މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށް މާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ 8.9 މެގަވޮޓްގެ އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމުގައި ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

އިންޖީނަށް ދިމާވި މައްސަލަ ހައްލުވާނެ އިރެއް ސްޓެލްކޯ އިން ނުބުނެއެވެ.

ފަހަކަށް އައިސް މާލެ އަށް ވެސް ވަނީ ކަރަންޓްގެ މައްސަލަ ދިމާވާން ފަށާފައެވެ.

އެމައްސަލަ ހައްލު ކުރުމަށްޓަކައި ސްޓެލްކޯ އިން ވަނީ ހުޅުމާލޭގައި ހާއްސަ މަޝްރޫޢެއް ފަށާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫޢުގައި 1.2 ބިލިއަން ރުފިޔާގެ ޚަރަދު ކުރާނެއެވެ. އެމަޝްރޫޢުގެ ދަށުން އިމާރާތް ކުރި އިންޖީންގޭގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރާނެއެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އިންޖީންގެ އިން މާލެ އަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް ސިނަމާލެ ބުރިޖު ހުރަސްކޮށް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މާލެ އަށް ކަރަންޓް މައްސަލަ ދިމާވެފައި ވާއިރު މާލޭގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވެސް ކަރަންޓްގެ މައްސަލަތައް ދިމާވެ ކަރަންޓް ކެނޑުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާރިޔާ

    އަވަހަށް އިސްތިއުފާދެއް. ނާގާބިލް މީހުން ހަވާލުވެގެން އުޅޭއިރު ވާނެ ތިހެން. ހުސްވަގުން

    13
    2
  2. މީހާ

    ނުވަންޏާ ފައިބާ!!!

  3. އިންޑިޔާ

    އަހަރުމެންގެ ރައީސްގެ ގާބިލުކަން ބަލާބަލަ. މަ ހީކުރީ ފުޅިބައްތިކަމަށް ގެންގުޅެނީ

  4. އަސްމާ

    ކުރިން މީހުންނަށް ގޮވިހާ އެއއްޗެހި ކޮބާ؟ ކަންްކަން ރަނގަޅު ކުރަން އައި މީހުން ވައްކަން ކުރަނީ. ކޮބާ ކިހިނެއް މިވަނީ އަވަހަށް އެންމެން ބޭރުކުރެޭ .