ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހުގެ ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

ފުރަތަމަ ދައުރު މިހާރު އޮތް ގޮތުން ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރު އޮންނަ ގޮތް ބަދަލު ކޮށްފައިވަނީ 18 ވަނަ ރައްޔިތުން މަޖިލީހުންނެވެ.

ދެ ވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް 16 ގެ ނިޔަލަށް ހިނގާއިރު ފަހު ދައުރު ހިނގާނީ އޮގަސްޓު މަހުގެ 27 އިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

ގަވައިދު ދިރާސާކުރާ ކޮމިޓީން ވަނީ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ގެނެސްފަ އެވެ. ފުރަތަމަ ދައުރަށް ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެ އެވެ.

ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށާއި ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކަމަށް އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވަނީ ހިމެނިފައެވެ.

ގަވާއިދަށް ކޮމެޓީން މި ގެނައި އިސްލާހާއި އެކު މެއި މަހާއި ސެޕްޓެމްބަރު މަހާއި އަދި ޑިސެމްބަރާއި ޖެނުއަރީ މަހަކީ މެންބަރުންނަށް ޗުއްޓީ މަސްތަކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ވަނީ ތިން ދައުރުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު