ހުޅުމާލެ ބަސް ސްޓޭޝަން ކައިރިން ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ދަށުވެ ޒުވާން އަންހެނަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ރޭގެ ވަގުތެއްގައެވެ.

މަންޒަރުދުއް މީހަކު ބުނީ އެއްކޮޅަށް ދުއްވާފައި ދިޔަ ސައިކަލާއި ކާރު ޖެހުނީ، ހައިވޭ ނިމި ނިރޮޅުމަގު ފެށޭ ހިސާބުން ކަމަށެވެ. ކާރާއި ސައިކަލް ޖެހުމާއި އެކު ކާރުގެ ދަށަށް އަންހެން ކުއްޖާ ދިޔައެވެ. ސައިކަލްގައި އިން ޒުވާން އަންހެންކުއްޖާ ނެގީ ކާރުގެ ދަށުންކަމަށް މަންޒަރުދުއް މީހާ ބުންޏެވެ.

ނަމަވެސް ފައިތިލައަށް އަނިޔާވުން ފިޔަވައި އިތުރު އަނިޔާއެއް އޭނާ އަށް ލިބިފައެއް ނުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއް ވެގެން އެހޮސްޕިޓަލަށް ރޭ ގެންދިޔައީ 27 އަހަރުގެ އަންހެނެއް ކަމަށެެވެ.

އޭނާގެ ފައިތިލައަށް އަނިޔާ ވެފައިވާ ކަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެ ވަށައިގެން ތާރު އަޅައިގެން މަގެއް ތަރައްޤީކޮށް އަދި ބުރިޖު ބޭނުން ކުރަން ފެށުމުން މާލޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަލިމަގު

    މިމީހުން 1 ފަހަރު ކިޔާނެ ހަލިމަގޭ. އަނެއްފަހަރު ކިޔާނެ ހައިވޭ އޭ. އަނެއްފަހރު ކިޔާނެ މައިކާލޯ އޭ

    24
  2. ޑެލްބޯއި

    ފުލުހުން އެއްވެސް މިންވަރަކަށް ޓްރެފިކެއް ނުބަލަހައްޓާ، އެމީހަކާ އެމީހެއް ގޮތަށް އޮންނަނީ ދޫކޮށްލާފައި. ކޮންްމެ ގައުމެއްގައި ވެސް ޓްރެފިކް ބެލެހެއްޓުމަކީ ކުރަންޖެހޭކަމެއް. ބާރަށް ދުއްވާ އުޅަނދު ފަހަރު ހުއްޓުވާ ފިޔަވަޅު އަޅާ. ފަރުދީ ޒިންމާއޭ ކިޔާ ޓްރެފިކް ބެލެހެއްޓުން ހުއްޓައެއް ނުލެވޭނެ. ފުލުހުންގެ އެ.ސް. ނަމްބޯޑު ކާރުތައް ވެސް ދުއްވަނީ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް. ޒިންމާދާރުވާންޖެހޭ މީހުން މޮޔައިންގޮތުގައި އުޅޭ ތަން މިގައުމުން މިފެނިގެންދަނީ.

    27
    2
    • ޓްރޭސް

      "ފަރުދީ ޒިންމާ" އޭ ބުނުން އެއީ ބޮލުން ކަޓުވާލަން އެންމެ ފަސޭހަ ގޮތް!

  3. އަހްމަދު

    ތިޔަބުރިޖާ ހައިވޭގާ ދުއްވަން ކަނޑައަޅާފާ ސްޕީޑް ދަށްކުރަންވީ ގަޑިއަކު35ކިލޯމީޓަރަށްވުރެ ބާރަށްދުއްވަން ހުއްދަ ނުދޭންވީ މިވަރަށްދުއްވާގެންވެސް 10މިނިޓްނުވަނީސް ތިދޭތެރެބެދޭނެ. މީހަކު ކިތަންމެ ރަނގަޅު ވާހަކައެއްބުންޏަސް ގަބޫލެއްނުކުރާނެ.