މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު ނަސީރުގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށެވެ.

ނަސީރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަން އެމްއެމްއޭގެ ސީނިއާ މުވައްޒަފުންނަށް އެންގިއެވެ.

ނަސީރު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ނަސީރަށް ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މިހަފްތާގައި ނަސީރު ވަނީ އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުކޮށްފައެވެ.

މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ އެފްއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒުފޯރުވަން އުޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.

އެފްއައިޔޫގެ މަސައްކަތަށް ހުރަސް އަޅުއްވަން ނަސީރު މަސައްކަތް ކުރެއްވި ކަމަށް އަޝްރަފް ކުރައްވާފައިވާ ތުހުމަތާ ގުޅޭ ގޮތުން މަޖިލިސް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ އަޝްރަފްއާ ބައެއް ކަންކަމާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އެއީ ހަމަ އެކަނި މައުލޫމާތު ސާފު ކުރެއްވުމަށް ކަމަށެވެ.

ނަސީރު ގަވަރުނަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު އެވެ. އޭނާ ގަވަރުނަރު ކަމަށް އައްޔަން ކުރައްވަން މަޖިލީހުން ރުހުން ދިނީ ވެސް އެދުވަހު އެވެ.

ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ނަސީރު ވަނީ މީގެކުރިން ނަސީރު ވަނީ އެމްއެމްއޭގެ އިސް ދެ މަގާމެއް ފުރުއްވާފައި އެވެ. އެއީ އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރުކަން 2008 ން 2010 ވަނަ އަހަރަށް އަދި މެނޭޖަރުކަން 2010 ން 2011 ވަނަ އަހަރަށެވެ.

އެމެރިކާ އިން ޕޮލިސީ އެކޮނޮމިކްސްއިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީރަކީ އަދި އިކޮނޮމިކްސް އެންޑް މާކެޓިންއިން ބެޗްލާސް ވެސް ހާސިލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަބީލާ

    ސާބަސް ނަސީރު. މިވަރުގެ ގޮތެއްފޮތެއްނެތް ސަރުކާރެއްގައި ތިވަރުގެ ޒިންމާދާރު މަޤާމެއްގައި ހުރުމަކީ އަމިއްލައަށް ދަންޖެހުން ފަދަ ކަމެއް. ދުރާލާ ވިސްނި ވަޑައިގަތީތީ އުފާކުރަން. މިއީ މުޖުރިމު، އަނިޔާ ވެރިކަމެއް.

    81
    9
    • ބޭބެ

      އަޅުގަނޑު ގޮވާލަން ހުރިހާ ތަނެއްގައި ކިޔަވައިގެން ތިބި ހުރިހާ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް! މަޖްލީހަށް ގެންގޮސް އެތާތިބި ނުކިޔާ ތަނެއް ދޮރެއް ހަމައެއް ލަމައެއް ނެތް ބަޔަކު ބަވާ ބޭނުންހާ އެއްޗެއް ގޮވާ އަބުރު ކަތިލާ ހަދަން ތިބޭކަށް ނުޖެހޭ! މަޖްލީހަށް ގެންގޮސްގެން މިކުރާ ކަމަކީ ބިރު ދެއްކުން! އެތަނަށްގޮސް އެތާތިބި މީހުނަށް ހަމަ ބަވަންވީ! މިސަރުކާރު ހަލާކުކުރަނީ މަޖްލީހުން ނަޝީދު އަޑީގައި ހުރެގެން!

      15
      1
  2. ނަސީރާ

    މީ ތިމާގެ ދެމީހުންތަ؟

    16
    3
  3. އަލީ ރާޖާ

    ރަނގަޅު ނަސީރު. ނުކިޔަވާހުރި މޯލެއްގަ ސަރުކާރުގަ ކިޔަވައިގެން ތިބި މީހުން ތިބޭނެ ކަމެއް ނެތް. ކަންމަތީ އަޑުގަދަ އެކްޓިވިސްޓަކު ލާފާނެ ތިމަގާމަށްވެސް

    66
    2
  4. Anonymous

    ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ދާދި އަވަހައް ހުއްޓުމަކަށް އަތުވެދާނެ.

    61
    2
  5. ގުއިދައިތަ

    ތިޔަ މަޤާމަށް މިސަރުކާރުގަ އެންމެ އެކަށީގެންވާ މީހަކީ މިހާރު ފެނަކަ ޑީ.އެމް.ޑީ.ގެ މަޤާމުގަ ހުރި މީހާ. އޭނާއާއި އެމް.އެމް.އޭ ޙަވާލުކުރުމަށް ރަޢީސަށް އިލްތިމާސް ކުރަން.

    30
    2
  6. Anonymous

    އެތަނެއްގައި ފަސާދަ ޢާއްމު ވެއްޖެނަމަ އެތަނެއް ނެތިދިއުމަކީ ގާތްކަމެއް.

    54
  7. އަލީ

    ހެހެހެ، ނަސީރޫ. ކަލޭމެންގެ ގޭމް ވަރަށް ރަނގަޅަށް އެނގިއްޖެ. މާލސްވެސް ވެއްޖެ. އަސްލު ކަލެއަކީ ޔާމީނަށް ވަފާދާރު މީހެއްނޫން. ކަލޭ މަގާމުގައި ހުރެގެން ޔާމީނަށް ދޯކާ ދިނީ. ކަލޭ ކުރީ އެމް.ޑީޕީ މީހުންގެ އެޖެންޓްކަން

    8
    31
  8. ކަޓްމޭން

    އިކޮނޮމިކް މިނިސްޓަރު އިންޑިއާގެ ކޮންޓްރެކްޓަރުންނާއި ބައްދަލުކުރުން ތިޔާއީ ކެނެރީގެ ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ކަޓް ޖައްސައިގެން ބްރިޖް އަޅަން އެމެންނަށް ދޭން އަދި މާލޭގެ ކޮމާރޝަލް ހާބަރު ޕްރޮޖެކްޓް އެމެންނަށް ދޭން ވެގެން ކަޓް ޖައްސަން ވެގެން އިކޮނޮމިކް މިނިސްޓަރު ކުރާ ކަމެކޭ އިންޑިއާ އަށް މާލޭގެ ޕޯރޓް ހަދަންދީފިނަމަ ޕޯރޓްގެ ވެސް ދުވަސް ދިޔާ އަދި މަސައްކަތް ވެސް ނުނިމޭނެ ނިމޭ މަސައްކަތް ޖެހޭނީ ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން އަލުން ކުރަން ހެޔޮ ނުވާނެ އިންޑިއާގެ ކުންފުނި ތަކަށް ބްރިޖް އަޅަން ދޭން ހެޔޮނުވާނެ އެކަން ކުރަން ބޮލަށް ބްރިޖް ވެއްޓޭނީ އެންމެ ގިނަ އަދަދަށް ބްރިޖް ކޮލަޕްސް ވަނީ އިންޑިއާ އިންނޭ ޔަގީނޭ މިހާރު އިކޮނޮމިކް މިނިސްޓަރަށް މާލޭގެ ކޮމާރޝަލް ބަނދަރު ހަދަން އިންޑިއާގެ ކުންފުންނަކަށް ދޭން އެއްބަސްވާނަމަ ކަޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %25 ދޭނަމޭ އެމެން އޮންނާނީ އެއްބަސްވެފައި ކަން އަދި އެކަން ކޮށްދޭތީވެ 1 މިލިއަން ޑޮލަރުގެ ކަޓެއް ވެސް އޮންނާނީ ދީފައޭ މީއޭ އިންޑިއާ ކުންފުނި ތައް މަސައްކަތް ހޯދާ ގޮތަކީ...

    8
    1
  9. އަލްޖިބްރާ

    ހިންގާފަ ހުރި ޖަރީމާތަށް ފަޅާއެރީމަ ދެން އޮތްގޮތަކީ އިސްތިއުފާ ދިނުން ! މިހާރު ހުންނާނީ ވަޒީފާ އަދާނުކުރިއަސް ދިރިއުޅެވޭވަރަށް އަންބޮޑިއަށް ކަހާލާފަ !

    18
  10. ދީދީ

    އަވަހަށް ހުސްވިމަޤާމަށް ، ރައީސްޔާމީނަށް ނިސްބަތްކޮށް އެންމެ ގިނަ ހަޑިހުތުރާ އަވްގުރާނަގޮވައިދޭ މީހަކު ލާ! އެ ބަލާނޭކަމެއްނެތް އަލިފްބާ އެގޭތޯވެސް!

    18