ސަރުކާރު ހިންގަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމާމެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރު ހިންގަން ޖާގަދޭން ޖެހޭ ކަމަށާއި ސަރުކާރު މިހާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"މަޖިލީހުގައި އަމަލުކުރާ ގޮތުން ސަރުކާރު ހިންގަން ހުރަސް އެޅޭ މިހާރު މަޖިލީހުން ކުރަމުން އަންނަ ކަމަކީ، ސަރުކާރަށް ކަންކަން ނުކުރެވޭތީ އެތަން ފޫބެއްދުން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ދައުލަތުގެ ބަޖެޓުގައި މި އަހަރަށް 30 މިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއެއް ނުހިންގާ ކަމަށެވެ.

"ބަޖެޓުގައި މި އަހަރަށް 30 މިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު،
ތަރައްގީގެ މަޝްރޫއެއް ނުހިންގާ ބަޖެޓު ހުސްކުރި ގޮތެއް ބަލަން ޖެހޭ" ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ކަމެއް އަދިވެސް އޮތީ ޕްލޭނިންގައި ކަމަށާއި އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ނުފެށޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިގޮތުގައި ކިތައް އަހަރު ދިވެހިން ހޭދަކުރާނެތޯ" އޭނާ ސުވާލު އުފެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައްސުލްތޯން ކަޅުއޮއްދީން

  ތިންބާރު އެއްކޮއް ހަޖަމެއްނުވި...........
  ތިންބާރު ވަކިވެފަ ހަޖަމެއްނުވި........
  ތިންބާރު މޮޑެވިފަ ހަޖަމެއްނުވި....

  5
  3
 2. ގާމަތި

  ދިވެހިރައްޔަތުން ސަރުކާރު ހިންގަން ޙަވާލުކުރީ ރައީސް ސޯލިޙްއާ އެއީ ސުވާލެއްވެސް އޮތްކަމެއްނޫން ދެންމަޖިލިހުން ސަރުކާރުހިންގަންބަލާއިރު އެފަދަ ލަޔާޤަތެއްހުރިމީހަކު ތިމަޖްލިހަކުނެތް

  3
  1
 3. ޗާލު

  ތިހުރިހާ ބަނދިވަރެއް ގޮވީސް އެމްޑީޕީން. 3އެތި އަތުުތެރޭގަ. ނަޝީދު ބޭނުންގޮތަކަށް މޮޑެންވީ. އިބޫ ހުންނާނެ އައްސިވެފަ ބަލަން. އުއްތަމަ ފަނޑީޔާރު އޮންނާނެ ކޯމާގެ .

 4. ތަޅާއާދަނު ތުއްތު ކުޑަ ތުއްތު

  މީގެ ކުރިން ސަރުކާރު ހިންގީ އެއްބާތު އަނެއްބާރު ތެރެއަށް އަތްބާނައިގެން ކަމަށް ތުހުމަތުކޮށް ވަކާލާތު ކުރިމީހުން ހަމަ އޭތި މޮޑެގެން ކާތަން މި ފެންނަނީ.

 5. ޅަކީ

  ޙެހެ ށިޔާމު ދެން ހަމަ ހުންނަން ޖެހޭނީ ށިޔާމު ހީނުކުރޭ
  ޚުރިޔަކުން މި ދުވަސް އަންނާނެ ކަމަކަށް ށިޔާމު ހީކުރީ
  އަބަދު ހުންނާނީ ޔާމީނު ކަމަށް ހެހެ ހަންދާން ނައްތާލާ

  1
  3