ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވަލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ގަރާރު ބަލައިގަންނަން އަށް މެންބަރަކު ވޯޓު ދެއްވި އިރު
ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީހިނދު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވެސް ކުރިއަށް ގެންދަންޖެހޭނީ އިސްލާމްދީނާއި ގާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެ މަތިން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ސިނާއަތުގެ ތެރެއިން ހިންގޭ ވިޔަފާރިއެއްގެ ގޮތުގައި ބަނގުރަލާއި އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮވެ އެއްވެސް ސަރުކާރަކަށް ހުއްދަކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ގަރާރުގައި ވެއެވެ.

މީގެ އިތުރުން ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސައި, އެ މަގުން އަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ޖާބިރު ހުށައެޅި ގަރާރެއްވެސް މީގެ ކުރިން ވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗާލު

    އިސްލާދީނުގައި ޙަރާމްކުރައްވާފައިވާ ކަންތައްތައް ނުކުުރުމަށް ބިލެއް ޖާބިރު ހުށަހެޅުއްވީމާވެސް އެމްޑީޕީ މެޖޯރިޓީ އެމްޑީޕީ ނަޝީދު ބޮލާލާ ޖަހާ ބޭރުކޮށްލީ. ކޮބާހޭ ޝެއިޚުން. މީކީ ކުޑަކަމެއްނޫން. އެމްޑީޕީ އަކީ އިސްލާމްދީން މިގައުމުން ނެތިކޮށްލަން އުޅޭ ބައެއް. ޝެއިޚް ޒައިދު، އިޔާޒު ނިދިކުރައްވާފަތޯ.

    12
    2
  2. ގައުމު

    މިގައުމުގަ މިހާރު ނުތިބޭނެ ހަގީގީ ޝޭހުންނެއް ތިބޭނީ ސޭކުން ކުރީގަ ދަރުހަކައްގޮވާލިއަސް މުޅި ކާނިވާ ފުރިފަ މިހާރު ގިނަ ސޭކުން ސިޔާސީވީމަ ރައްޔަތުން ބަލައެއް ނުގަނޭ

    1
    1
  3. ބޯބުރި

    މިހާރު އެނގޭނެ ތިތާތިބި %75 ލާދީނީ މީހުން ކަން. ޖާބިރު ކޮންމެ ނިޔަތެއްގަ ހުށަހެޅިބިލަކަށް ވިޔަސް މުސްލިމަކަށް ވެހުރެ ﷲ ގެ ޙުކުމަކަށް ގޮން ނުޖެހޭނެ. ދީނުންބޭރުވާނެތޯ ނޫންތޯ ޢިލްމުވެރިން ގެ ގާތު އަހާލަބަލަ