ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު ވެސް ރައްޔިތުންގެ މަޖިލީހުގައި ދޮގު ހެދިކަމަށް ތުހުމަތުކޮށްފިއެވެ.

އެއްވެސް ލޯ ފާމެއްގައި މަސްލަހަތު ނޯންނާނެކަމަށް ވިދާޅުވެ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި "ދޮގު މައުލޫމާތު" ދީފައިވާ ކަމަށް ތުހުމަތު ކުރެވެނީ އޭނާގެ ހިއްސާ މިހާރު ވެސް ލޯފާމެއްގައި އޮތްކަމަށް ލިޔެކިޔުންތަކުން ދައްކާތީއެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ހާޒިރުކޮށް މަޖިލީހުގެ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ. ކޮމެޓީ އަށް މައުލޫމާތު ދެއްވަމުން ޝިފާއު ވިދާޅުވީ "އަޅުގަނޑު ޓްރައިބިއުނަލަށް ގުޅުނު އިރު އަޅުގަނޑުގެ ހިއްސާ އޮންނާނެ ލޯ ފާމެއްގައި" ކަމަށެވެ.

ޝިފާއު ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ 14 މެއި 2018 ގައެވެ.

ޖުޑީޝަރީ ކޮމިޓީ ނިންމާލުމުގެ ކުރިން މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާއު ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުކަމާއި ހަވާލުވެވަޑައިގެންނެވީ ލޯ ފާމްގައި އޮންނަ ހިއްސާ ދޫކޮށްލެއްވުމަށްފަހު ލޯ ފާމަށް ދޭން ޖެހޭ ލިޔެކިޔުންތައް ހަވާލު ކުރައްވާފައި ކަމަށެވެ.

ޓްރައިބިއުނަލްގެ މެމްބަރުކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ލޯފާމުގެ ހިއްސާ ދޫކުރައްވާފައިވާ ކަމަށް ޝިފާއު ވިދާޅުވި ނަމަވެސް "ރާއްޖެ އެމްވީ" އިން ބުނާ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ "ޕާޓްނާޝިޕް ޕްރޮފައިލް އިންފޮމޭޝަން ޝީޓުން" އެނގޭ ގޮތުގައި އަދިވެސް ލޯ ފާމެއްގައި ޝިފާއުގެ 50 ޕަސެންޓް ހިއްސާ އެބައޮތެވެ.

ޝިފާއުގެ 50 ޕަސެންޓް ހިއްސާ އޮންނަނީ އެޑްވޮގާޑޯ ލޯ ފާމްގައެވެ. އެ ލޯ ފާމް ރެޖިސްޓަރ ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޝާފިއު އާއި "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ވަޑައިގެންނެވުމަށްފަހު ލޯފާމްގެ ޕާޓްނާޝިޕުން ވަކިވާން މިދިޔަ އަހަަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ލޯފާމަށް އެޑްރެސްކޮށް ސިޓީ ހުށައެޅުއްވި ކަމަށާއި އިދާރީ ގޮތުން އެކަން ކުރިތޯ އަދި ނުކުރޭތޯ ނުބައްލަވާކަމަށެވެ.

ޝިފާއު ވިދާޅުވީ އެކުންފުނީގެ ހިއްސާ މިހާރު ވެސް އޮންނަކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އަންގާރަ ދުވަހު ވަޑައިގެންނެވިއިރު އެނގިނުލައްވާ ކަމަށެވެ.

މަޖިލީހަށް ދޮގު މައުލޫމާތު ދިނުމަކީ ޖިނާއީ ކުށެއްގެ ދައުވާ އުފުލޭނެ ކަމެކެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައި ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާއީ

    މިހާރު މަޖިލީހުގައި ތިބީ ކަޅުފައިސާ ބަހައިގެން ހޮވުނުމީހުން، ދެން މިހާރު ކޮން ވާހަކައެއް ދައްކާކައް. ތިތިބަ އީވާމެން ތަންމިނަށް އަނގަ ފުޅާކުރާއިރު ލަދެއްވެސްނުގަނެ

    21
  2. ޖިބުރީލް

    މަޖިލީހުގެ ރައީސާ މަޖިލީހުގެ ކޮމިޓީގައި ތިބި މީހުންނަކީ ދޮގު ހަދާ ބައަކަށް ވެއްޖެއްޔާ އެތަނަށް ދާ މީހުންނަށްވެސް ވާރުތަ ކުރަމުންދާނެ ސީދާ ސާދާ މީހުން ތިބޭ ތަންތަނުގައި އުޅޭނީ ސީދާ ސާދާ މީހުން... މަޖިލީހުގެ ރައީސަކަށް ހުރީވެސް އެހާ ދޮގުހަދާ މީހެއް.

    16
  3. ރައްޔިތުމީހާ

    އަންނި ނޫން އެންމެން ހަދާނީ ދޮގު

    17
  4. ކެކެކެ

    އުގައިލުގެ ސޮފްޓްވެއަރ ބޭނުން ކޮށްގެން ދޮގު ހަދާ މީހާ ހޯދަން އުޅެފިއްޔާ ރިޔާސަތު ގޮނޑިއަށް އަރާ ގޮތަށް އެފުރޭތަ ނުފައިބާނެ ދޯ.

  5. މިއަދު

    މުޅިދައުލަތްއެމްޑީޕީއަށްވަންދެން މަޖިލިހުންމިގަނޑު ގަންނާނެ ރައިސްސާލިހު އާއި ވަޒީރުންނަށް ޗުއްޕްވެސް ނުބުނެވޭ އެމްޑީޕީގެ މިބައިގަނޑު މައިތިރިކުރެވޭނީ އިގައުމުގެ ފައިސާވެރިންނާއި ސިޔާސީ ލީޑަރުން ގުޅި އެކައްޗެއްކިޔައިގެން އެއްނިޔަތެއްގައި ނުކުމެ އަތާއަތްގުޅާލައިގެން ކޮންމެމީހަކު ކޮންމެ ވާހަކައެއްބުނިނަމަވެސް މިބައިގަނޑު ބޭނުންވާގޮތަށް ނުބުނާނަމަ އެއީ ދޮގެއްމަކަރެއް އޮޅުވާލުމެއް