްފައެއް. ހުރިހާ ރޫމަކާއި ވޯޑެއް އަދި މުޅި ހޮސްޕިޓަލް އެއާކޯން ކުރުން އެއީ ރާއްޖޭގެ މުޖުތަމަޢުއާއި ގުޅޭ ކަމެއް ނޫން. ވަރަށް ބޮޑު އިސްރާފެއް ކޮށްފައި މިވަނީ. ވަރަށް ބޮޑު ބޭކާރު ޚަރަދެއް ޔާމީންގެ ސަރުކާރުން ކޮށްފައި މިވަނީ." އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ އައްޑޫ ގައި ސާކް ސަމިޓް ބޭއްވުމަށް ހެދި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އެ އިމާރާތް ކޮށްފައި ވަނީ ބެލެހެއްޓުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވާ ގޮތަށް. ޓާޝަރީ ހޮސްޕިޓަލެއް ހަދަން އެކަށީގެންވާ ތަނެއްގައެއް ނޫން އެކަން ކޮށްފައި ވަނީ. އެކަމަކު، އަޅުގަނޑުމެން މި ހޮސްޕިޓަލް ހިންގާނީ އެ ސަރަހައްދުގެ މީހުން އުންމީދު ކުރާ ވަރަށް ވުރެ ވެސް ރަނގަޅަށް،" "މިހާރު" ނޫހަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރ އަމީން ވިދާޅުވި އެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ހުރިހާ ބޮޑެތި މަސައްކަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމިފައެވެ. ޔާމީންގެ ސަރުކާރުން ވަނީ އެހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގަންނަން ފައިސާ ދައްކާ ތަކެއްޗަށް އޯޑަރު ވެސް ދީފައެވެ.

ޔާމީންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. ޔާމީންގެ ސަރުކާރުން ރާވާފައި އޮތީ މިއަހަރުގެ ކުރީކޮޅު ހޮސްޕިޓަލް ހުޅުވާށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ހޮސްޕިޓަލް ނުހުޅުވި ވަނީ ލަސްވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހަދަނީ ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. މުއާވިން

    ތިޔަ އިމާރާތަކީ އިރުން ހަކަތަ އުފައްދާ ނިޒާމް ހަރު ކޮށްފައި ހުރި އިމާރާތެއް. ކީކޭ މިހާރު ތިޔަ ކިޔަނީ...

    180
    • Anonymous

      އެކިޔަނީ، ދިވެހިންނަށް އެކަށީގެންމިންވަރަކީ، އޯބިޓް ފޭންއެކޭ. ކޮން އެއަރކޯންހޭ.. ދިވެހިންނަކީ، ބޭކާރު ބައެކޭ...

      179
      5
      • އާދަނު

        ދިވެހިންނަށް ޙައްޤު މިންވަރަކަށް ނޫނޯ އެތަން ހަދާފަ އެހުރީ... އެއާރކޯން ކުރުމަކީ ޖަޒީރާ ވަންތަ ސިފައެއްނޫނޯ... ރައީސް ޔާމީނުގެ ދުރުވިސްނުމާ އެއްވަރަށް މިސަރުކާރަކަށް ނުވިސްނެޔޯ.. ފައިސާ ހޯދާނެ ގޮތުގެ ވިސްނުމެއްވެސް ނެތޯ.. ފައިސާ ކޮޅެއް ދިރުވާލެވޭނެ ގޮތުގެ ވިނުމޯ މި ވެރިން ގެންގުޅެނީ... އެއްކަމެއްވެސް ކުރާކަށް ނޭގެޔޯ... ވވވވވ ކަޑަ ކުރިއަކަށް ނުކަޑާ..

        48
        1
      • އާދަނު

        މި ރާއްޖޭއަކީ މުއްސަނދި ތަނެއް ބޭރުގައުމު ތަކަށް ގޮސް އޮޅުވާލާއިގެ ލޯނު ނަގާ ބޮޑުން ކާންވެގެ މިތަން ފަގީރު ގައުމަކަށް ހަދައިގެން އުޅެނީ

  2. އިގްތިސާދު

    ބަލަ ރައީސް ޔާމީނަކީ ވަރައް މޮޅު ތަންދޮރުދަންނަގާބިލް ވެރިއެއް ދެން މިގައުމަކައް ނާނާނެ ގައުމުހަލާކު؟؟ ތިރީސް ބިލިޔަން ދިޔައީ ދުމަން ؟؟ ވީނުވީއެއްނޭގުނު؟؟

    173
    3
  3. ރުމޭޝިޔާ

    ނުތްވެއްނު؟ ދެން އިސްތިޢުފަދީބަލަ! ޔާމީން ނިންމަފަ އޮތީ ހޮސްޕިޓަލަށް ޚާއްޞަކޮށް 1.5 މެގަވޯޓުގެ ޖެނެރޭޓަރެއްގެނެސް މުޅި ހޮސްޕިޓަލަށް މުޅިން ވަކިން ކަރަންޓުދީ ވަކިން ދިއްލާގޮތަށް! މިއަދު ޔާމީންގެ ވެރިކަމެއް އޮތްނަމަ އެކަންތައް އޮތީހީ ނިމިފަ! ޢިމަރާތް ނިންމާ ޢިމާރާތަށް ބޭނުންވާ ހުރިހާ އެކުއިޕްމަންޓްސްތައް ގަންނަން އޯޑަރުކޮށް ފައިސާވެސް ދައްކާފަ އޮންނާނީ! 300 ޑޮކްޓަރުން ޓްރެއިންިންނަށް ވީ ފޮނުވާފަ! މިއަދު ތޔަ ތެޅެނީ އެތަން ހިންގާނޭގޮތެއް ނޭގިގެން! މާތްﷲ ދެއްވާ ނިޢުމަތްތަކަށް ފުރަގަސްދީ އެ ނިޢުމަތްތައް ލިބުމަށް މެދުވެރިކުރެއްވި ސަބަބު ނައްތާލުމުން ދެން ވާނީ ތިޔަހެން! އެއީ މާތްﷲ ގެ ވަޙީބަސްފުޅުގައި އަންގަވާފަ އޮތް ގޮތް!

    198
    4
  4. އައްޑޫ

    އައިޖީއެމްއެޗް އެމަޖެންސީ ރޫމުގަ ހުރިވައްތަރުގެ އޭސީ މުޅި އައްޑޫ ހޮސްޕިޓަލުގަ ހަރުކުރުމުން ކިހިނެއްތޯ ހުންއައިސް ރަތްވެފަތިބޭމީހުންނާ އަރިދަފުސް ރޯގާ ޖެހިފަތިބި މީހުން އެތާ އެތެރޭގަ ކެތްކުރާނީ. ރައީސް ޔާމީނަށް ނިކަމެތި ބަލިކަށި ރައްޔިތުން ދަސްވާނީ ކޮންދުވަހަކުންބާ.

    13
    228
    • ކަނބާ

      އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ހުންނަ އޭސީއަކީ ފިނި މަޑުކުރެވޭ، އަދި ކަރަންޜު ކަނޑާލުމުން ފިނިނުވާ އެއްޗެއްކަން ނޭނގޭވަރު ބުރާންތިން އެމްޑީޕީގައި ތިބުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއްނޫނެވެ.

      212
      3
      • ގާސިމު

        ވަކިމީހަކު ވައްކަން ކުރީމާ އަދަބުލިބެން ނުޖެހޭނެކަމަށް ދެކޭ ބުރާންތިން އިދިކޮޅުގާ ތިބުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއްނޫން.

        18
        61
        • ާއަލީ ހަސަން

          ތިން އަހަރު ތެރޭކައްވާލި ލާރިކޮބާތޯ

          20
          1
        • ދޮންބެ

          ކަލޭމެންނަށް ކިޔޭނެ އެހެން އެއްޗެއް ނެތިގެން ވަގެކޭ ތިކިޔަނީ. އެކަމަކު ހަގީގަތަކީ ސިޔާސީ ހަރު ހުރިހާ އެންމެންނަކީ ވެސް ވަގުންކަން. 100 ރުފިޔާ ވަގަށްނެގި މީހާ 2000 ރުފިޔާ ވަގަށްނެގިމީހާއަށް ވަގަށް ގޮވީމާ އެގޮވެނީ ގުދޯ ދުދޯ.

    • އަލީ

      ކަލެއަށް ކަމުނުދަނީ ރައީސް ޔާމިން ކުރި ކަމެއް ވީމާ... މި ރީނދޫތައް ކުރިކަމެއް ނަމަ އެވަރެއް ނެތިގެން ކަލޭ ވެސް ދުވާނެ... ދެން އަތްޖަހާ...

      91
    • ހަމަތަ

      އެންމެ ބަލިމީހުންތިބޭ އައިސީޔޫ ހުރިހާ ހޮސްޕިޓަލެއްގަހެން ހުންނަނީ އޭސީ ކޮއްފަ.

      91
    • ާއަލީ ހަސަން

      މި އީ ހޭބަލި ވެފަ ހުރި މީހެއްތަ

      18
    • ާއަލީ ހަސަން

      ޚިޔާލު ލިޔެލާއިފި ފިނިކުރާނިޒާމު(އެއަރކޯން) ނޭނގުނު ކަމީ ހިތާމަކުރަންޖެހޭކަމެއް

      14
    • ގުއިބައްޑާ

      އައްޑޫ މީހުން ވަރަށް ވިސްނުން ކޮށި ވާނެ.
      އެއީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާން ވާން ނޭނގޭ ބައެއް.

  5. ލކ

    ޔާމީން ކަންތައް ކޮއްފަ ހުރީކީ ކަމަކައް ކަމެއްނޫން މިކޮމެނޓު ޖަހާތި ޕލސ

    136
    1
  6. ަފކ

    ފަންކާ ލާނވީނޫން ޖަޒީރާވާނެ އެއިރުން

    127
    • ހައްހައް

      މުޅި ހޮސްޕިޓަލް ފަނުން އަޅާފަ އަތުން ވިހިރުވާ ފަންކާ ހޯދާ. ދެން ފަންކާ ވިހިރުވާދޭނެ ޅަފުރައިގެ ރީތި ކުދިން ކޮޅެއް ހޯދާލާ.

      75
    • ސައިމާ

      ޖަޒީރާވަންތަ ވާއިރު އޭސީއެއްވެސް ފަންކާއެއްވެސް ނުހުންނާނެ. ހުންނާނީ އަތުފަންކާ. އޭސީ ހުއްޓެއްކަމަކު އޭސީ ނުޖެއްސީމަ ނިމުނީ. ޑޮކްޓަރުކައިރީގަވެސް އަދި ބަލިމީހާ ކައިރީގަވެސް އަތުފަންކާއެއް ބޭއްވީމަ ނިމުނީނު.

      65
  7. Anonymous

    އައްޑޫ ކޫދުންނާއި، ދިވެހިން ގެއްލިފަ ތިބިވަރުން ނޭނގެނީ... ރައީސް ޔާމީން، ރައްޔިތުންނަށް ކޮށްދެއްވި ކޮންމެ ކަމެއް ހުރީ، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގައި ޚިދްމަތްދޭ ފެންވަރުގައި. އެއްކަމެއް އުނިނުވޭ... ޚިދްމަތްތައް ފުރިހަމަ.. އާއްމަދަނީ ފުރިހަމަ.. އިގްތިޞާދު ދުވެހި ހަބޭހުގައި.. އެކަމަކު ދެން ކުރާނެ ކަމެއްނެތް.. ވަގަށްގޮވާ، ނުވިތާކަށް، ދެން ދިވެހިންނަށް ފާގަތި ދުވަސްތަކެއް ގެނެސްދީފާނެތީ، ސިޔާސީ މައިދާނުން ފައްސާލާ ޖަލަށް ލެވޭތޯ އެމަސައްކަތްކުރަނީ..

    130
    1
  8. ކައްދާދި

    ޞައްލަވާ ހަނދުމަ ފުޅު ނެތީތޯ ތިޔަ ތަނުގެ ސާރކް ސަމިޓް ބޭއްވި އިރު ނެތް އެއްޗެއްތޯ މިހާރު ތިޔަ ހުރީ ހައިރާން ވޭ!

    77
  9. އައްޑޫއަށް

    "އައްޑޫ" ނަމުގައި ކޮމެންޓް ކޮށްފައި އޮތް ފަރާތަށް ނޭގޭތަ އެސީތަކުގައި "ފޭން އޮންލީ" މޯޑު ހުންނަކަން؟

    102
    1
    • އަލީ

      އެވާގޮތަކީ ރައީސް ޔާމިން ކުރި ކަމެއް ވީމަ ހަޖަމް ނުވެގެން ކޮމެނޓެއް ލިޔެލީ...އެހެންވެ އައްޑޫ ނަމުގަ ކޮމެންޓް ކުރި ފަރާތަށް އެހާ ވަރެއް އެވަނީ..

      54
    • ރައްދު

      ތިޔަ ބީތާއަށް ނޭގޭތަ އޭގެއޭސީގަ ފޭން އޮންލީ" މޯޑު ނުހުންނަކަން؟ ކަލޭ ތިހާ މޮޅީޔާ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގަހުރި އޭސީތަށް ފޭން އޮންލީ މޯޑަށްލާދީބަލަ.

      13
      13
  10. ޖަރީމާ

    ބޭފުޅާ ދަންނަވަންތޯ! ހުން އައިސް އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންނަށް އޭސީ އަށްވުރެ ފަންކާ ނުރައްކާ ވާނެ. ހަސަދަވެރި ވިޔަސް ތީ ބޮޑުވަރު. ރައީސް ޔާމީނަކީ ހަމަ ނުލިބޭނެ ވަރުގެ ޖަވާހިރެއް. ވެރިކަން ކުރުމާ ޤައުމު ތަރައްޤީ ކުރުމުގައި ދުރުވިސްނޭ، ޢިލްމު ހުރި ބޭފުޅެއް.

    76
    2
  11. އަހްމަދު

    ތިޔަތަންބަލަން ތިދިޔަމީހާގެފެންވަރާމެދު ސުވާލުއުފެދޭ އައްޑޫމީހުންއަތުންވޯޓުހޯދަންއުޅުނުއިރު ތިޔަވާހަކަތައްކީއްވެބާނުދެއްކީ ހޮސްޕިޓަލްހެދިމީހުންނާހިންގަން ހަވާލުކޮށްފަ ބަލަންތިބެންވީނު އެހެންނޫނީ އެއަރކޯންތައްވިއްކާލާފަ ސްޓޭންޑުފަންކާމުޅިތަނުގަބަހައްޓާފަ ހުޅުވަންވީނު އަނެއްކާވެސް ވޯޓަކާދިމާވީމަ އެއަރކޯން ހަރުކުރަން ވާހަކަދައްކާނީ

    43
  12. މަރިޔަބް

    މިއަޅޭފަހެބީތާތަކެއްތަ ހަމަެކައްޗެއްދަންނަ ބީތާއަކުނެތީތާ ރައީސް ޔާމީނާހަމަކުރެވޭ ފެންވަރު މީހަކުމުޅި އެމްޑީޕަގަނެތް ލަދެއްނުގަނޭތަ .

    48
  13. މަރިޔަބް

    މިއަޅޭފަހެބީތާތަކެއްތަ ހަމަެކައްޗެއްދަންނަ ބީތާއަކުނެތީތާ ރައީސް ޔާމީނާހަމަކުރެވޭ ފެންވަރު މީހަކުމުޅި އެމްޑީޕަގަނެތް ލަދެއްނުގަނޭތަ . މިއޮތްތަނެއްބަލާލަބަލަ

    33
  14. ކާފަ

    އައްޑޫ ގަމާރުން ނަކަށް ނޭނގޭވިއްޔާ އަމިއްލަ ކަރަށް ފައިން އެރޭއިރުވެސް

    52
  15. އައްޑޫ ބޮނޑި

    ރޯނު އެދުރު ނާގާބިލް މީސްމީހުންނާ ތަންތަން ހަވާލްކުރީމަ ވާގޮތްފެނޭ ނުވަންޏާ އިސްތިއުފާދީ މިކަހަލަ ވެރިންބޭނުމެއްނޫން

    49
  16. އާބިދާ

    ކޮރަޕްޝަން ކޮރަޕްޝަނޭ މިކިޔަނީ ހަދާފަ ހުންނަ ފެންވަރުވެސް ނޭނގި އުތަ؟ ޖަޒީރާމެން ހިތުގަ މިއޮންނަނީ 1 ލައްކައަށް ދަނޑިފަނުން ބްރިޖް އެޅުމާ އަތު ފަންކާ ލައިގެން ހޮސްޕިޓަލް ހިންގުން. ފުރަތަމަ ކަމަކަށް ނަޝީދު ތިޔަ ބޭކާރު އިމާރާތެއް އެޅުމަށް ކިތައް މިލިއަން ޚަރަދުކުރިތޯ ބަލާބަލަ. ބޭކާރުވެ ވީރާނާވަމުން ދަނިކޮށް ރައްޔިތުންނަށް ފައިދާވާ އިމާރާތަކަށް ބަދަލުކުރީ ޔާމީނު.

    52
    1
    • އާދަނު

      އެވަރުވެސް ނޭނގޭނެ މި ބީތާއިންނަކަށް

      25
  17. ފަރޭ

    ފޭން އޮންލީ މޯޑް އިންނަކަން މިނިސްޓަރައް ކިޔާދޭންވީ. އެހެން ވީމަ މުއްސަދި މީހާ އޭސީ ރޫމްގަ ނޫނީ ގައުމުން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިން ބޭސް ކުރަންވީ. ނިކަމެތި ދިވެހިން ފަންކާ ބުޑުގަ ވާހާ ހޫނަކާ ތަހަންމަލް ކުރަމުން ބޭސް ފަރުވާ ކުރަންވީ. މީތަ ތިބުނާ އެއްޗަކީ؟ މީކަމަށް ވަނިއްތާ ތިލަކޮއް ބުނެލާ. ކޮންމެހެން ކޮއްފަ ހުރި މަސައްކަތޭ އޭނައޭ މީނައޭ ކިޔާ ދުރު ދުރުން އޮއްގާ ނޫކާ.

    71
    1
  18. ސަޅި

    ބީތާ، ގަމާރު، މޮޔަ ކެބިނެޓަށް ސާބަސް މިއޮތީވާ ވެރިކަމެއް!!!

    44
    • މޮޔައެނޮނިމަސް

      ހާދަ ރުޅި އެކޭ.ޔާނު ނާންނާނެ ދެން

  19. ބޮނބި

    ދެން ތިބެގެން އަތުފަންކަ ހޫރަންވީނު????

    45
  20. ސޫބެ

    މަ ދެން ހީ ހީ ހަލާކު. ޖަޒީރާ ކޮށްލާ.

    41
    1
  21. ބޮޑުހުވަދޫ

    ހަދާނެ ގޮތެއް ނޭގޭ އެއްގޮތަކަށް ވެސް މިސަރުކާރުގައި ހިންގަން ތިއްބެވި ބޭފުޅުންނަކަށެއް . ވީމާ ހަދަންވީ ގޮތް މިކިޔައިދެނީ . ހަދަންވީ ގޮތަކީ ތިއޮތީ ބޮޑު ފުރާޅެއް ތިތާ މަތީގައި ނިކަން އަވަހަށް ހަރުކޮއްލަ ބަލަ ސޯލާ ޕެނަލްތައް . އޭރުން ތިތާގެ ފުރާޅުން އުފެއްދޭނެ އެތައްހާސް ކޭ.ވީ. އެއްގެ ކަރަންޓް . ތިތަނަށް ބޭނުން ކޮއްފައި އިތުރުވާ ބައި އެހެން ބަޔަކަށް ވިއްކީމާ އެ އޮތީ ފައިދާ ލިބެންފަށާފަ. ނިކަން މިބުނި ގޮތަށް ހަދާބަލަ . އޭރުން މައްސަލަ ހައްލުވީ އެއްފަހަރުން .

    36
  22. ޙަހަހަހ

    ބަލަގަ ނުހިނގެންޏާ އިސްތިއުފާ ދީފަ ރ.ޔާމީން އާއި ހަވާލުކުރޭ. ތިކަހަލަ ބަހަނާ ނުދައްކާ ހަމަ ގައިމުވެސް ހިނގޭނެ މީހަކީ ޔާމީން. މިހާރު ކަލޭމެން ތިކިޔާ ލަވަ އަހަރުންނަށް އެބަ ގެޓްވޭ. ތިކިޔަނީ އިންޑިޔާއަށް ތިތަންވެސް ދޭންވިއްޔޭ. އަދި ބުނާނެ މިގައުވެސް ނެތޭ ހިނގޭކަށް ކިޔާފަ އިންޑިޔާއަށް މިގައުމު ކަލޭމެން ހަވާލުވެސް ކުރާނެ. ލާދީނީ ބައިގަނޑު

    37
  23. ގުއިދައިތަ

    ހުރިހާ އޭސީ އެއް ނަގާފަ ހޯރަފުށީ މީހުން ގެނޭ ފަންކާ އަނބުރަން. އޭރަށް ތިތަން ޖަޒީރާ ވާނީ.

    37
  24. ބަކުރުބެ

    ދެން މި ސަރުކާރުން ތިތަން ދަޑިފަނުން ހަދަންވީންނު ހަރަދު ކުޑަ ކުރަން

    33
  25. ގެރި

    ދައުލަތުގެ ބަޖެޓުން ތި އިޒައްތެރި މެންބަރުންނަށް ދާހަރަދު ވަކިކުޑައީތޯ

    34
  26. މޭންނެއް

    ކަންކަން ކުރަންނޭންގެންޔާމުން ރައީސް ޔާމީން އާއި ހަވާލުކޮއްބަލަ

    36
    1
  27. ގައުމު

    ތިތަނުގަ ހުރިހާ މަސެއްކަތެއް ކުރީ ޕޮލިހުން ނާއި ސިފައިން ލާރިގަޑު ބަޑުއަޅާލީ ކާކު؟

    26
    1
  28. އަޙްމަދު މަގޭ ޤައުމް

    ތިހެން ނުވީހެއްނު ވެރކަން ފޭރި ނުގަތްނަމަ.

    31
  29. ޢަލިބެ

    އައްޑޫ މީހުންނަށް ވީމާ އެއަރ ކޮނޑިޝަނަރ ދަެންނުޖެހެނީ ދޯ؟ ކޮންމެ ބަލި މީހަކަށް ޖަޕާނު ފަންކާއެއް ދޭންވީނު މީދެން ބޮޑުވަރު! އައްޑޫ މިހުންނަށް ވިސްނެންވެއްޖެ އަބަދު ވެސް އެމްޑީޕީ އަށް އިންތިހާއަށް މެޖޯރިޓީ ދިންް ބައެއް އައްޑޫ މީހުންނަކީ އޭގެ ބަދަލުގަ ކޮން ކަމެއް ކޮށްދިނީ؟ މުޅި އަތޮޅުގަ ހުޅުޖެހުން ފިޔަވާ އާން އަދި އެތައް ބަޔަކު ކުށްވެރިވުން ވެސް ގުނަމާ ހިނގާ. ވިސްނާ!

    31
  30. ބަނާނާ ސަރުކާ

    މިސަރުކާރަށް ފަންކާ ތައްޔާރު ކޮއްދިނުމަށް ލަންސިމޫ ގަސްހައްދަން ފަށަންވީ އައްޑޫމީހުން.. ފަންކާ ތައްޔާރުކުރަން.. ޖަޒީރާ ފަންކާގަ އައްޑޫމީހުން ތިބެންވީ.. އައްޑޫމީހުންނަ ވިސްނޭބާ މޑޕއިން އައްޑޫމީހުންނާމެދު ވިސްނާގޮތް.. ހެޔޮނުވާނެ މިބަނާނާ ސަރުކާރު އިސްތިއުފާދީފަ ގެއަށްދޭބަލަ.. ހޭބަލިވިޔަސް މޮޔަވިޔަސް ރޔާމީންގެ ތަރައްގީއެ ނުގެނެވޭނެ މިސަރުކާރަކަށް އެލަޔާގަތެ މިސަރުކާރެއްގަނެތް.. މިސަރުކާރުގެ ކޮލިޓީއަކީ އިންޑިޔާގެ މެޑިކަލްކޮލެޖް ހޮސްޕިޓަލް ހުރިފެންވަރު.. އެއީ އައްޑޫ ހޮސްޕިޓަލް ހުންނަންޖެހޭކަމަށް މިސަރުކާރު ގަބޫލުކާ ކޮލިޓީއަކީ... އެކުން މާގިނަ ވާހަކައެއް ނުދައްކަމާ ކައުންސިލް އިންތިހާބުގަ އައްޑޫ އެއްކޮށް މިސަރުކާރަށްދީ އަނެއްކާވެސް ރިކޯޑް ދަމަހައްޓަމާ.. އައްޑޫމީހުން ތަރައްގީއެ ބޭނުމެނޫން ބޭނުންވަނީ ރީދޫ ސަރުކާރެ މިއޮތީ ރީދޫ ތިންބާރު. އެނިމުނީ.. ބޯކޮށް ވޯޓުއަޅާ ރީދޫކޮއްލާ މުޅި އައްޑޫ..

    18
    • މޮޔައެނޮނިމަސް

      މެޑިކަލް ކޮލެޖް ވަރަށް ގަދަ ތަނެއް އެއީ

  31. ހަސަންކޮ

    އުއްމީދު ކުރާ ވަރަށްވުރެ ރަގަޅަށް ހިންގާނީ ކިހިނެއްބާ؟ އެއާރކޯން ކުރީމަވެސް ގޯސް ތި ވީ........!! އަޖައިބުވެ އަންތަރީސް ވެއްޖެ..!!

    19
  32. ސަންނަ

    ކީއްކުރާ ބޯޑު އިމާރާތެއް. ކޮންބައެއް ހިދުމަތް ހޯދަނީ. އެންމެ ހައެއްކަ ކަބިލި ދިރިއުޅޭ ތަނެއް. ބޮޑު އިމާރާތުގެ ބެނުމެއްނެތް. ތީ މުޅިން ބޭކާރު ހަރަދު. އެހާ މީހުން ނުބައި ހިސާބެއް.

    9
    11
  33. Alibe

    ކަންކަން ކުރަންނޭގޭ ބަޔަކު ސަރުކާރާއި ހަވާލުވީމަ ކަންކަން ކުރާކަށް ނޭގޭނެ. މިހާތަނަށް ފެނުނުއެންމެ ނާގާބިލް ބަރުހެލި ސަރުކާރު.

    24
  34. ޑޮން

    ތިމާ ރުހޭމީހާ ހަދާގޯސް ނުފެންނަހާ ކަނު މީހަކަށް ނުވާށެވެ. ތިމާ ނުރުހޭ މީހާ ދައްކާ ރަނގަޅުވާހަކަ އަޑުނީވޭހާ ބީރުމީހަކަށް ނުވާށެވެ. ރުހުނަސް ނުރުހުނަސް ހެޔޮނުބައި ވަކިވާވަރުގެ އަދި ގަބޫލުކުރެވޭހައި ހިތްވަރު ހުރިމީހަކަށް ވެވޭތޯ ބަލާށެވެ.

    12
  35. ގިވްއިން

    ރާއްޖޭގައި ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ޗައިނާ އިން އެހީވަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޗައިނާގެ ހިލޭ އެހީގައި ބަލަންވީ މާލެ ސަރަހައްދުގައި ބްރިޖް އެޅުމަށް ޓަކައި 1 ބިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭތޯއޭ އަދި މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ސައިޓްސް ތައް ހަދަން 25 ބުރީގެ ކޮންކްރީޓް ސްޓްރަކްޗަރ ހިމެނޭ 20 ހާސް އަކަފޫޓް ކޮންމެ ފްލޯރެއް ގައި ހިމެނޭ ޓަވަރު ތައް ހަދަން ލޯން ވެސް ނަަގަންވީ ޗައިނާ ބޭންކް ން...

  36. ޑިޒާއަރ

    ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ޗައިނާ އާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ މަމެން އުއްމީދު ކުރަމޭ ޗައިނާގެ އެމްބެސެޑަރު އަދި ވެސް ލާރޖް ކޮށް ޖައްސާނޭ ކަަމަށް އެގޮތުން ޗައިނާގެ އެހީގައި މާލެ ސަރަހައްދުގައި އަޅާ ބްރިޖްގެ %95 އެއީ ހިލޭ އެހީއެއްގެ ގޮތުން ހަދަންވީއޭ އެއިރުން ދެން އެއާއި ކައިރި ނުވެވޭނެއޭ އިންޑިއާ ކުންފުނި ތަކަށް އެއިރުން ދެން ޗައިނާ އިން އަނެއްކާ މާލެ ކޮމާރޝަލް ހާރބަރ އެޅުމަށް ވެސް ޗައިނާ އިން ދޭނީ އެކަމަށްދާ ޚަރަދުގެ %80 ހިލޭ އެހީއެއްގެ ދަށުން އެއިރަށް އެއާއި ވެސް އިންޑިއާ އަށް ކައިރި ނުވެވޭނެއޭ އިންޑިއާ ބައިތިއްބާ އައްޑޫގައި ފޭކް ގޭމް ޖައްސަން އެމެން އައްޑޫގައި އަޅާ މަގުތަކުގެ ތާރު ތައް ހުންނާނީ ދެ މަސްވާއިރު ނެއްޓިގެން ގޮސްފައޭ ތިޔާ އިންޑިއާ އެއް ނޫންތޭ އިންޑިއާ އަށް ހެޔޮ ނުވާނެ މާލެ ސަރަހައްދުގެ ބްރިޖް އަޅާދޭން ބޮލަށް ވެއްޓޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާކަމެއް އަނެއް ކޮޅުން 25 އަހަރު އެކަމަށް ނަގާނެއޭ ދިސް އިޒް ދަ ފީލިންގް...

  37. އަހުމަދު687

    ބޮޑު ލޯނެއް ނަގައިގެން، ސިފައިންލައްވާ އަޅު މަސައްކަތްކޮށްފަ ތިޔަތަން ހުރީ ވީރާނާވާން ދޫކޮށްލާފަ!
    ޔަމީން ސަރުކާރުގަ ތިޔަތަން ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން ވިސްނީމަ ގޯހީ! ހުރިހާ ހިދުމަތެއް ލިބޭގޮތަށް އަދި އޭސީވެސް ކޮއްފަ! މާލޭ ހޮސްޕިޓާތަށް އޭސީ ކުރިޔަސް ރައްރަށުގެ ހޮސްޕިޓާތަށް އޭސީ ކުރާކަށް ނުވާނެ! އަދި މާލޭގެ ގެޔަކަށް ނިސްބަތް ނުވާ މީހަކަށް ސަރުކާރުގެ އިސް މަގާމެއްވެސް ދޭކައްނުވާނެ!

  38. މިނިސްޓްރީގެ ކާކު؟

    މިނިސްޓަރީގެ އިސް ކާކު؟ އޭނަ ގެ އަމިއްލަ ހިޔާލަށް ބޮޑު ހަބަރެއް ލިޔުނީމަ ދެން ކޮން ކަހަލަ ހަބަރަކަށް މިވަނީ؟؟
    މަވެސް މީ މިނިސްޓަރީއެއްގަ އުޅޭ މީހެއް މަވެސް ބައިވަރު ވާހަކަ އެބަހުރި ދައްކަން...ހަބަރަށް އަރުވަދީ ބަލަ...

    1
    5
  39. Anonymous

    މަށަށް ފެނޭ ކަލޭމެން އިސްތިއުފާ ދީފަ ދާން. ސާބަސް ހަމަ. ކަލޭމެންގެ ނެތް ކުޑަކުއްޖެއްގެ ވިސްނުންވެސް. އެޖެންޑާ ނަވާރަޔޯ. ތަރައްގީޔޯ. ލަދުގަނޭ ??‍♂️

    9
    1
  40. ޔޫސުފު

    ނުވަންޔާ އިސްތިއުފާ ދީފަ ގެޔަށްދޭބަލަ.

  41. އާދަނު

    ކީކޭތަ އެކިޔަނީ ބަލަ ނޭންގޭތަ މި ރާއްޖެއަކީ ހޫނު ގަަމެއްކަން އަދި އައްޑޫ ހިސާބަށް އިތުރައް ހޫނުވާކަން ތި ގޮތަށް ވާހަކަ ދަކަންޏާ ހުރިހާ ހޮސްޕިޓަލުން އެއާކޯނު ނަގާ ނުވަންޏާ ބޭކަރު އަންގަ ނުތަޅާ އިސްތިއުފާ ދީފަ ގެއަށްދޭ ރައްޔިތުން ނަށް ކަމެއް ކޮންދޭން ވެއްޖެއްޔާ މި މިނިސްޓަރުން ނަށް ވ ބާރު އަރާނެ

    2
    1
  42. އިންސާނާ

    ހެލްތުމިިސްޓަރާ އެތާނގެ ދެންވެސްްތިބިއިސްބައެއްގެ ޒިމްމާއެއްނޫންތަ އެތަނައްބޭނުންވާ ކަރަންޓު ހޯދާދިނުމަކީ ނޫނީ ހޯދަދޭން މަސައްކަތްކުރުމަކީ

    1
    1
  43. ޢަލީމް

    ރައްޔިތުންނައް ބޭނެންވަނީ ޖަޒީރާހޮސްޕިޓަލް އޭސީބޭނުންނުވާނެ. ޓިބޭފުޅުން ބޭސްކުރަންވީމަ ބޭރުގައުމުތަކުގެ ހޮސްޕޓަލް. ބަލަ ތިބޭޕުޅުންނައް މުސާރަދެނީ ދިވެހިރައްޔިތުންގެ ޓެކްސް ފައިސާއިންކަމެއް ނޭގެނީތޯ.