އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރު މި އަހަރުގެ ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތަކަށް ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އުޅަނދު ނުދެއްވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައައި ބުނެފައި ވަނީ، އެ ދުވަހުގެ ހަވީރު 16:30 އިން 18:00އަށް މާލޭގެ ވަށާ ބޮޑު ތަކުރުފާނު މަގުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދުތަކާއި، އެމްބިއުލެންސް، ފުރާމީޙުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާޢި ޕިކަޕް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް، އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު) މި އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ މަނާ ކަމެއްކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު