ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ފަންނުވެރިންގެ ޝަކުވާ އާއި ޚިޔާލު ހުށަހަޅަން ބޭއްވި ފޯރަމްގައި ފާހަގަ ކުރި ކަންކަމަށް އެދެވޭ ހެޔޮ ބަދަލުތަކެއް ނުގެނެސް ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ އާއި ޚިޔާލު އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ހަމަޖައްސައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ޝަކުވާ އާއި ޚިޔާލު ހުށަހަޅާ ފޯމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ފުރުއްވުމަށްފަހު [email protected] އަށް މެއިލް ކުރެއްވުމަށް ނުވަތަ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ފޮނުއްވައިދެއްވުމަށް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން އެދެއެވެ.

ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއަހަން މިނިސްޓަރ ޔުމްނާ އާއި މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެ ވަޑައިގެން ގިނަ ފިލްމީ ފަންނާނުންނާއި އެކު ޖަނަވަރީ 28 ވަނަ ދުވަހުގެ ރޭ ފޯރަމެއް ބޭއްވިއެވެ. އަދި އާޓްސް އާއި ކަލްޗާ ދާއިރާގެ ފޯރަމެއް ފެބްރުއަރީ 07 ވަނަ ދުވަހުގެ ރޭ ބޭއްވިއެވެ. އެ ފޯރަމްތަކުގައި ފަންނާނުން ވަނީ އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅާފައެވެ.

ފަންނާނުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި އާޓްސްއާ ގުޅުން ހުރި ދާއިރާތަކަށް ތައުލީމީ ނިޒާމުގެ ތެރެއިން އިހުމާލުވުމާއި، ފިލްމުތައް މާކެޓް ކުރެވޭނެ ޑިސްޓްރިބިއުޝަން ނިޒާމެއް ނެތުމާއި، ފިލްމުތައް އާކައިވް ނުކުރެވުމާއި، އޮލިމްޕަސް ދައުލަތުގެ މީޑިއާގެ ދަށުން ހިންގުމާއި، އޮލިމްޕަހުގެ ފެންވަރު ދަށްވުމާއި، ފިލްމީ ދާއިރާއަށް މީހުން ބިނާ ކުރަން މަސައްކަތް ނުކުރުމާއި، ރަށްރަށުގައި ފިލްމުތައް އަޅުވަން ތަންތަން ހޯދަން ދަތިވުމާއި، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް ދޯހަޅިކަމާއި އަދި ފިލްމު އެވޯޑްތަކުގެ ދޯދިޔާވުން ކަހަލަ ކަންކަން ހިމެނެއެވެ.

ފޯރަމް ބޭއްވިތާ ހަތް މަސް ދުވަސް ފުރިހަމަވާން ދާއިރު އޮލިމްޕަސް އަށް ބަދަލުތަކެއް ގެނައުން ފިޔަވައި ފަންނާނުން ފާހަގަ ކުރި އެހެން ކަންކަމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

މިސަރުކާރުގެ ކުރީކޮޅު ވަރަށް ގިނަ މިނިސްޓްރީތަކުން ތަފާތު ފޯރަމްތައް ބޭއްވިއެވެ. ނަމަވެސް އެފޯރަމްތަކުގައި ހުށަހެޅުނު ގިނަ ޝަކުވާތަކަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ދިވެހި ފިލްމީތަރިންނަށް ސަޕޯޓްކުރާ ބަޔަކު މިރާއްޖޭގަ އުޅޭތަ. ތީ އުވާލަންވެފަައޮތް ދާއިރާއެއް.??

    15
  2. ކެޔޮޅު

    ތިވަރައް ރައްޔިތުން ގުނބޯނުހައްދާ ދެންވެރިކަމުން ފާބަންއުޅޭ ތިކަމެއްނުވިއެއްނު ކޮއްމެކަމެއް އިބިލީހު ކައިވެންޏައް އަދުނޫން މާދަން!!!

    16
  3. އަހުމަދު

    އޮލިމްޕަސް ހިންގޭނީ ސަރުކާރުގެ ކުންފުންޏެއްގެ ދަށަށް ގެނެވިގެން އޭރުން ރަނގަޅު ސައުންޑް ސިންޓަމެއް ބެހެއްޓޭނީ ހަލާކުވާ ގޮނޑީގެ ބަދަލުގައި އާދައިގެ ޕްލާސްޓިކް ގޮނޑިވެސް މިހާރު ހުރޭ ބަހައްޓާފައި މިއީ ވަރަށް ލަދުވެތި ކަމެއް ކިތަންމެ ރަނގަޅަށް ތަނެއް ހެދިޔަސް ދުވަހުންދުވަހަށް މަރާމާތު ކޮށް ނުބަލަހައްޓަންޏާ ތަންދާނީ ވީރާނާ ވަމުން ... ނަށާ މީހުންނާ އި ފިލްމް ކުޅޭ މީހުން ތަން ހިންގަން ލައިގެން ކިހިނެއްތަ ތިޔަ ކަން ކުރެވޭނީ..... ގެނަ ފަންނު ވެރިން ވޯޓް ދީގެން ގެނައި ސަރުކާރެއް ކޮބައިތަ އެމީހުން ސާވިން މެން ކޮބައިތަ ނިމާލުމެން ކޮބައިތަ ޓެޑްރީމެން ކޮބައިތަ ކޮބައިތަ......

    13
  4. Anonymous

    ފަންނީ ދާއިރާއޭ؟؟ ހުސްބުޅީގައި ގަންނަ ދާއިރާ ކޮން ދާއިރާ؟ ފިލްމީ ދާއިރާ..