ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އަދި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްގެ ހުރިހާ މެންބަރުން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ކުރިން ދެއްވާފައެވެ.

އެ އިންޒާރު ދެއްވާފައިވަނިކޮށް ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރިއެެވެ. އަދި އޭނާ ވަކި ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް، އޭނާ ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި ދާދި ފަހުން އެ ކޮމިޝަންގެ މެމްބަރު ހަސަން ނަބާހުވެސް ވަނީ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިވަފައެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިހާރު ވަނީ ހުޅުވާލާފައެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް ޝަހީބު އަދި ނައިބު ރައީސް ޒައިނާ ކޮމިޝަނުން ވަކި ކުރަން ފާސްކުރިއިރު، އެ ކޮމިޝަންގެ އިތުރު މެންބަރުންނާއި ގުޅޭ މައްސަލަތަކެއް ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އެ މެމްބަރުންނާ މެދު ގޮތް ނިންމާނީ ހުރިހާ މެމްބަރުންނާ އިންޓަވިއު ކުރުމަށް ފަހުއވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންތި

    ތި ދެން ވަރަށް ހިއްވާކަމެއް. ދެން ތިބި މެމްބަރުންނަކީ ހަމަ ހުދު ކާފޫރަށް ތިވަނީ! ތީތި ކަމަކުނުދޭ! ރިޔާސީ އިންތިހާބުގައި ރައްޔިތުން ގާތަށް ގޮސް ވޯޓް ހޯދަން ދެއްކި ވާހަކަތައް ތިވީ ބިލާހަކަށް. 1 ފެބްރުއަރީގައި ހުކުމް ކުރި ހުރި ފަންޑިޔާރުން ގެ ތެރެއިން އިސް 3 ފަނޑިޔާރުންނަށްވެސް ނަސޭހަތްދީ ރައްޔިތުން އަތްތިލަބަޑި ޖަހަންވީޔޯ!

    13
  2. Anonymous

    އިންސާފަށް ވަނީ އެންމެން ވަކިކޮށް މި ސަރުކާރުގެ މީހުން އެތަނަަށް ލީމަތޯ/
    އިންސާފު ގާއިމު ކުރަން އައި ސަރުކާރުން ފެންނަމުން މިދަނީ ބަދަލު ހިފުމުގެ ރޫހުގައި މީހުން ވަޒީފާއިން ވަކިިކުރުން. ކޮމެޓީ ސަރުކާރު